Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތް

އަޅުގަނޑަށް ލިބުނު ހައްގު ނޫން ފައިސާއެއް ނުހުންނާނެ: ރިޔާޒު ރަޝީދު

14 ފެބުރުއަރީ 2019 | ބުރާސްފަތި 13:49

ރިޔާޒު ވިދާޅުވެފައި ވަނީ އޭނާގެ އެކައުންޓަށް ޖަމާވެފައި އެ ހުރި ފައިސާއަކީ މެރީޑިއަމްގެ ޝެޑު ވިއްކާލައިގެން ލިބުނު ފައިސާ ކަމަށް

އަމަން ހަލީމް
އަމަން ހަލީމް | 14 ފެބުރުއަރީ 2019 | ބުރާސްފަތި 13:49
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި އެއްމެ އިސް ރޯލެއް އަދާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި އޭނާއަށް ނިސްބަތް ކުރެވޭ އެއްވެސް ބަޔަކަށް ނުވަތަ ކުންފުންޏަކަށް ވެސް ލިބުނު ހައްގު ނޫން ފައިސާއެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރިޔާޒްގެ އެކައުނަޓަށް އެސްއޯއެފް އިން ފައިސާ ޖަމާކޮށްފައިވާކަން އޭސީސީގެ ތަހުގީގަށް ހާމަވެފައިވާ މައްސަލައަށް ރައްދު ދެއްވަމުން ބަޔާނަކާ އެކު ކުރެއްވި ޓްވީޓްއެއްގައި ރިޔާޒު ވިދާޅުވެފައި ވަނީ އޭނާގެ އެކައުންޓަށް ޖަމާވެފައި އެ ހުރި ފައިސާއަކީ މެރީޑިއަމްގެ ޝެޑު ވިއްކާލައިގެން ލިބުނު ފައިސާ ކަމަށެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު އޭސީސީން ނެރުނު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓުގައިވާ ގޮތުން 8 ޑިސެމްބަރު 2014 ގައި އެސްއޯއެފްގެ އެކައުންޓަކުން 455،000 (ހަތަރު ލައްކަ ފަންސާސް ފަސް ހާސް) ޑޮލަރު ރިޔާޒު ރަޝީދު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަކަށް ޖަމާކޮށްފައި ވެއެވެ. އަދި އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރ އެކައުންޓަށް 21 އެޕްރިލް 2015 ގައި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްއިން 100،000 (އެއް ލައްކަ) ޑޮލަރު ޖަމާކޮށްފައި ވެއެވެ. މީގެ އިތުރުން ރިޔާޒުގެ އާއިލީ މަސްލަހަތު އޮންނަ ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް 13 ޖުލައި 2015 ގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއިން 150،000 (އެއް ލައްކަ ފަންސާސް ހާސް) ޑޮލަރު ޖަމާކޮށްފައި ވެއެވެ.

އެސްއޯއެފް އިން ރިޔާޒު ރަޝީދުގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތަފްސީލް

މައްސަލައާ ގުޅިގެން އޭސީސީއަށް ރިޔާޒު ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެސްއޯއެފް އިން އޭނާގެ އެކައުންޓަށް ޖަމާކުރި 455،000 ޑޮލަރަކީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހިންގަމުން ގެންދިޔަ ފިއުލް ޑިސްޕެންޝަން ސްޓޭޝަން "މެރީޑިއަމް ފިލިންގް" އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކުމުގެ އަގުގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށެވެ.އަދި 21 އެޕްރިލް 2015 ގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޖަމާކުރި 100،000 ޑޮލަރު އެއީ އެސްއޯއެފް އިން ޑޮލަރު ގަނެފައިވާ ފައިސާ ކަމަށް ވެސް ރިޔާޒު ރަޝީދުގެ ބަޔާނުގައި ވެއެވެ.

ތ. އޮޅުގިރީގެ އެކުއިޒިޝަން ކޮސްޓް ޕޮޕިއުލަރ މޯލްޑިވްސް އިން ހަމަކުރި ގޮތުގެ ތަފްސީލް

މީގެ އިތުރުން އޭނާގެ އާއިލީ ހިއްސާ އޮންނަ ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޖަމާކޮށްފައިވާ ފައިސާއާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ރިޔާޒު ވިދާޅުވި އިރު، އެ ކުންފުނީގެ އެއް ހިއްސާދާރު ބުނެފައި ވަނީ އެ ފައިސާއަކީ ޑޮލަރު ގަތުމަށް އެސްއޯއެފްއާ އެކު ކުރި މުއާމަލާތެއްގެ ފައިސާ ކަމަށެވެ. ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ރިޔާޒްގެ ދެ ކުދިން ހިއްސާވާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏާ އޭނާއާ ދެމެދު އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ކޮށްފައި ނުވި ނަމަވެސް އެ ކުންފުންޏަށް ފައިސާ ދޭކަމަށް އޭސީސީގެ ރިޕޯޓުގައި ރިޔާޒާ ހަވާލާދީ ބަޔާންކޮށްފައި ވެއެވެ.

ރިޔާޒު ރަޝީދު އޭސީސީއަށް ދެއްވި ބަޔާނުގައި އޭނާގެ އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ނުކުރައްވާ ކަމަށާއި އަދި އެއްވެސް ކުންފުންޏެއްގައި އޭނާގެ ޙިއްޞާއެއް ވެސް ނުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭސީސީގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން ރިޔާޒުގެ އާއިލީ ހިއްސާ އޮންނަ ޕޮޕިއުލަރ މޯލްޑިވްސް އަށް 7 ޖޫން 2015 ގައި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله ޒިޔަތު ސޮއިކުރައްވައި އެ ކުންފުނިން ފޮނުވި ސިޓީގައި ރިޔާޒު ރަޝީދަށް ނިސްބަތްކޮށްފައި ވަނީ ކުންފުނީގެ ޗެއަރމަންގެ ގޮތުގައެވެ.

މީގެ އިތުރުން ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެމްއެމްޕީއާރްސީން ދޫކުރި ތ. އޮޅުގިރީގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދީފައިވާ ފައިސާއަކީ މެރީޑިއަންގެ ޝެޑު ވިއްކާލައިގެން ލިބުނު ފައިސާކަން ހާމަކޮށްފައެވެ. އަދި ރިޔާޒު އަމިއްލަފުޅަށް ޝައުގުވެރިކަން ފާޅުކޮށްގެން ތ. އޮޅުގިރި ހޯދަން މަސައްކަތްކުރެއްވި ކަމުގައިވީ ނަމަވެސް، އޭނާ ޕޮޕިއުލަރ މޯލްޑިވްސް އަށް ދެއްވި ފައިސާއަކީ ކީއްކުރަން ބޭނުންކުރި ފައިސާއެއް ކަން އޭނާ އަށް ނޭނގޭ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އޭސީސީގެ ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.

އޭސީސީން ނެރުނު ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރު (192.75 މިލިއަން ރުފިޔާ) އެވެ. ހިޔާނާތްވީ ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށެވެ. އަދި އެސްއޯއެފް އިން ވަނީ އެ ފައިސާތައް އެކި މީހުންނާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، މަޖިލިސް މެމްބަރުންނާއި، ވިޔަފާރިވެރިން އަދި މިހާރު ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް