Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓާޓާ ފްލެޓްތައް

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

ޓާޓާއިން ވަނީ އެގްރީމެންޓް ދެމެހެއްޓުމަށް ހުރި ފުރުސަތުތައް ބަލާނެ ކަަމަށް ބުނެފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 19 އެޕްރީލު 2017 | ބުދަ 20:44
އޯޑިއޯން ބިމުގައި ޓާޓާއިން މަސައްކަތް ފަށާފައި

އޯޑިއޯން ބިމުގައި ޓާޓާއިން މަސައްކަތް ފަށާފައި

ޓާޓާ އިން އޯޑިއޯން އާއި ނާދީގައި އިމާރާތް ކުރާ ފްލެޓްތަކުގެ އެގްރީމެންޓާއި ހިލާފުވެފައިނުވާނެ ކަމަށާއި، ސަރުކާރުން ބުނެފައިވަނީ ދޮގުވާހަކަތަކެއް ކަމަށް ޓާޓާއިން ބުނެފި އެވެ.

ޓާޓާގެ ސްޕޯކްސްޕާސަން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން ނާދީއާއި އޯޑިއޯންގައި އިމާރާތް ކުރާ ފްލެޓްތަކުގެ އެގްރީމެންޓް ބާތިލް ކުރުމަކީ އެކުންފުނިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އެކުންފުނިން އަންނަނީ މި އެގްރީމެންޓްގެ ތެރެއިން އޯޑިއޯން އާއި ނާދީގައި އިމާރާތްކުރެވޭ ފްލެޓްތަކުގެ މައުލޫމާތުތައް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހައުސިން މިނިސްޓްރީއާ ހިއްސާކުރަމުން ކަމަށް ޓާޓާއިން ބުނެ އެވެ.

Advertisement - newsAdvertisement

ޓާޓާ އިން ވަނީ އެކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ކަމުގައިވާ އެޕެކްސް ރިއަލިޓީ އާއި ސަރުކާރާއި ދެމެދު ހެދިފައިވާ އެގްރީމެންޓް ހައުސިން މިނިސްޓްރީގެ އެޕްރޫވަލްއާއި އެކު މި އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހު އާކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.

ސަރުކާރުގެ މި ނިންމުން އެކުންފުނިން އިވެލުއޭޓްކޮށް ހުރި ފުރުސަތުތައް ބަދަލުންދާ ކަމަށާއި އެގްރީމެންޓް ދެމެހެއްޓުމުގައި ކުރެވޭނެ މަސައްކަތްތައްވެސް އެކުންފުނިން ބަލާނެ ކަމަށް ޓާޓާގެ ސްޕޯކްސްޕާސަން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ފްލެޓް އެޅުމުގެ މަސައްކަތް ކުރާ އެޕެކްސް ރިއަލިޓީ ކުންފުންޏަކީ، ޓާޓާ ހައުސިންގ ޑިވެލޮޕްމެންޓާއި ހޮޓެލްސް އެންޑް ރިސޯޓްސް ކޮމްޕެނީ (އެޗްއާރުސީ)އާ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.

އެއްބަސްވުން ބާތިލްކުރީ ފްލެޓް އަޅަން ދިން މުއްދަތު ފާއިތުވުމާއި ގުޅިގެން، އޭގެ ފަހުން ދިން ނޯޓިސްގެ މުއްދަތު ހަމަވި އިރު ވެސް މަސައްކަތް ފަށާފައި ނުވާ ކަމަށް ބުނެ އެވެ. އެއްބަސްވުން ބާތިލްކުރިކަން ހާމަކުރެއްވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން ޓާޓާއަށް ގިނަ ލުއިތަކެއް ދިން ކަމަށާއި، ނަމަވެސް ލުއިތަކާއެކު ވެސް ޓާޓާއިން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރަށާއި ޓާޓާއަށް ވެސް ގެއްލުމެއް ލިބުމުގެ ފުރުސަތު ދޭން ބޭނުންނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު