Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖޭގައި ފެތުރެމުންދާ ރޯގާ

ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި

ސްކޫލުތަކުގެ ކިޔެވުން ބަންދު ކުރީ، ސްކޫލުތަކަށް ކުދިން ނުފޮނުވާތީ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 27 މާރިޗު 2017 | ހޯމަ 13:43
އައިޖީއެމްއެޗް ފްލޫ ކްލިނިކް

އައިޖީއެމްއެޗް ފްލޫ ކްލިނިކް

މިހާރު ފެތުރެމުންދާ ރޯގާގެ ހާލަތު ރަގަޅުވި ނަމަވެސް ބެލެނިވެރިން ސްކޫލުތަކަށް ކިޔަވާ ކުދިން ފޮނުވަން ޖެހިލުންވާކަން ފާހަގަކުރެވޭތީ، ބައެއް ސްކޫލްތައް ބަންދުކުރަން ނޭޝަނަލް ޕެންޑެމިކް ކޮމިޓީން ނިންމައިފި އެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ރާއްޖޭގައި އިންފްލުއެންޒާ އެޗްވަންއެންވަން ރޯގާ ފެތުރެން ފެށުމާ ގުޅިގެން ރޯގާ ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ދިޔައީ ކުރަމުން ކަމަށާއި އަދި އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލެވުނު ކަމަށެވެ. އެގޮތުން ނޭޝަނަލް ޕެންޑެމިކް ކޮމިޓީގެ ނަމުގައި އެކުލަވާލެވުނު ކޮމިޓީގައި ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރާއި ހެލްތު މިނިސްޓަރ ހިމެނޭ ކަމަށް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ނަމަވެސް ނިއުސް ކޮންފަރެންސަށް ފަހު އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި ކިޔެވުން ބަންދުކުރަނީ ބައެއް ސްކޫލްތަކެވެ. އެގޮތުން ބަންދުކުރަން ނިންމާފައި ވަނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ހުރިހާ ސްކޫލަކާއި އަތޮޅުތަކުގެ ފަސް ސްކޫލެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރ. އިންގުރައިދޫ ސްކޫލާއި އެ އަތޮޅު އުނގޫފާރު ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، އެއަތޮޅު ޖަލާލުއްދީން ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލެވެ. މިގޮތަކަށް ކަނޑައަޅާފައިވަނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގިނަ ބަޔަކަށް އިންފްލުއެންޒާ ފެތުރިގެން ދިޔަ ނަމަވެސް މިހާރު ބަލިން ގިނަ ބަޔަކު ރަގަޅު ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ ޝަރީފު ވިދާޅުވި އެވެ. އަދި ރޯގާ މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރ ޝަރީފު ފާހަގަކުރެއްވިއެވެ.

ސްކޫލުތަށް އަލުން ހުޅުވަން ނިންމީ، ބަލި ކޮންޓްރޯލު ކުރެވި، ސްކޫލުތަކުން ގެއްލުނު ފިލާވަޅުތަށް އިތުރަށް ނަގަން ފަސޭހަ ވެގެންދާނެ ކަމަށް ގަބޫލު ކުރެވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހިންނަކީ ތައުލީމަށް ލޯބިކުރާ ބައެއް. ސަރުކާރުންވެސް ކިޔަވާކުދިންގެ ތައުލީމަށް ޚާއްސަ އިސްކަމެއް ދެން. ސްކޫލުތަށް ހުޅުވަން ނިންމީ އިތުރު ދުވަސްތަކެއް ބަންދުވެގެން ހިގައްޖެ ނަމަ ކުދިންނަށް އިތުރަށް ނަގަން ޖެހޭ ފިލާވަޅުތަށް އިތުރުވެ، މުގައްރަރު ފުރިހަަމ ކުރުމަށް ދަތިތަކާ ކުރިމަތިވެދާނެތީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިދިއަ މުއްދަތުގެ ތެރޭގައި، އެންމެ އެކަށީގެންވާ މައުލޫމާތުތަށް ލިބިފައިނުވާތީ، އާއްމުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން ކުދިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ޖެހިލުންވެފައި ވާތީ، ސްކޫލުތަށް ބަންދުކުރުމަށް ނިންމީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލުތަށް ތިން ދުވަހަށް ބަންދުކުރުމަށް ނިންމާފައިވާ އިރު، ހޯމަ ދުވަހު އަދި އާދިއްތަ ދުވަހު ވެސް މާލޭގެ ސްކޫލުތަކަށް ގޮސްފައި ވަނީ ވަރަށް މަދު އަދަދެއްގެ ކުދިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު