Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް ބަޔާން

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

ފާރިސް ދަނީ ޕީޕީއެމްގެ ނަން ކިލަނބު ކުރުމުގެ މަސައްކަތް ކުރަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 23 މާރިޗު 2017 | ބުރާސްފަތި 12:23
ޕީޕީއެމް ޕްރެސް ކޮންފަރެންސް

ޕީޕީއެމް ޕްރެސް ކޮންފަރެންސް

ޕީޕީއެމްއިން ވަކިކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން، ޕީޕީއެމްގެ ނަން ކިލަނބުކޮށްލުމަށްޓަކާ އެޕާޓީގެ ލޯގޯ އާއި ނަން ބޭނުންކޮށްގެން ހިންގާ އަމަލީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ޕީޕީއެމްގެ ޔާމީން ފެކްޝަނުން ހާމަކޮށްފި އެވެ.

ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން، ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ އިސްލާމް ދީނަށް ހަޖޫޖަހާ، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ނަން ކިލަނބު ކުރުމަށް މަސައްކަތް ކުރާ، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ދުއްވާލުމަށް މަސައްކަތް ކުރާ، ދިވެހި އެއްވެސް ރައްޔިތަކާ އެކު އެއް މޭޒަކަށް އަރަން ބޭނުން ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ ސަރުކާރުގެ ތެރެއިން އަމިއްލަ މަސްލަހަތު ކާމިޔާބު ނުވިކަމުގައިވީ ނަމަވެސް ރައްޔިތުންނަށް ގެއްލުންދޭ ގޮތަށް ދިވެހި ގައުމު އަގުވައްޓާލުމަށް މަސައްކަތް ކުރާ މީހުންނާ ބައިވެރިވުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެބަޔާނުގައި ބުނެފަ އެވެ.

މީގެ އިތުރުން ޕީޕީއެމް ތަމްސީލުވާ ކަމަށް ދައްކަން ފާރީސް އެކުރާ މަސައްކަތްތަކާ މެދު ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅު އެޅުމަށް އެ ޕާޓީން ވިސްނަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޕީޕީއެމް ޔާމީން ފެކްޝަނުން މިފަދަ ގޮތަކަށް ބަޔާނެއް ނެރެފައިވާ އިރު ކުރީގެ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ މެންބަރުން ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ކިޔަމުންދާ އިރު މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ދަނީ ރައީސް ޔާމީނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ފާރިސް ޕީޕީއެމުން ވަކިކޮށްފައިވަނީ، ބައެއް ގާނޫނުތައް ފާސްކުރުމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުން ނެރުނު ވިޕްލައިންތަކާ ހިލާފަށް ވޯޓް ދެއްވުމުންނެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު