Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިކަމުގެ ހާލަތު

މީޑިޔާތަކަށް ފިޔަވަޅު އެޅުމުގައި ފަންނީ މީހުންގެ އެހީ ހޯދަންޖެހޭ: މީޑީޔާ ކައުންސިލްގެ ކުރީގެ ހަތަރު ރައީސުން

12 އެޕްރީލު 2017 | ބުދަ 14:31

މީޑިޔާތަކަށް ފިޔަަވަޅު އެޅުމުގައި ރާއްޖޭގެ ހާލަތަށް ބަލަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 12 އެޕްރީލު 2017 | ބުދަ 14:31
މީޑިޔާ ކައުންސިލްގެ ކުރީގެ ހަތަރު ރައީސުން

މީޑިޔާ ކައުންސިލްގެ ކުރީގެ ހަތަރު ރައީސުން

މީޑިޔާ ތަކާއި ގުޅޭ ގޮތުން ކޮމިޝަނުން މައްސަލަތައް ބެލުމުގައި ކަމުގެ ފަންނީ މީހުން ބޭނުންކޮށްގެން، އިންސާފުވެރިކަމާ އެކު ތަހުގީގުތައް ކުރިއަށްގެން ދިއުމަށް މީޑިޔާ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ހަތަރު ބޭފުޅުން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމާއެކު އެކަންކަން ހައްލު ކުރުމަށް މީޑީޔާ ކައުންސިލްގެ ރައީސްކަން ކުރިން ކުރައްވާފައިވާ ހަތަރު ބޭފުޅުން އިސްނަގައިގެން ފެށި މަސައްކަތުގެ ތެރެއިން އެ ހަތަރު ބޭފުޅުން ސޮއިކުރައްވާ ބްރޮޑްކާސްޓިން ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައިވަނީ ނޫސްވެރިކަމުގެ ދައިރާގައި ނޫސްވެރިންނަށް ކުރިމަތިވަމުންދާ ކަންތައްތައް ފާހަގަކޮށްފަ އެވެ. އަދި އެކޮމިޝަނުން ފިޔަވަޅު އެޅުމުގައި ގެންގުޅޭ ހަރުކަށި ގޮތްތައް ދޫކޮށްލުމަށްވެސް ވަނީ އެދިލައްވާފަ އެވެ.

އެގޮތުން ސިޔާސީ ހަލަބޮލިކަން އަންނަ ކޮންމެ ދަނޑިވަޅެއްގައި އެކަންކަން ކަވަރު ކުރުމަށް އުޅޭ ނޫސްވެރިންނަށް އެކިއެކި ގޯނާތައް ކުރިމަތިވަމުންދާކަން މިސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެން ނަމަވެސް ނޫސްވެރިންނަށް ދިމާވާ ދަތިތަކާމެދު މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުނުކުރުމާއި، މީޑިޔާތައް މަސައްކަތް ކުރުމަށް ފަހި މާހައުލެއް ގާއިމް ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރަމުންދާތަން ނުފެންނަކަން މި ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި މީޑިޔާތައް ވުޖޫދުން ނެތިކޮށްލާފަދަ ފިޔަވަޅުތައް މީޑިޔާތަކާއި މެދު އަޅަމުންގެންދާކަން ފާހަގަކުރެވިފައިވާކަމަށް މީޑިޔާ ކައުންސިލްގެ ރައީސްކަންކޮށްފައިވާ ހަތަރު ބޭފުޅުން ވަނީ ބުނެފަ އެވެ.

އެގޮތުން އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅު ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި ކުރުމަކީ ކަންބޮޑުވާފަދަ ނިންމުމެއް ކަމަށް ސިޓީގައި ބުނެ އެވެ.

މީޑިޔާތަކާއި ގުޅޭ މުއައްސަސާއަކުން މީޑިޔާތާއި މެދު ފިޔަވަޅު އަޅަމުންދާއިރު މީޑިޔާގެ ހާލަތަށް ބެލުމަށް މި ފަރާތްތަކުން ވަނީ ބްރޮޑްކާސްޓިން ކޮމިޝަނަށް އެދިފަ އެވެ. އަދި ބްރޮޑްކާސްޓް ކުރާ މީޑިޔާތައް ރެގިއުލޭޓްކުރުމާއި ގަވައިދާ ހިލާފަށް ކަންކަންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު އޮތް އިރު މިކަންކަން ނިންމުމުގައި ކަމާގުޅޭ ފަންނީ މީހުންގެ އެހީތެރިކަން ހޯދުމަށްވެސް ވަނީ އެދިލައްވާފަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާދާއިރާއެއްގައި ހޯދައިދިނުމަށް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިޤުރާރެއްގައި ސޮއިކޮށްފައިވަނީ މިދިއަ ހޯމަ ދުވަހު އެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުންގެ އިޤުރާރުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމާއި، ހިޔާލުފާޅުކުރުމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަން އޭގެ އެންމެ ފުޅަދާއިރާއެއްގައި ހޯދައިދިނުމަށް ޤާނޫނީ ހަމަތަކުގެ މަތިން މަސައްކަތް ކުރާނެ ކަމަށެވެ.

މި އިޤުރާރުގައި ސޮއިކުރައްވާފައިވަނީ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނާފިޒާއި، ހުޝާމް މުހައްމަދާއި އަބްދުﷲ މުއާޒު ޔޫސުފް އަދި މުހައްމަދު އާސިފް (މޮންދު) އެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް