Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ރިޔާސީ އިންތިހާބު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރަށްރަށުގެ އެމްޑީޕީ ގޮފިތަކުގެ ހިންގުން ހަރުދަނާ ކޮށް ކުރާ މަސައްކަތްތައް އިތުރު ކުރަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 15 ޖެނުއަރީ 2017 | އާދީއްތަ 13:49
ހަސަން ލަތީދު ކެމްޕެއިން ދަތުރު

ހަސަން ލަތީދު ކެމްޕެއިން ދަތުރު

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ކުރައްވާ އެންމެ ބޮޑު މަސައްކަތަކީ މުޅި ޕާޓީގެ އިދާރީ އޮނިގަނޑު ތަކުގެ ތެރެއިން ރަށްރަށުގެ އެމްޑީޕީ ގޮފިތަކުގެ ހިންގުން ވަރުދަކުރުން ކަމަށް ޗެއާޕަސަން ކަމަށް ކުރިމަތިލައްވާފައިވާ ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ، ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުވުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެނީ ރަށްރަށުގެ އެމްޑީޕީ ގޮފިތަކުގެ ހިންގުން ހަރުދަނާކޮށް ކުރާ މަސައްކަތްތައް އިތުރު ކުރުން ކަމަށެވެ. ހަސަން ވިދާޅުވީ އެމްޑީޕީގެ އާއްމު މެންބަރުންނާ ބައްދަލުކުރެއްވުމަށް ނ. އަތޮޅާއި ޅ. އަތޮޅަށް ކުރެއްވި ދަތުރުގާ އާއްމު މެންބަރުންގެ އެންމެ ބޮޑު ސުވާލަކަށް ވެފައިވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ރައީސް ނަޝީދު ފެނިގެންދާނެ ކަމާ މެދު ކަމަށެވެ. އަދި އެކަން އާއްމު މެންބަރުންނަށް ވަރަށް ރަގަޅަށް އޮޅުން ފިލުވާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ވިދާޅުވި ރައީސް ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމާ މެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ހަސަން ލަތީފު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާ އާއްމު މެންބަރުންނާއި ބައްދަލު ކުރެއްވުމަށް ނ އަތޮޅާ ޅ އަތޮޅަށް ވަޑައިގަންނަވާފައިވަނީ މިމަހުގެ 12 އިން 14 ވަނަ ދުވަހަށެވެ. ދެ ދުވަހުގެ މިދަތުރުގައި އެ ދެ އަތޮޅުގެ ހަތް ރަށަކަށްވަނީ ވަޑައިގަންނަވާފަ އެވެ. މީގެ އިތުރުން އިތުރު އަތޮޅުގެ އެމްޑީޕީގެ އާއްމު މެންބަރުންނަށް ބައްދަލު ކުރެއްވުމަށްޓަކާއި އެހެން އަތޮޅުތަކަށް ވަޑައިގަތުމަށް ރޭވިފަވިފައިވާ ކަމަށް ހަސަން ލަތީފު ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު