Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް

ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

 މޯލްޑިވްސް ސްޓޮކްެ އެކްސްޗޭންޖްއިން ވަނީ، ރާއްޖޭގެ ވިޔަފާރިތަކުން ފަންޑު ހޯދުމަށް ބޭނުންވާ އަސާސީ ޕްލެޓްފޯމް ޤާއިމުކޮށްދީފަ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 27 ފެބުރުއަރީ 2017 | ހޯމަ 15:34
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް | ޓްވިޓަރ

ރޯޔަލް ސެކިއުރިޓީޒް އެކްސްޗޭންޖް އޮފް ބޫޓާން (ބޫޓާން ސްޓޮކް އެކްސްޗޭންޖް) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ސްޓޮކް މާކެޓް ތަރައްޤީކުރުމަށް، ކުދި ޤައުމުތަކަށް ނިސްބަތްވާ، ދެ އެކްސްޗޭންޖުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ މެދު ބޫޓާން ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ޑޯޖީ ފުންޓްޝޯ އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ޙަސަން މަނިކު ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފަ އެވެ.

ޑޯޖީ ފުންޓްޝޯ މިމަހުގެ 22 އިން 23 އަށް ކުރި ދަތުރުފުޅާ ގުޅޭ ގޮތުން، ސީއީއޯ ޙަސަން މަނިކު ވިދާޅުވީ، ބޫޓާނާއި ރާއްޖޭގެ ސްޓޮކް މާކެޓަކީ ވަރަށް ގިނަ ކަންތައްތައް އެއްގޮތް ދެ މާކެޓް ކަމަށެވެ. އަދި ދެ ބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާގެ އަލީގައި، ދެޤައުމު ގުޅިގެން ޓެކްނޮލޮޖީގެ ބޭނުން ހިފޭނެ ގޮތްތައް އިތުރަށް ދިރާސާ ކުރައްވަން ޤަސްދުކުރާ ކަމަށް ވިދާޅުވިއެވެ. ރާއްޖެ ފަދަ ޤައުމުތަކާ ގުޅިގެން މަސައްކަތްކޮށް އެފަދަ ޤައުމުތަކުގެ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖޭގެ ސްޓޮކް މާކެޓް ތަރައްޤީ ކުރުމަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އެއް އަމާޒެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސައްތައިން ސައްތަ ދިވެހި ކުންފުންޏަކުން އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވާ އިރު ބައިނަލްއަޤްވާމީ ކުންފުންޏެއް ކަމުގައިވާ އޫރީދޫގެ ހިއްސާ އޮންނަ އޫރީދޫ މޯލްޑިވްސްއިން ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި 2016 ވަނަ އަހަރު ލިސްޓްކޮށްފައިވާ ކަމަށް ބޫޓާން ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ފުންޓްޝޯ ވިދާޅުވި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްއިން ވަނީ، ރާއްޖޭގެ ވިޔަފާރިތަކުން ފަންޑު ހޯދުމަށް ބޭނުންވާ އަސާސީ ޕްލެޓްފޯމް ޤާއިމުކޮށްދީފައެވެ. އަދި ފަންޑު ހޯދުމަށް ހިއްސާ ނުވަތަ ބޮންޑު ވިއްކާ ފަރާތްތަކުން އެކްސްޗޭންޖްގައި ލިސްޓުކުރުމުގެ އިޖުރާޢަތުތައް ކަނޑައަޅާފައިވާއިރު، އެކްސްޗޭންޖްގައި ލިސްޓުކޮށްގެން މުސްތަޤުބަލުގައި ފަންޑު ހޯދުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް، ކަމާބެހޭ ފަންނީ ލަފަޔާއި އިރުޝާދު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް ސްޓޮކް އެކްސްޗޭންޖްއިން ބުންޏެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަކީ، ރާއްޖޭގެ ސްޓޮކް މާކެޓަށް އަންނަ ކުންފުނިތަކުން ކަރުދާހާނުލައި މުޢާމަލާތްކުރެވޭނެ ނިޒާމު ހިންގާ ފަރާތެވެ. އަދި، ސްޓޮކް މާކެޓްގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުގެ މުޢާމަލާތްތައް ފަސޭހައިން ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށްޓަކައި، އެމްއެސްޑީ އެކައުންޓް ހުޅުވައިދީ، ހިއްސާއާބެހޭ މުޢާމަލާތްތަކުގެ ރިކޯޑުތައް ބެލެހެއްޓުމަކީ، އެމްއެސްޑީއިން ދެމުން އަންނަ ޚިދުމަތެކެވެ. މީގެ އިތުރުން، އެމްއެސްޑީއިން އަންނަނީ ލިސްޓުކުރާ ކުންފުނިތަކުގެ ދަފްތަރު ބެލެހެއްޓުމާއި ސްޓޮކް މާކެޓާގުޅޭ އެހެނިހެން ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަކީ 2008 ވަނަ އަހަރު، ސައްތައިން ސައްތަ ޕްރައިވެޓް ސެކްޓަރ ސްޓޮކް އެކްސްޗޭންޖެއްގެ ގޮތުގައި، ސީއެމްޑީއޭއިން ލައިސަންސްކޮށްފައިވާ ފަރާތެކެވެ. އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަކީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސައްތައިން ސައްތަ ސަބްސިޑިއަރީ ކުންފުންޏެކެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި

24 އެޕްރީލު 2017
ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި
19 އެޕްރީލު 2017

އީވޯގެ ސެލްފީ ޕްރޮމޯޝަނާ އެކު 40,000ރ.ގެ ގިފްޓް ވައުޗަރެއް

19 އެޕްރީލު 2017
އީވޯގެ ސެލްފީ ޕްރޮމޯޝަނާ އެކު 40,000ރ.ގެ ގިފްޓް ވައުޗަރެއް
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު