Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 11 ޖެނުއަރީ 2017 | ބުދަ 04:48
ބ. ދަރަވަންދޫ އެމްޑީޕީ ހަރުގޭގައި ނަގާފައިހުރި އެ ޕާޓީގެ ދިދަ.

ބ. ދަރަވަންދޫ އެމްޑީޕީ ހަރުގޭގައި ނަގާފައިހުރި އެ ޕާޓީގެ ދިދަ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބު ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުރިން ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު، ފަސްކުރި ސަބަބެއް ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

އެމްޑީޕީން ވަނީ ޗެއަރޕާސަންގެ އިންތިހާބަށްވާންޖެހޭ ތައްޔާރީތައްވެ، އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ. އެގޮތުން ކޮންމެ ރަށަކުންވެސް ވޯޓުލެވޭ އެ ޕާޓީގެ އާންމު މެމްބަރުންގެ ދަފްތަރު މިހާރު ވަނީ ޕާޓީގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ. އޭގެއިތުރުން ޝަކުވާ ހުށަހެޅުމުގެ އުސޫލުތަކާއި ފޯމްވެސް ތައާރަފްކޮށް ޕާޓީގެ ވެސްބައިޓްގައި ވަނީ އާންމުކޮށްފަ އެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައްވާފައިވަނީ ޤާނޫނީ ވަކީލް ހަސަން ލަތީފް އެކަންޏެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު ފެބްރުއަރީ މަހުގައި ބާއްވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާޓީގެ ހުރިހާ މެމްބަރުންވެސް ވޯޓުލުމަށް ނިކުތުމަށް ގޮވާލައްވާފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އަލީ ވަހީދު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު