Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓްރޭޑް މާކެޓް ފެސްޓިވަލް

ޓްރޭޑް މާކެޓް ފެސްޓިވަލްގެ 40 އިންސައްތަ މޭޒު ވިކިއްޖެ: ސްޓްރައިވް

ބައިވެރިވުމަށް އެދޭ ފޯމު ސްޓްރައިވް އިވެންޓްސްގެ ފޭސްބުކް ޕޭޖުން ލިބޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 19 ފެބުރުއަރީ 2019 | އަންގާރަ 14:54
ޓްރޭޑް މާކެޓް ފެސްޓިވަލް

ޓްރޭޑް މާކެޓް ފެސްޓިވަލް

ޓްރޭޑް މާކެޓް ފެސްޓިވަލްގެ ނަމުގައި ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ޓްރޭޑް ފެއަރގެ 40 އިންސައްތަ މޭޒު ވިއްކިއްޖއެވެ.

މުޅިން އަލަށް އިވެންޓް މެނޭޖްމަންޓްގެ ދާއިރާއަށް ނިކުންނަ "ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓެއިންމަންޓް" އިން ރާވާ އިންތިޒާމްކުރާ މިފެއަރ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ސްޓްރައިވް އިން މައުލޫމާތުދިނެވެ.

މި ޓްރޭޑް ފެއަރ އޮންނާނީ މާރޗް މަހުގެ 26 އިން އެޕްރީލް 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ކަމަށް ސްޓްރައިވް އިން ބުންޏެވެ.

މި ޓްރޭޑް ފެއަރގައި އެކި ބާވަތުގެ ވިޔަފާރި ސްޓޯލްތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި ހާއްސަކޮށް މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިންނާއި ޖާދޫގަރުންގެ ހަރަކާތްތައް ހުށަހަޅައިދިނުމާއި، ކޮމޭޑިއަނުންގެ ހަރަކާތްތައް ފެނިގެންދާނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ ހޭލުންތެރި ކަމަށް މަސައްކަތްކުރާ އެކި ޖަމިއްޔާތަކުގެ ސްޓޯލްތައް ފެއަރގައި ހުންނާނެ ކަމަށް ސްޓްރައިވް އިން ބުންޏެވެ

މިފަދަ ޓްރޭޑް ފެއަރއެއް ބޭއްވުމުގެ މަޤްޞަދަކީ ތަފާތު ގިނަ ވިޔަފާރިވެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އަގުހެޔޮކޮށް ތަކެތި ވިއްކާލުމުގެ ފުރުޞަތު އެފަރާތްތަކަށް ހުޅުވާލަދިނުމާ އެކު ރޯދަމަހަށް ޙާއްސަކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ރަނގަޅު ޕްރޮޑަކްޓްތައް ލިބޭނެ އިންތިޒާމެއް ހުރިހާ ފަރާތްތަކަށް ވެސް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ސްޓްރައިވް އިން ބުންޏެވެ.

މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ޕްރޮމޯޓްކޮށް މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ މަސައްކަތްތައް ޕްރޮމޯޓްކުރުމަކީ ވެސް މިހަރަކާތުގެ އަމާޒެކެވެ.

ސްޓްރައިވްއިން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތުން ލިބޭ ފައިދާގެ ވަކި އިންސައްތައެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.

މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް އެދޭ ފޯމު ސްޓްރައިވް އިވެންޓްސްގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

މި ފެއަރވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިންގ ޑިވެލިޕްމަންޓް ކޯޕަރޭޝަނުން އެންޑޯޒް ވެސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ނައިޓް މާކެޓް ސިނާއީ ސަރަހައްދުގައި ބާއްވަން ނިންމައިފި

16 އޯގަސްޓު 2017
ނައިޓް މާކެޓް ސިނާއީ ސަރަހައްދުގައި ބާއްވަން ނިންމައިފި
10 ޖުލައި 2017

އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

10 ޖުލައި 2017
 އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
27 ފެބުރުއަރީ 2017

ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

27 ފެބުރުއަރީ 2017
ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު