Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ތަރައްގީގެ ތަސައްވުރު

އެކި ފަންތިތަކުގެ މީހުންނަށް ހާއްސަކޮށްގެން ގެދޮރު ބިނާކުރަން ޖެހޭ: އަސްލަމް

7 ފެބުރުއަރީ 2019 | ބުރާސްފަތި 14:03

ހުރިހާ ރައްޔިތުން ގެދޮރިވެރި ކުރުވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އަސްލަމް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 7 ފެބުރުއަރީ 2019 | ބުރާސްފަތި 14:03
މިނިސްޓަރު އަސްލަމް ރާއްޖެޓީވީގައި ވާހަކަ ދައްކަވަނީ

މިނިސްޓަރު އަސްލަމް ރާއްޖެޓީވީގައި ވާހަކަ ދައްކަވަނީ

ރާއްޖޭގެ ހުރިހާ ރައްޔިތުން ގެދޮރުވެރި ކުރެވޭނީ، އެކި ފަންތީގެ މީހުންނަށް ހާއްސަކޮށްގެން ގެދޮރު ބިނާކޮށްގެން ކަމަށް މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވީ، އެއްމެން ގެދޮރިވެރި ކުރުވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ގެދޮރުވެރިކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ވަގުތު ބާޒާރުގައި ލިބެން ހުރި އެޕާޓްމަންޓްތަކަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ އާމްދަނީއާ ނުބައްދަލު އަގުތަކަކަށް ވުން ކަމަށެވެ.

Advertisement - newsAdvertisement
"ތިން ކޮޓަރީގެ 1000 އަކަފޫޓުގެ ފްލެޓެއް 3 މިލިއަން، 3.5 މިލިއަން ރުފިޔާއަށް ބާޒާރުގައި ގަންނަން އެބަހުރި ލިބެން. އެކަމަކު ދިވެހި ކިތައް އާއިލާއަށްތޯ އެ ގަނެވެނީ،" އަސްލަމް ސުވާލުކުރެއްވިއެވެ.

މާލޭގައި ދިރުއުޅޭ ފަގީރު އަދި މެދު ފަންތީގެ އާއިލާތަކަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ، އެ އާއިލާތަކަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެވޭނީ އެ އާއިލާތަކަށް ލިބޭ އާމްދަނީއާ ބައްދަލު އަގުތަކެއްގައި ގެދޮރު ބިނާކުރެވިގެން ކަމަށެވެ.

އަސްލަމް ވަނީ މިހާރު 3.5 މިލިއަން ރުފިޔާއަށް ބާޒާރުގައި ލިބެން ހުރި ގެދޮރުގެ އަގުތައް 1.5 މިލިއަން ރުފިޔާއަށް ތިރިކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އެގޮތުން އިމާރާތްކުރަން ޑިވޮލޮޕަރުންނާއި ބަންޑާރަ ބިން ހަވާލުކުރާ އިރު ރެންޓް ކޮންޓްރޯލް ކުރަން ޝަރުތު ކުރެވޭނެ ކަމަށާއި ހައުސިންގ ލޯނުގެ އިންޓްރެސްޓް ވެސް ތިރިކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ހައުސިންގ ލޯނުގެ އިންޓްރެސްޓް ރޭޓް އަޅުގަނޑުމެން 6 ޕަސެންޓަށް ތިރިކުރާނަން. 6 ޕަސެންޓަށް ތިރިކޮށްފައި 1.5 މިލިއަން ރުފިޔާއަށް ގެއެއް ގަންނަން ހުރި ގެއެއް ގަތީމާ، ލޯނު ނަގާ ފަރާތަށް ދައްކަން ޖެހެނީ 10000 ވަރަކަށް ރުފިޔާ" އަސްލަމް ވިދާޅުވިއެވެ.

އެއްމެ ފަގީރު އާއިލާތަކަށް ހާއްސަކޮށްގެން ސޯޝަލް ހައުސިންގ ނުވަތަ ކައުންސިލް ހައުސިންގ ޔުނިޓްތަކެއް އަޅަން ނިންމާފައިވާ ކަމަށާއި، މި އިމާރާތްތަށް އަޅާނީ ސަރުކާރުން ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައިއެވެ.

މާލެ ތޮއްޖެހުމުގެ މައްސަލައަށް ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އަތޮޅުތައް ތަރައްގީ ކުރުން ކަމަށެވެ. އަސްލަމް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 38 އިންސައްތަ މިހާރު ވެސް މާލޭގައި އުޅޭއިރު، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ އަމާޒު ހުރީ އަލަށް އާބަދުވާ ހުރިހާ ފަރާތްތައް ހުޅުމާލޭގައި އާބާދަކުރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، މާލޭގައި ހުރި ހުސްބިންތަކުގައި ސަރުކާރުގެ އެއްވެސް އިމާރާތެއް ދެން ނާޅާނެ ކަމަށާއި، މަސައްކަތް ކުރަމުން މި ދަނީ ހުސް ބިންތަކުގައި ޕާކް ކުރުވޭނެ ގޮތަށް ޕާކުތަކެއް ހެދުމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން މިހާރު ވެސް ފިނޭސްސް މިނިސްޓްރީ ވަށާ އޮތް ހުސްބިމުގައި ޕާކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަސްލަމް ހާމަކުރެއްވިއެވެ.

މާލޭގެ ކަންކަން މިހާ ހިސާބަށް އައީ ދުރާލާ ކަންކަން ރޭވިގެން ކުރެވިގެން އައިސްފައި އޮތުމުން ކަމަށް ވުމުން، އަސްލަމް ވަނީ މާލެ ވެސް ހިމިނޭ ގޮތަށް މުޅި ރާއްޖެ ތަރައްގީ ކުރުމަށް "ސްޕޭޝަލް ޑިވޮލޮޕްމަންޓް" ޕްލޭނެއް ތައްޔާރު ކުރުމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިޔަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް މުޅި ރާއްޖެއަށް މި ސަރުކާރުން ގެންގުޅޭ ތަރައްގީގެ ތަސައްވުރު ހާމަކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދާދި އަވަހަށް ނިންމާނެ ދިވެހިރާއްޖޭގެ ތަރައްގީގެ ތަސައްވަރު، މުޅި ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުގެ ވިސްނުން އޮތް ގޮތް. ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީ ވެގެން މާލޭގެ މައްސަލައަށް ވެސް ޖުމުލަ ހައްލެއް ލިބެން އޮތީ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވިއިރު، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހުޅުމާލޭގައި އިތުރު 4000 ހައުސިން ޔުނިޓާއި އަތޮޅު ތެރޭގައި އިތުރު 550 ހައުުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް