Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބިލް ކްލިންޓަން

ކްލިންޓަންގެ ދަރިއެއް ކަމަށް ދައުވާކުރާ ވިލިއަމްސްގެ އެކައުންޓް ޓްވިޓާ އިން ވެރިފައި ކޮށްފި

10 ޖޫން 2017 | ހޮނިހިރު 11:15

ވިލިއަމްގެ މަންމައަކީ ކުރިން އާކަންސަސްގެ ހަށިވިއްކާ މީހެއް

އަލީ ޔޫސުފް
އަލީ ޔޫސުފް | 10 ޖޫން 2017 | ހޮނިހިރު 11:15
ޑެނީ ވިލިއަމްސް: އޭނާ ބުނާ ގޮތުން އޭނާއަކީ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ނަހަލާލު ދަރިއެއް

ޑެނީ ވިލިއަމްސް: އޭނާ ބުނާ ގޮތުން އޭނާއަކީ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ނަހަލާލު ދަރިއެއް

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދަރިއެއް ކަމަށް އަމިއްލަ އަށް ބުނަމުން އަންނަ ޑެނީ ލީ ވިލިއަމްސްގެ އެކައުންޓް ޓްވިޓާ އިން ވެރިފައި ކޮށްފިއެވެ.

ވިލިއަމްސްގެ އެކައުންޓް ޓްވިޓާ އިން ވެރިފައިކުރުމާ އެކު ގިނަ ބައެއްގެ ފަޑުކިޔުންތައް ޓްވިޓާ އަށް ވަނީ އަމާޒުވެފައެވެ.

ވިލިއަމްސްގެ ވާހަކަ އެންމެ ބޮޑަށް ދެކެވެން ފެށީ މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަންގެ ކެމްޕެއިން ދުވަސްވަރުއެވެ. އެ ދުވަސް ވިލިއަމްސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަކީ ކްލިންޓަންއަކީ އޭނާގެ ބައޮލޮޖިކަލް ބައްޕަ ކަމަށް ބުނެފައެވެ. އޭނާގެ މަންމައަކީ އާކަންސަންސްގައި ކުރިން ސެކްސް ވޯކާއެއް ނުވަތަ ހަށިވިއްކާ މީހެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. ބުނެވޭ ގޮތުގައި އެ އަންހެން މީހާ އާއި ކްލިންޓަންއާ ދެމެދު ގުޅުމެއް ހިނގާފައި ވަނީ އާކަންސަސްގެ މޭޔަރަކަށް ކްލިންޓަން ހުންނެވި ދުވަސްވަރުއެވެ.

ވިލިއަމް ބުނާ ގޮތުން އޭނާއަކީ ކްލިންޓަންގެ ދަރިއެއް ކަމަށާއި އޭނާ އުފަންވުމުން އެކަން އެންގުމަށް އޭނާގެ ބޮޑު ދައިތަ ކްލިންޓަންގެ ގެއަށް ވެސް ދިޔަ ކަމަށެވެ. ނަމަވެސް ހިލަރީ އެ މީހުން ބޭރުކޮށްލީ ކަމަށާއި އެކަން ބަލައިގަންނަން އޭރު ދެކޮޅު ހެދީ ކަމަށެވެ. މީޑިއާތަކުން ވަނީ ވިލިއަމްސްގެ ފޮޓޯތަކާއި ކްލިންޓަންގެ ފޮޓޯތައް އަޅާ ކިޔައި އެ ދެ މީހުންގެ އެއްވައްތަރު ސިފަތައް ފާހަގަކޮށްފައެވެ. އަދި މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް އުޅުނު ފަރާތްތަކުން ވަނީ ވިލިއަމްސްގެ މި ވާހަކަތައް ހިތްވަރުދީ ކަމުގެ ހަގީގަތް ބެލުމަށް ގޮވާލާފައެވެ. އަދި ވިލިއަމް ވެސް ވަނީ ޑީއެންއޭ ޓެސްޓް ހެދުމަށް ގޮވާލައިފައެވެ. އަދި އެކަމުގެ ދައުވާ ތައްޔާރުވަމުން އަންނަ ކަމަށް މި އަހަރުގެ އޭޕްރީލް މަހު އޭނާ ބުނެފައި ވެއެވެ.

މިއަހަރުގެ މޭ މަހުގެ ތެރޭގައި ވިލިއަމްސް މަރުވެފައި އޮއްވާ ފެނުނު ކަމަށް ބުނެ ޚަބަރުތަކެއް ފެތުރިގެން ދިޔައެވެ. އެކަމާ ގުޅޭ ޚަބަރުތައް މީޑިއާގައި ޝާއިއުކޮށްފައި ވެސް ވެއެވެ.

ވިލިއަމްސް އާންމުކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައި ވަނީ އޭނާ ބޭނުން ވަނީ ހަމައެކަނި އޭނާގެ ބައްޕައާ ސަލާމްކޮށްލުމަށް ކަމަށެވެ.

ވިލިއަމްސް ބުނީ ނިއު ޔޯކް ސެނެޓްގެ ގޮނޑިއަށް ކްލިންޓަންގެ ދަރި ޗެލްސީ ކްލިންޓަންއާ ދެކޮޅަށް އޭނާ ކުރިމަތިލުމަށް ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލަމުން ދާ ކަމަށެވެ. އޭގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ޕޮލިޓިކަލް ކޮންސަލްޓެންޓް އަދި ރައީސް ޓްރަމްޕްގެ ޕޮލިޓިކަލް އެޑްވައިޒަރު ކަމަށްވާ ރޮޖާ ސްޓޯން ހިމެނިވަޑައިގަންނަވައެވެ.

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2019

ޗައިނާ މުސްލިމުންނާއި މެދު ހިންގާ އަމަލުތަކަށް ފާޑުކީ ޒުވާނެއްގެ ޓިކްޓޮކް އެކައުންޓް ސަސްޕެންޑް ކޮށްފި

28 ނޮވެމްބަރު 2019
ޗައިނާ މުސްލިމުންނާއި މެދު ހިންގާ އަމަލުތަކަށް ފާޑުކީ ޒުވާނެއްގެ ޓިކްޓޮކް އެކައުންޓް ސަސްޕެންޑް ކޮށްފި
31 އޯގަސްޓު 2019

ޓްވިޓަރގެ ސީއީއޯގެ އެކައުންޓް ހެކް ކޮށްފި

31 އޯގަސްޓު 2019
ޓްވިޓަރގެ ސީއީއޯގެ އެކައުންޓް ހެކް ކޮށްފި
25 އޯގަސްޓު 2019

ކުރީގެ ބައިވެރިޔާގެ އެކައުންޓް އެސްޓްރޮނޯޓަކު ހެކް ކޮށްލީ ޖައްވުގައި ހުރެގެން!

25 އޯގަސްޓު 2019
ކުރީގެ ބައިވެރިޔާގެ އެކައުންޓް އެސްޓްރޮނޯޓަކު ހެކް ކޮށްލީ ޖައްވުގައި ހުރެގެން!
01 ފެބުރުއަރީ 2019

އީރާނާއި ގުޅުން އޮތް ގިނަ އެކައުންޓްތަކެއް ފޭސްބުކްއިން އުވާލައިފި

01 ފެބުރުއަރީ 2019
އީރާނާއި ގުޅުން އޮތް ގިނަ އެކައުންޓްތަކެއް ފޭސްބުކްއިން އުވާލައިފި
14 އޮކްޓޯބަރު 2018

ހެކްކޮށްފައި ވަނީ ފޭސްބުކްގެ 30 މިލިއަން އެކައުންޓް

14 އޮކްޓޯބަރު 2018
ހެކްކޮށްފައި ވަނީ ފޭސްބުކްގެ 30 މިލިއަން އެކައުންޓް
29 ސެޕްޓެމްބަރު 2018

ފޭސްބުކްގެ ފަންސާސް މިލިއަން އެކައުންޓް ހެކްކޮށްފި

29 ސެޕްޓެމްބަރު 2018
ފޭސްބުކްގެ ފަންސާސް މިލިއަން އެކައުންޓް ހެކްކޮށްފި
18 މެއި 2018

ކެމިކަލް ހަމަލާއި ގުޅުން ހުރި އެކައުންޓްތައް ފްރާންސް އިން ހިފަހައްޓައިފި

18 މެއި 2018
ކެމިކަލް ހަމަލާއި ގުޅުން ހުރި އެކައުންޓްތައް ފްރާންސް އިން ހިފަހައްޓައިފި
31 މާރިޗު 2018

އެމެރިކާގެ ވިސާއަށް އެދޭ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލަނީ

31 މާރިޗު 2018
އެމެރިކާގެ ވިސާއަށް އެދޭ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލަނީ
06 ޖެނުއަރީ 2018

ރައީސް ޓްރަމްޕްގެ އެކައުންޓް ޑިލީޓް ނުކުރާނެ ސަބަބު ޓްވިޓަރ އިން ހާމަ ކޮށްފި

06 ޖެނުއަރީ 2018
ރައީސް ޓްރަމްޕްގެ އެކައުންޓް ޑިލީޓް ނުކުރާނެ ސަބަބު ޓްވިޓަރ އިން ހާމަ ކޮށްފި
09 ނޮވެމްބަރު 2017

ސަޢޫދީގެ ކުރީގެ ވަލީޢަޙުދުގެ ބޭންކް އެކައުންޓްތައް ވެސް ފްރީޒްކޮށްފި

09 ނޮވެމްބަރު 2017
ސަޢޫދީގެ ކުރީގެ ވަލީޢަޙުދުގެ ބޭންކް އެކައުންޓްތައް ވެސް ފްރީޒްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް