Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީ އަބުރު ފަންޑު

ރާއްޖެޓީވީގެ އަބުރު ފަންޑު ބަންދުކޮށްފި

އަބުރު ފަންޑު ބަންދުކޮށްފައިވަނީ ހޯމަ ދުވަހު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 3 އެޕްރީލު 2017 | ހޯމަ 19:18
އަބުރު ފަންޑަށް ފައިސާ ހަދިޔާ ކުރަނީ

އަބުރު ފަންޑަށް ފައިސާ ހަދިޔާ ކުރަނީ

އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ރާއްޖެޓީވީގެ އަބުރު ފަންޑު ބަންދުކޮށްފި އެވެ.

އަބުރު ފަންޑު ފޮށި ބަންދުކޮށްފައއިވަނީ ހޯމަދުވަހުގެ 06:00 ގަ އެވެ.

Advertisement - newsAdvertisement

އަބުރު ފަންޑު ބަންދުކޮށްފައިވާ އިރު އެއް މަސް ދުވަހުގެ ތެރޭގައި ދެ ލައްކަ ރުފިޔާ އެއްކުރެވިފައިވާ ކަމަށް ރާއްޖެޓީވީން ބުނެ އެވެ.

ރާއްޖޭގެ އެކި މުއައްސަސާތަކުން ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދާތީ އެ ފައިސާ ދެއްކުމަށްޓަކައި ހުޅުވި އަބުރު ފަންޑަށް ލިބުނު ތަރުހީބާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ބިސްނަސް ޑިވެލޮޕްމެންޓް މެނޭޖަރ، ސިމާނާ އިސްމާއިލް ވިދާޅުވީ، އަބުރު ފަންޑަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި އެގޮތުން ރަށްރަށުންނާއި ވަކި ވަކި ފަރުދުންގެ ފަރާތުންވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބުރު ފަންޑަށް އެއް މަސް ދުވަހުގެ ތެރޭގައި ލިބުނު ތަރުހީބުން ދައްކުވާދެނީ ރާއްޖެޓީވީއަށް އޮތް ސަޕޯޓާއި ތަރުހީބު. ގިނަ ދުވަސް މަތިން އެކި ފަހަރު އައިސް ވެސް ފަންޑަށް ފައިސާ ހަދިޔާކުރި މަންޒަރު ފެނިގެން ދިޔަ. އޭނގެ އިންވެސް އެނގެނީ ގިނަ ބައެއް ރާއްޖެޓީވީ ބަލައިގެންފައިވާ މިންވަރު." ސިމާނާ ވިދާޅުވި އެވެ.

ސިމާނާ ވިދާޅުވީ، އަތޮޅުތަކުގެ ރަށްތަކުން ޚާއްސަކޮށް، ހއ. ހޯރަފުއްޓާއި، ޅ. ނައިފަރާއި ހއ. ދިއްދޫގެ އާއި ޅ. ހިންނަވަރުގެ އިތުރުން ގއ. ދެއްވަދޫ އިން ބޮޑު ތަރުހީބެއް ލިބިފައިވާކަށެެވެ. އަދި އެމްޑީޕީ ހުޅު ހެންވޭރު ދައިރާގެ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން އޭނާ ފާހަގަކުތެއްވި އެވެ.

ސިމާނާ ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ އިރު އެ ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ، އަބުރު ފަންޑުން ލިބުނު ފައިސާ އިން ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެޓީވީގެ މެނޭޖްމެންޓުން މިފަދަ ފަންޑެއް ބެހެއްޓުމަށް ނިންމީ އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ 200،000ރ. އިން ޖޫރިނަމާކޮށް، އަދި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔަކު 50،000ރ. އިން ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައި ވާތީ އެވެ.

މީގެ އިތުރުން ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ޝަރީއަތަށް ފަހު ވެސް ވަނީ 3،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު