Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްމެޓު އެޅުން ލާޒިމުކުރުން

ހެލްމެޓު އެޅުމުގެ ޤަވާއިދުތަކާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނީ އަންނަ މަހުން ފެށިގެން

1 މާރިޗު 2019 | ހުކުރު 07:29

ހެލްމެޓު ޤަވާއިދަށް އަމަލުކުރާނީ 10 މާރޗުގެ ފަހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 މާރިޗު 2019 | ހުކުރު 07:29
މާލޭ ބޮޑުތަކުރުފާނު މަގު

މާލޭ ބޮޑުތަކުރުފާނު މަގު

ހެލްމެޓު އެޅުމުގެ ޤަވާއިދުތަކާ ޚިލާފުވާނަމަ ފިޔަވަޅުއަޅާނީ އޭޕްރީލް މަހުން ފެށިގެން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ޤަވާއިދަށް އިސްލާހު ގެނައުމުގެ ޤަވާއިދު ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު، އެ ޤަވާއިދަށް އަމަލު ކުރަން ފަށާނީ 10 މާރޗުން ފެށިގެން ކަމަށާއި، ނަމަވެސް ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނީ އެޕްރީލުން ފެށިގެން ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި މަހުގެ 10 ދުވަހުގެ ފަހުން ތިރީސް ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ދުއްވާ މީހުން ހެލްމެޓު އެޅުން މަޖުބޫރުވާއިރު، ހެލްމެޓުގައި ހުންނަންޖެހޭ ޝަރުތުތައްވެސް އެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން "A1" އާއި "A0" ގެ އުޅަނދުތަކުން ދުއްވާ ފަރާތްތަކުގެ ހެލްމެޓަކީ ބޮލަށް ހެއުވަރު ހެލްމެޓަކަށް ވުމާއި، ހެލްމެޓު ބޭނުންކުރައްވާ ފަރާތުގެ ދަތްދޮޅި ދަށުން ހަރުކުރެވޭ ގޮތަށް ޚާއްސަ ކަމަރެއް ހަރުކޮށްފައި ހުންނަ ހެލްމެޓަކަށް ވުމާއި، ހެލްމެޓު އުފެއްދި ފެކްޓަރީން އެ ހެލްމެޓެއްގައި ޖައްސާފައިވާ ކުލަ ނޫން ކުލައެއް ނުވަތަ ސޯލްވަންޓެއް ލާފައި ނުވާ ހެލްމެޓަކަށްވުން ފަދަ ޝަރުތުތައް ހިމެނެއެވެ.

އޭގެ އިތުރުން، ހެލްމެޓް ހުންނަންޖެހޭ ގޮތުގެ ނަމޫނާ ކުރެހުންވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ހެލްމެޓް ހުންނަން ޖެހޭ ގޮތުގެ ނަމޫނާ ކުރެހުން

އެ އުސޫލާ ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި، ދެ ވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާ ކޮށް، އަދި އޭގެ ފަހުން ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

ސަރުކާރުން 5000 ހެލްމެޓު ހިލޭ ބަހަން ނިންމާފައިވާއިރު، ހެލްމެޓު ބަހާނީ ޓްރާންސްޕޯރޓް މިނިސްޓްރީން ކުރިއަށްގެންދާ ޚާއްސަ ތަމްރީން ކޯހެއް ފުރިހަމަކުރާ ފަރާތްތަކަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ބުރާސްފަތިި ދުވަހު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި 300 ހެލްމެޓު ބަހާފައިވާއިރު، ކުރިއަށްއޮތް ތާނގައި އިތުރު ހެލްމެޓުތައް ބަހާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ހިލޭ ހެލްމެޓު ބެހުމުގެ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދަށް 2،500 ހެލްމެޓް ބަހަން ނިންމާފައިވާއިރު، ކުޑަކުދިންނަށް ހާއްސަކޮށްގެން 500 ހެލްމެޓް ބަހަން ވަނީ ނިންމާފައެވެ. އަދި ބާކީހުރި 2،000 ހެލްމެޓް ބަހަން ހަމަޖައްސާފައި ވަނީ ލާމު އަދި އައްޑޫ ސިޓީއަށެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ
12 އެޕްރީލު 2017

މީޑިޔާތަކަށް ފިޔަވަޅު އެޅުމުގައި ފަންނީ މީހުންގެ އެހީ ހޯދަންޖެހޭ: މީޑީޔާ ކައުންސިލްގެ ކުރީގެ ހަތަރު ރައީސުން

12 އެޕްރީލު 2017
މީޑިޔާތަކަށް ފިޔަވަޅު އެޅުމުގައި ފަންނީ މީހުންގެ އެހީ ހޯދަންޖެހޭ: މީޑީޔާ ކައުންސިލްގެ ކުރީގެ ހަތަރު ރައީސުން
02 އެޕްރީލު 2017

ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް

02 އެޕްރީލު 2017
ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް
27 މާރިޗު 2017

ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

27 މާރިޗު 2017
ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!
23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް