Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހުގެ ވޯޓު

ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

ރިޔާސަތުން އިއުލާނުކުރާ އިބާރާތް ނޫން އެހެން އިބާރާތެއް ބޭނުން ނުކުރާތި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 27 މާރިޗު 2017 | ހޯމަ 23:46
ރައީސް ޔާމީނާއި މަޖިލިސް ރައީސް މަސީހު

ރައީސް ޔާމީނާއި މަޖިލިސް ރައީސް މަސީހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގައި އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް ހޯމަ ދުވަހު ވޯޓް ނެގުމަށް ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕަށް އެންގެވިކަން ފަޅާއަރައިފި އެވެ.

މަސީހުގެ އިތުބާރުގެ މައްސަލައިގައި ހޯމަ ދުވަހު ބޭއްވި ޖަލްސާ ކުރިއަށް ދިޔަ ވަގުތު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ވައިބާ ގްރޫޕުގައި ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުގެ ސްކްރީންޝޮޓްތަކެއް ވަނީ އާއްމުވެފައެވެ.

Advertisement - newsAdvertisement

އެ ސްކްރީންޝޮޓްތަކުން ހާމަވާ ގޮތުގައި ޖަލްސާ ކުރިއަށް ދިޔަ ވަގުތު ރައީސް ޔާމީން ވަނީ ޖަލްސާ ކުރިއަށް ގެންދާނެ ގޮތް، ކަމަކަށް ފަހު ކަމެއް ވިދާޅުވެ މެންބަރުންނަށް އިރުޝާދު ދެއްވާފަ އެވެ.

އެގޮތުން ވޯޓަށް އަހަން ކުޑަތަން ވެފައިވަނިކޮށް 1:06 ގައި ރައީސް ޔާމީން ވަނީ ރޯލް ކޯލް އަކަށް ވާތީ ބޭނުން ކުރަންވާ އިބާރާތް ވަރަށް ސާފުކޮށް ރިޔާސަތުން އޮޅުންފިލުވުމަށް މެންބަރުންނަށް އަންގަވާފަ އެވެ.

އެއަށްފަހު 1:09 ގައި ރައީސް ޔާމީން ވަނީ ރިޔާސަތުން އިއުލާނު ކުރާ އިބާރާތް ނޫން އެހެން އިބާރާތެއް ބޭނުން ނުކުރެއްވުމަށް މެންބަރުންނަށް އަންގަވާފަ އެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ އެކަން އެގޮތަށް ކުރަންވީ ފަހުން މައްސަލަ ޖެއްސުމަށް ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެހުމާއެކު އިދިކޮޅު މެންބަރުން އަޑުގަދަކޮށް އިހުތިޖާޖުކުރަން ފެށުމުން 1:51 ގައި ރައީސް ޔާމީން ވަނީ އިދިކޮޅު މެންބަރުންނާ މެދު ފިޔަވަޅު އަޅާފައިވިޔަސް، އެ ޖަލްސާގައި ވޯޓް ނެގެންވާނެ ކަމަށް މެންބަރުންނަށް އަންގަވާފަ އެވެ.

އެއަށްފަހު 1:58 ގައި ރައީސް ޔާމީން ވަނީ ވޯޓަށް އެހުން އެހެން ގަޑިއަކަށް ފަސްކުރިޔަ ވެސް ނުދިނުމަށް މެންބަރުންނަށް އަންގަވާފަ އެވެ. އަދި ވޯޓް އެ ގަޑީގައި ނަގަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީންގެ އެންގެވުންތަކާ އެއްގޮތަށް ޕީޕީއެމްގެ މެންބަރުން ވަނީ އަމަލުކޮށްފަ އެވެ. ވައިބާ ގްރޫޕުގައި ވެސް ގިނަ މެންބަރުންތަކެއް ވަނީ އެ އެންގެވުންތަކަށް "ޔެސް ސާ" ވިދާޅުވެފަ އެވެ.

މަސީހުގެ އިތުބާރު އޮތް ކަމަށް ހޯމަ ދުވަހުގެ ޖަލްސާއިން ފާސްކުރީ، އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 13 މެންބަރުންގެ ނަން އިއްވައި ގަދަކަމުން މަޖިލީހުން ބޭރުކޮށްލައިގެންނެވެ. ގިނަ މެންބަރުންތަކެއް ޖަލްސާ އިން ނެރުމާއެކު، އިދިކޮޅު ހުރިހާ މެންބަރުން ވަނީ ޖަލްސާ ދޫކޮށް ބޭރަށް ނިކުމެފަ އެވެ.

މަސީހުގެ އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އިދިކޮޅު މެމްބަރުން ބައިވެރިވެ ވަޑައި ނުގަންނަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު