Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

ދާދިފަހުން ރައީސް ޓްރަމްޕްގެ ރިޔާސީ އަމުރަށް ވަނީ ސްޕްރީމް ކޯޓުން ކާމިޔާބީއެއް ލިބިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 30 ޖޫން 2017 | ހުކުރު 06:42
ރައީސް ޓްރަމްޕް ނެރުއްވި އަމުރާ ގުޅިގެން ބަޔަކު މުޒާހަރާ ކުރަނީ

ރައީސް ޓްރަމްޕް ނެރުއްވި އަމުރާ ގުޅިގެން ބަޔަކު މުޒާހަރާ ކުރަނީ

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކޮށް މާޗު މަހު ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފިއެވެ.

ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފައިވާއިރު މިކަމުގެ ސަބަބުން މުސްލިމު ހަ ގައުމެއްގެ ރައްޔިތުންނާއި އަދި ރެފިއުޖީންގެ ގޮތުގައި އެމެރިކާ އަށް އެތެރެވާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވާނެއެވެ. އެގޮތުން އެމެރިކާ އަށް އެތެރެވުން މަނާވެފައިވާ މުސްލިމު ހަ ގައުމަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މީހަކަށް އެމެރިކާ އަށް އެތެރެވެވޭނީ އެމެރިކާގައި، އެ އެތެރެވާން ބޭނުންވާ މީހެއްގެ "ގާތް" އާއިލީ ގުޅުމެއް ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް ނަމައެވެ.

އެމެރިކާގެ ޝަރުއީ ދާއިރާއިން ޓްރަމްޕްގެ ރިޔާސީ އަމުރަށް ގޮންޖެހުންތަކެއް ކުރިމަތިވިއިރު އެންމެ ފަހުން ޓްރަމްޕަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބިގެން ދިޔައީ ސްޕްރީމް ކޯޓުންނެވެ.

ރައީސް ޓްރަމްޕް ގެ ސަރުކާރުން ވަނީ ރިޔާސީ އަމުރަށް އަމަލު ކުރުމުގެ ކުރިން ފަހު ވަގުތު ކުޑަ ބަދަލެއް ވެސް ގެނެސްފައެެވެ. އެގޮތުން ގާތް އާއިލާ ގުޅުންތަކުގެ ތެރޭގައި ކައިވެނި ކުރަން އެއްބަސްވެފައިވާ އަންހެން މީހާ ނުވަތަ ފިރިހެން މީހާ ހިމެނުމެވެ.

ރައީސް ޓްރަމްޕް މާޗްގައި ނެރުއްވި އަމުރުގައި ވަނީ އީރާން، ލީބިޔާ، ސޯމާލިއާ، ސޫދާން، ސީރިޔާ އަދި ޔަމަނުން އެމެރިކާ އަށް މީހުން އެތެރެވުން 90 ދުވަހަށް މަނާކުރުމެވެ. އަދި ރެފިއުޖީންގެ ގޮތުގައި އެއްވެސް މީހަކު އެތެރެވުން 120 ދުވަހަށް ހިފަހައްޓަން ވެސް އަމުރުގައި ވެއެވެ. ޖެނުއަރީ މަހު އެންމެ ފުރަތަމަ ނެރުނު އަމުރުގައި އިރާގުގެ ރައްޔިތުން ހިމެނުނަސް ފަހުގެ އަމުރުގައި އެ ގައުމުގެ ނަން އޮތީ އުނިކޮށްފަ އެވެ.

ރައީސް ޓްރަމްޕްގެ، މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ އަމުރަށް ސްޕްރީމް ކޯޓުން ކާމިޔާބެއް ލިބުނަސް، އެ ކޯޓުން މުޅި މައްސަލަ އާއި މެދު އަދި ގޮތެއް ނުނިންމައެވެ. ސްްޕްރީމް ކޯޓުން އެ މައްސަލަ އޮކްޓޯބަރު މަހު ބަލާ ހުކުމަކަށް ދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު