43 މެމްބަރުން ހަމަނުވުމުގެ ސަބަބުން ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް ނާހާ މަޖިލީހުގެ ޖަލްސާ ނިންމާލައިފި
25 ފެބުރުއަރީ 2019 | ހޯމަ 09:06މި ބިލް މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން
43 މެމްބަރުން ހަމަނުވުމުގެ ސަބަބުން ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް ނާހައި މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިގެންވާ ބާރުގެ ދަށުން ދައުލަތުން ގެއްލިފައިވާ ފާއިސާ އާއި ގޮތް ނޭގޭ މަރުތައް ބެލުމަށް އުފެއްދެވި ކޮމިޝަން ތަކަށް ގާނޫނީ ބާރު ދިނުމަށް ސަރުކާރުން ހުށަހެޅުއްވި ބިލެކެއެވެ.
މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ. މި ބިލް މަޖިލީހަށް ބަލައިގަނެ، ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. އިދިކޮޅު ޕީޕީއެމްގެ މެމްބަރުން މި ބިލް މަޖިލީހުން ބަލައިގަތުމަށާއި، އަދި ކޮމިޓީ މަރްހާލަގައި ބިލްގެ މަސައްކަތް ކުރެވުނުއިރު، ގިނަ ހުރަސްތައް ވަނީ އަޅުއްވާފައެވެ.





