Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްވަންއެންވަން

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

މައްސަލަ ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު ރިޔާޒް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 16 މާރިޗު 2017 | ބުރާސްފަތި 11:54
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް

ހަލުވިކަމާއި އެކު މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން ވައިރަސް ހުއްޓުވުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތަށް އަޅަމުންދޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ އަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ މުޤައްރިރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް އެޑްރެސް ކުރައްވައި ޖުމްހޫރި ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުއަބުދުﷲ ރިޔާޒު ފޮނުއްވި ސިޓީގައި ވަނީ ރާއްޖޭގައި ވަރަށް ބާރުމިނެއްގައި ސްވައިން ފްލޫ ފެތެރެމުންދާއިރު މި ރޯގާގެ އަސަރުހުރި މީހަކު ދާދިފަހުން ނިޔާވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހަމައެހެންމެ މިހާރު ވެސް މަޔަކާއި ތުއްތު ކުއްޖަކު ސީރިއަސް ހާލަތުގައިވާއިރު މި ރޯގާ ހުއްޓުވުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އަޅަމުންދޭތޯ ބެލުމަށް އެ ކޮމިޓީގެމެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

މިސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ސްވައިން ފްލޫއިން ދިފާއުވުމަށް އެކަށީގެންވާ ވަރަށް ވެކްސިން ރާއްޖޭގައި ނެތް ކަމަށާއި، އަދި ބައެއް ރަށްރަށުގައި މި ބައްޔަށް ދެވޭނެ ފަރުވާއެއް ނެތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އަބްދުﷲ ރިޔާޒު ފޮނުއްވި ސިޓީގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ހާދިމުންކަމުގައިވީ ހިނދު، މިފަދަ ދަނޑިވަޅެއްގައި ސިޔާސީ ފިކުރަށް ވުރެ ޤައުމީ ފިކުރު އިސްކޮށް މި މައްސަލަ ބައްލަވައި ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ވެސް ކިބިދޫދާއިރާގެ މެންބަރު ރިޔާޒު ފޮނުއްވި ސިޓީގައި ވެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު