Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫގެ އެކްސިޑެންޓްތައް

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017 | ހޯމަ 16:42

މަގުތައް ބަލަހައްޓާ ފަރާތުގެ އިހުމާލު ބޮޑު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 20 މާރިޗު 2017 | ހޯމަ 16:42
އައްޑޫސިޓީގައި މިހަފްތާގައި ހިނގި އެކްސިޑެއްޓެއްގައި ޒުވާނަކު ވަނީ މަރުވެފައި

އައްޑޫސިޓީގައި މިހަފްތާގައި ހިނގި އެކްސިޑެއްޓެއްގައި ޒުވާނަކު ވަނީ މަރުވެފައި

އައްޑޫ ސިޓީގައި ގާތްގާތުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މީހެއްގެ ފުރާނަ ވެސް ގެއްލިފައި ވާތީ، އެކްސިޑެންޓްތައް އިތުރުވާ ސަބަބު ހޯދައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ކަމާގުޅޭ އިދާރަތަކަށް އައްޑޫސިޓީ ކައުސިލުން ގޮވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ހޯމަދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީސްމީހުންގެ ފުރާނަ ގެއްލެން މެދުވެރިވާ ސަބަބުތައް ހޯދައި އެކަމަށް ރައްކާތެރި ފިޔަވަޅު އެޅުމަކީ، ކަމާ ބެހޭ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

Advertisement - newsAdvertisement

ޚާއްސަކޮށް އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ސަބަބު ހޯދައި ރައްކާތެރި ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫގައި ބުރާސްފަތި ދުވަހު ނުރައްކާތެރި އެކްސިޑެންޓް ހިނގައި ޒުވާނެއްގެ ފުރާނަ ގެއްލެން މެދުވެރިވި ސަބަބަކީ، މަގުތައް ބަލަހައްޓާ ފަރާތުގެ އިހުމާލުން މެދުވެރިވި ކަމަކަށް ވުން އެކަށީގެންވާއިރު، މި އެކްސިޑެންޓް ހިނގީ މަގުގައި ކޭބަލެއް ވަޅުލަން ވެގެން ތާރުގަނޑު ކަނޑައި، ރަނގަޅަށް ފަސްއަޅާ އެއްވަރުނުކޮށް އޮތުމުގެ ސަބަބުން ކަމަށް ވެދާނެކަމަށް މި ބަޔާނުގައި ވެއެވެ. މަންޒަރުދުށް މީހުންނާ ހަވާލާދީ ކައުސިލުން ބުނީ، ދުއްވާފައި ދިޔަ ސައިކަލް ކޭބަލް ވަޅުލަން ކޮނުނު ވަޅުގަނޑަށް އެރުމުން ކަހާލައިގެން އެމީހާ ވެއްޓުނީ ކަމަށެވެ.

ކައުންސިލުން ބުނީ މަގުތައް ބަލަހައްޓާ ފަރާތުން މަގުގެ ސަލަމާތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އޮތުމުގެ ސަބަބުން އައްޑޫގައި ބޮޑެތި އެކްސިޑެންޓްތައް ހިނގަމުން ދިއުމަކީ އައްޑޫސިޓީ ކައުންސިލުން އަބަދުވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ..

"ރަނގަޅު ފެންވަރަކަށް ހަދާފައިވާ ލިންކްރޯޑު ހަލާކުވެ ބޮޑެތި ބާގަނޑުތައް ހެދިފައި އޮންނައިރު އެކަންކަން ރަނގަޅު ނުކުރެވެއެވެ. ލިންކް ރޯޑުގައި ބޮޑެތި ވަޅުގަނޑުތައް ހުރުމުން އޭގެ ނުރައްކަލަށް މަގުން ދަތުރުކުރާ އެންމެން މިވަނީ ހުށަހެޅިފައެވެ. ބާރު ސްޕީޑްގައި ދުއްވާ މީހާ އަށާއި ގަވާއިދާއި އެއްގޮތަށް ދުއްވާ މީހާ ވެސް މެއެވެ." އައްޑޫ ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް ލިންކް ރޯޑް އެކަށީގެންވާ ގޮތަކަށް މަރާމާތު ނުކުރެވޭކަމުގެ ތުހުމަތު ސިޓީކައުންސިލުން ކުރާއިރު، މަގުމަތީގައި ކުރެވޭ މަސައްކަތްތަކަށާއި މަގުކޮނުމުގެ މަސައްކަތްތަކަށް ހުއްދަ ދިނުމަކީ ވެސް ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ ކަނަކަން ކަމަށާއި، އެހެންނަމަވެސް މަގުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގަވާއިދުން ހުއްދަދީ ސުޕަވައިޒްކޮށް ނުބެލެހެއްޓޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ، މިފަދަ ހިތާމަވެރި އެކްސިޑެންޓްތައް މަދުކުރުމަށް ދުއްވާ ފަރާތްތަކުން ސަމާލުވާން ޖެހޭ ކަންކަމަށް ސަމާލުވުމަށާއި މަގުތައް ރަނގަޅަށް ބެލެހެއްޓުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސްކުރާކަމަށެވެ. އަދި މަގުގައި ހަލާކުވެފައިވާ ތަންތަން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަނގަޅުކޮށްދިނުމަށް ހައުސިންގެ މިނިސްޓްރީ އަށް އިލްތިމާސްކުރާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން 2015 ވަނަ އަހަރުން ފެށިގެން އައްޑޫސިޓީގެ މަގުތައް ބެލެހެއްޓުން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އާއި ހަވާލުކުރެވިފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

26 މާރިޗު 2017

ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

26 މާރިޗު 2017
ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!
17 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު

17 މާރިޗު 2017
ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު
16 މާރިޗު 2017

ރަސްގެފާނު ވަޑައިގަންނަވާތީ ޖެޓީތައް ވެސް ބަންދު

16 މާރިޗު 2017
ރަސްގެފާނު ވަޑައިގަންނަވާތީ ޖެޓީތައް ވެސް ބަންދު
15 މާރިޗު 2017

ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

15 މާރިޗު 2017
ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
06 މާރިޗު 2017

ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

06 މާރިޗު 2017
ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި
04 މާރިޗު 2017

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް