Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްއޭގެ ބަޔާން

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

ހެލިކޮޕްޓަރެއްގައި ގެންނަ ފައިސާތަކަކާ ހަވާލުނުވާ ކަމަށް އެމްއެމްއޭ އިން ބުނޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 17 މާރިޗު 2017 | ހުކުރު 22:29
އެމްއެމްއޭ އިމާރާތް

އެމްއެމްއޭ އިމާރާތް

ހެލިކޮޕްޓަރުތަކަކުން ބޭލި ފޮށިތަކަކާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މުވައްޒަފުން ހަވާލުވި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންގެންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ ބަޔާނުގައި ވާގޮތުން އެ އޮތޯރިޓީން ހެލިކޮޕްޓަރަކުން ގެނާއި ފައިސާއާ ހަވާލުވެފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް މިންވަރެއްގެ ހަގީގަތެއް ހިމެނޭ ވާހަކައެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އެމްއެމްއޭ އިން ބުނީ، އެ އޮތޯރިޓީގެ މުވައްޒަފުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ސޯޝަލް މީޑިއާ އާއި އެހެންވެސް ވަސީލަތްތައް ބޭނުންކޮށްގެން ފަތުރަމުން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ބައެއް ސިޔާސީ ފަރާތްތަކުން އެއްވެސް ހަގީގަތެއް ނެތް, ކަނޑައެޅިގެން ދޮގު ވާހަކަތައް ދައްކަމުން ގެންދާތީ އެމްއެމްއޭ އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ސިޔާސީ ބޭނުންތައް ހާސިލުކުރުމަށްޓަކައި، އެމްއެމްއޭ އާއި ރާއްޖޭގެ މާލީ ނިޒާމާ މެދު އާންމުންގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ނަގާލައި، ރާއްޖޭގެ މާލީ ނިޒާމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަން އެމްއެމްއޭ އިން ފާހަގަކޮށްފައި ވެއެވެ.

އެމްއެމްއޭ އިން މިހެން ބުނެފައިވާ އިރު، ސައުދީން ގެންނަ ފައިސާތަކެއް އެމްއެމްއޭ އަށް ވެއްދި ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިޔާގައި އެފަރާތްތަކުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ސާރުކާރަށް ސޯޝަލް މީޑިޔާގައި ފާޑުކިޔާ ތޮއްޔިބު ޝަހީމު ހައްޔަރުކޮށްފައިވަނީ ހެލިކޮޕްޓަރެއްގައި ގެނައި ފައިސާތަކެއް އެމްއެމްއޭ އަށް ވެއްދި ކަަމަށް ބުނެ ޓްވީޓް ކުރުމުން ކަމަށެވެ. އެހެން ނަމަވެސް އޭނާ ހައްޔަރުކޮށްފައި ވަނީ އެޗްވަންއެންވަން ވައިރަސް އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކައިގެން ކަމަށް ބުނެ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ހާމަކޮށްފައި ވެ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު