Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ކޮމިޝަން

ކޮމިޝަންތަކުގެ ބިލް ފާސްނުކުރަނީ މެމްބަރުންގެ މަސްލަހަތު އޮތުމުން ކަމަށް ބެލެވޭ: ރިޔާޒު

25 ފެބުރުއަރީ 2019 | ހޯމަ 11:00

ބިލަ ވޯޓަށް އަހަން ބެލި އިރު ގިނަ މެންބަރުންތަކެއް މަޖިލީހުގެ ތަޅުމުގައި ނެތް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 25 ފެބުރުއަރީ 2019 | ހޯމަ 11:00
ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ލީޑަރ އަބްދުﷲ ރިޔާޒް

ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ލީޑަރ އަބްދުﷲ ރިޔާޒް

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް މަޖިލީހުން ފާސްނުވެ ލަސްވެގެންދަނީ، ބައެއް މެމްބަރުންގެ މަސްލަހަތު އޮތުމުން ކަމަށް ބެލެވޭ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ލީޑަރ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވޯޓަށް އެހުމަށް އެޖެންޑާކޮށް، ބިލަށް ވޯޓަށް އެހި ވަގުތު މަޖިލިސް ތަޅުމުގައި 43 މެމްބަރުން ނެތުމުގެ ސަބަބުން ބިލަށް ވޯޓަށް ނޭހި ހޯމަދުވަހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ. ވޯޓަށް އަހަން ބެލި އިރު މަޖިލީހުގައި ތިއްބެވީ 42 މެންބަރުން ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރެއްވިއެވެ. ރައްޔިތުން އަމަލުކުރަން ލާޒިމްކުރާ ގާނޫނެއް މަޖިލީހުން ފާސްކުރާ ނަމަ، ވޯޓަށް އަހާ ވަގުތު މަޖިލިސް ޗެމްބަރުގައި 43 މެމްބަރުން ތިބެންޖެހެއެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވަމުން އަންނަ ރިޔާޒް ވިދާޅުވީ އެ ބިލަށް ވޯޓަށް އަހަން ބެލި އިރު ކުރިން ތިއްބެވި ބައެއް މެންބަރުން ވެސް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންނެވި ކަމަށެވެ. އޭގެ ތެރޭގައި ޖޭޕީ އާއި އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ވެސް ހިމެނޭ ކަމަށް ރިޔާޒް ފާހަގަކުރެއްވިއެވެ.

ރިޔާޒް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހުން ފާސްނުވީ މެމްބަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވުމުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި މި ބިލް ފާސްކުރަން ނޭދޭ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންތަކެއް އެބަތިއްބެވި ކަމަށެވެ.

ހޯމަދުވަހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް އަހަން އޮތުމުން، އެ ބިލް ފާސްކުރުމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ދެ ބައްދަލުވުމެއް ބާއްވައި، ތްރީލައިން ވިޕެއް ނެރުނު ކަން ރިޔާޒު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ބައެއް މެމްބަރުން މަޖިލީހަށް ހާޒިރުވެވަޑައިގެން، ވޯޓަށް އެހި ވަގުތު ޗެމްބަރަށް ވަދެވަޑައިގެންފައިނުވާއިރު، ބައެއް މެމްބަރުން މަޖިލީހަށް ހާޒިރުވެވަޑައިގެންފައިނުވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެއީ ކޮން މެންބަރުންނެއްތޯ ބައްލަވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"މަޖިލިހުގައި މިއަދު ބޭއްވި ޖޮއިންޓް ޕީޖީ ބައްދަލުވުމުގައި ވެސް އެބިލްތަކާ ގުޅޭ ތަފާތު ހިޔާލެއް ނެތް. އެބިލްތަކަށް ކުރިން ވެސް ވޯޓްދޭން އޮތީ ނިންމާފައި. އެނިންމުމަށް އަމަލު ނުކުރި މެމްބަރުންނަށް ފިޔަވަޅު އަޅާނެ. އަދިވެސް އެބިލްތައް ފާސްކުރެވިދާނެ ކަމަށް ގަބޫލު ކުރަން. ނަމަވެސް ބޭނުން ވަނީ މެމްބަރުންގެ އިޚްލާސްތެރިކަން،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އެ ބިލް ފާސްކުރުމުން ރިޔާސީ ކޮމިޝަންތަކަށް ލިބިގެންދަނީ މިހާރު ވެސް ފުލުހުންނާއި އޭސީސީ ފަދަ ކޮމިޝަންތަކަށް ވެސް އޮތް ބާރުތައް ކަމަށާއި އެ ބިލް ފާސް ނުވިޔަސް އިދާރާތަކުން ބޭނުން ނަމަ މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް ބިލް ފާސްވުމުން ކޮމިޝަންތަކަށް ގާނޫނީ އޮނިގަނޑެއް ކަނޑައެޅި މަސައްކަތްތައް ފަސޭހަވެގެންދާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްނުކޮށް ހޯމަދުވަހު އޮތް މަޖިިލިސް ޖަލްސާ ނިންމާލާފައި ވާތީ، މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުން ވޯޓްދޭން ވާނީ މަޖިލީހަށް ހާޒިރުވުމަށް ވަގުތު ލިބޭނެ ބޭފުޅުން ހޮވަން ކަމަށާއި، ރިޔާސީ ކޮމިޝަންތަކުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ބިލްތައް އަވަހަށް ފާސްކުރަންޖެހޭ ކަމަށެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްނުކޮށް މެމްބަރުން ޗުއްޓީއަށް ދިއުމާ ގުޅިގެން، ސަރުކާރުން ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މެމްބަރުންގެ ފަރާތުން އެކަމަށް ބޭނުންވާ އެއްބާރުލުމެއް ނުލިބިގެން ވަނީ ބިލް ފާސްނުކުރެވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް