Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސެންޗޫރިއަން

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

އެމްއެސްއީގެ ރަސްމީ ލިސްޓުގައި ސެންޗޫރިއަން ވަނީ ހިމަނާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 30 މާރިޗު 2017 | ބުރާސްފަތި 12:55
ސެންޗޫރިއަން ޕްބަލިކް ލިމިޓެޑްގެ ހިއްސާ ސްޓޮކް އެކްސްޗޭންޖްގައި ހިމަނައިފި

ސެންޗޫރިއަން ޕްބަލިކް ލިމިޓެޑްގެ ހިއްސާ ސްޓޮކް އެކްސްޗޭންޖްގައި ހިމަނައިފި

އާންމުންނަށް ހިއްސާ ވިއްކި އަމިއްލަ ފުރަތަމަ ކުންފުނި ކަމަށްވާ ސެންޗޫރިއަން ޕްބަލިކް ލިމިޓެޑްގެ ހިއްސާ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފިއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ޕްރައިވްޓް ލިމިޓެޑުން އާންމުކުރި ބަޔާނެއްގައި ބުނީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ލިސްޓިންގ ޤަވާއިދުގައިވާ ގޮތުގެމަތިން، ސެންޗޫރިއަން ޕްބަލިކް ލިމިޓެޑްގެ ހިއްސާ މާޗް 30، 2017 އިން ފެށިގެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ރަސްމީ ލިސްޓްގައި ހިމަނައި، ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު މެދުވެރިކޮށް އެ ކުންފުނީގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ސެންޗޫރިއަން ޕަބަލިކް ލިމިޓެޑުން އާންމުކޮށް ހިއްސާ ވިއްކަން ހުޅުވާލުމާ ގުޅިގެން، ހިއްސާ ގަތް ފަރާތްތަކުގެ ތެރެއިން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގައި ހިއްސާގެ އެކައުންޓް ހުޅުވާފައިވާ ފަރާތްތަކުގެ ހިއްސާ އެފަރާތްތަކުގެ އެކައުންޓަށް ޖަމާކުރެވިފައިވާކަން ވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނީ، މިކަމާ ގުޅޭ މަޢުލޫމާތު ސާފުކުރަން ބޭނުން ފަރާތްތަކަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާ ގުޅައިގެން (3307878) އެ މައުލޫމާތު ލިބޭނެ ކަމަށެވެ.

ލޮޖިސްޓިކްސްގެ މަސައްކަތް ކުރާ ސެންޗޫރިއަން ކުންފުނިން ނިމިގެންދިޔަ އަހަރު އެ ކުންފުނީގެ ހިއްސާ ވިއްކަން ފެށުމާ އެކު ގިނަ ބަޔަކު ވަނީ އެ ކުންފުނީގެ ހިއްސާ ގަނެފައެވެ. އެ ކުންފުނިން ހިއްސާ ވިއްކާފައިވަނީ މޫނުމަތީ އަގެއްގެ ގޮތުގައި 25ރ. އަަށް ހިއްސާއެއްގެ މަގުންނެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
28 އެޕްރީލު 2017

ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

28 އެޕްރީލު 2017
ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި
24 އެޕްރީލު 2017

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު