Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

ފެނިގެންދަނީ ރާއްޖެގައި ބާއްވާ ހުރިހާ އިންތިހާބެއްގެ ތެރެއަށް ޝަރުއީ ކޯޓުތަކުން ވަދެ ގަނޑުބަނޑުކުރާ މަންޒަރު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 9 ޖެނުއަރީ 2017 | ހޯމަ 23:00
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ބައިވެރިވެވަޑައިގެން -- ފޮޓޯ: ރާއްޖެ.އެމްވީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ބައިވެރިވެވަޑައިގެން -- ފޮޓޯ: ރާއްޖެ.އެމްވީ

މިނިވަން އިންސާފުވެރި އިންތިހާބަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ކޯޓުތައް ކަމަށް އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ފެނިގެންދަނީ ރާއްޖެގައި ބާއްވާ ހުރިހާ އިންތިހާބެއްގެ ތެރެއަށް ޝަރުއީ ކޯޓުތަކުން ވަދެ ގަނޑުބަނޑުކުރާ މަންޒަރު ކަމަށެވެ. އަދި އެއީ މުޅި އާ ސަޤާފަތަކަށް ވެފައިވާ ކަމަށާއި، ކޮންމެ އިންތިހާބަކަށް ވެސް އެ މައްސަލަތައް ކުރިމަތިވަމުން ދާކަމަށް އަނަސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ، ރާއްޖޭގެ ތާރީހަށް ބަލާކަމުގައިވާ ނަމަ ރިޔާސީ އިންތިހާބު ފަދަ އިންތިހާބުތަކުގެ ތެރެއަށް ކޯޓުތަކުން ވަދެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ނަމަވެސް ނުނެރެވޭ ވަރުގެ ހުކުމުތައް ނެރެފައިވާ ކަމަށެވެ. އަދި ޤައިޑްލައިންތައް ނެރުއްވައިގެން ވެސް އިންތިހާބުތަކާއި ކުޅެމުންގެންދާ ކަމަށް އަނަސް ވިދާޅުވި އެވެ. އެގޮތަށް އިންތިހާބުތަކަށް ނުފޫޖު ފޯރުވުމަށް ފަހު މި ފަހަރު އެކަމަށް އިތުރު ބޮޅެއް އިތުރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހާލަތުއް ޒަރޫރާގެ ނަމުގައި މިހާރު އިންތިހާބުތަކާއި ކުޅެމުން ގެންދާ ކަމަށް އަނަސް ވިދާޅުވި އެވެ.

"ކޯޓުތަކުން މި ކުރާ ހުކުމްތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ނުވަތަ އެކަމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އޮތް ހުރަހެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ކިތަންމެ ވަރަކަށް ވިދާޅުވި ކަމުގައިވިޔަސް އެއީ ހަމަ ހުރަހެއް. މިނިވަން އިންސާފުވެރި އިންތިހާބަކަށް އޮތް ވަރަށް ބޮޑު ހުރަހެއް"

އާދިއްތަ ދުވަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، ކޯޓުން ނެރުނު ހުކުމަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް އޮތް ހުރަހެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނެ ކަމަށް އަމްޖަދު ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ފަނޑިޔާރުގެތަކުގެ ފުރިހަމަ ކޮންޓްރޯލް ބޭނުން ކޮށްގެން، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސްހަޅުއްވަމުން ގެންދާތީ ކަމަށެވެ. އަދި ތައުލީމް ހާސިލް ކޮށްގެން ތިބި ފަނޑިޔާރުންތައް ސަރުކާރުގެ ބިރަށް ހުކުމްތައް ނެރުއްވާތީވެ، އެކމަކީ ވެސް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އަނަސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތަށް އަރާ އެ ބެފުޅުން އެ ހާސިލްކުރައްވައިގެން ތިބި ތައުލީމަކުން ކޮން ފައިދާއެއްބާ ކުރަނީ ވެސް. އަޅުގަނޑު ވެސް ލަދުގަނޭ ޤާނޫނީ ވަކީލެކޭ ބުނަން" އަނަސް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު