Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރިޔާސީ އިންތިހާބު 2020

2020 ގެ ރިޔާސީ އިންތިޚާބުގައި ހިލަރީ ކްލިންޓަން ވާދަނުކުރައްްވަން ނިންމަވައިފި

6 މާރިޗު 2019 | ބުދަ 17:09

ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގެ ވާދަވެރިކަން ވަނީ ބޮޑުވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 6 މާރިޗު 2019 | ބުދަ 17:09
ހިލަރީ ކްލިންޓަންވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑެމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާފައި

ހިލަރީ ކްލިންޓަންވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑެމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާފައި

އެމެރިކާގައި 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެކަން ހިލަރީ ކްލިންޓަން އިއުލާނު ކުރައްވައިފިއެވެ.

"އަޅުގަނޑު ވާދައެއް ނުކުރަން، އަޅުގަނޑު ގަބޫލުކުރާ ކަންތައްތަކަށް ތެދުވެ އެކަމަށް ވާހަކަދައްކައި މަސައްކަތް ކުރަމުންދާނަން" ނިއުޔޯކްގެ ނިއުސް 12 ޓީވީ ޗެނަލްއަށް ދެއްވި އިންޓަވިއުގައި ހިލަރީ ކްލިންޓަން ވިދާޅުވިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓްގެ ގޮތުގައި 2016 ވަނަ އަހަރު ވާދަކުރައްވައި އިންތިޚާބު އެކަމަނާ ކާމިޔާބު ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވަނިކޮށް ހައިރާން ކޮށްލުމަށް ފަހު ރައީސް ޓްރަމްޕް ވަނީ އިންތިޚާބް ކާމިޔާބު ކުރައްވާފައެވެ.

ދައުލަތުގެ އެއްވެސް މަގާމަކަށް ވާދަކުރައްވަފާނެތޯ ނިއުސް 12 އިން އެހުމުން އެކަމަނާ ވިދާޅުވީ" އަޅުގަނޑަކަށް ހިޔެއް ނުވޭ" ކަމަށެވެ.

ނިއުޔޯކްގެ ކުރީގެ މޭޔަރ މައިކަލް ބްލޫމްބަރގވެސް ވަނީ 2020 ގެ އިންތިޚާބުގައި ވާދަނުކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު ރައީސް ޓްރަމްޕް ބަލިކުރަން ޖެހެނީ އާއްމު އިންތިޚާބުގައި. އަންގާރަ ދުވަހުގެ މެންދުރު، ބިިލިއަނަރ ނެރުއްވާފައިވާ ބަޔާނުގައިވެއެވެ." އެކަމަކު އަޅުގަނގަޑަށް ވަރަށް ސާފުކޮށް ފެނޭ އެހާ ގިނަބައެއްގެ ތެރެއިން ޑެމޮކްރެޓިކް ޕާޓީގެ ހޮވުމަކަށް އުނދަގޫކަން"

ޑެމޮކްރެޓިކް ޕާޓީގެ ޓިކެޓަށް މިހާތަނަށް 10 ކެނޑިޑޭޓަކު ވާދާކުރައްވާނެކަން އިއުލާނު ކުރައްވާފައިވާއިރު އޭގެތެރޭގައި ސެނޭޓަރ ބަރނީ ސޭންޑަރސް، މަސަޗޫސެޓްސްގެ ސެނޭޓަރ އެލިޒަބްތު ވޮރެންއާއި ނިއުޖަރޒީގެ ސެނޭޓަރ ކޮރީ ބުކަރ އަދި ޓެކްސަސްގެ ސެން އެންޓޯނިއޯގެ މޭޔަރ ޖޫލިއަން ކާސްޓްރޯ ހިމެނިވަޑައިގަންނަވައެވެ.

މީގެތެރެއިން މިނިވަން މެމްބަރެއްގެ ގޮތުގައި ވާމޮންޓްގެ ގޮނޑި ތަމްސީލް ކުރައްވާ އުމުރުފުޅުން 77 އަހަރުފުޅުގެ ސޭންޑަރސް 2016ވަނަ އަހަރު ޑެމޮކްރެޓިކް ޕާޓީގެ ޓިކެޓަށް ވާދަކުރައްވައި ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ހިލަރީ ކްލިންޓަންއާ ވާދަކުރައްވައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ

05 އޯގަސްޓު 2017
ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ
30 ޖޫން 2017

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

30 ޖޫން 2017
މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި
10 ޖޫން 2017

ކްލިންޓަންގެ ދަރިއެއް ކަމަށް ދައުވާކުރާ ވިލިއަމްސްގެ އެކައުންޓް ޓްވިޓާ އިން ވެރިފައި ކޮށްފި

10 ޖޫން 2017
ކްލިންޓަންގެ ދަރިއެއް ކަމަށް ދައުވާކުރާ ވިލިއަމްސްގެ އެކައުންޓް ޓްވިޓާ އިން ވެރިފައި ކޮށްފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް