Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބު ރައީސް ޖިހާދު

ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓް ޖިހާދަށް މިލްކޮށްދިނުމުގެ މަސައްކަތް އޭސީސީން ހުއްޓުވައިފި

2 ފެބުރުއަރީ 2019 | ހޮނިހިރު 09:16

ރަޖިސްޓްރީގެ މަސައްކަތް ފައްޓަވާފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 2 ފެބުރުއަރީ 2019 | ހޮނިހިރު 09:16
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު: މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވަނީ ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓްގައި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު: މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވަނީ ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓްގައި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ރަސްމީ ގެކޮޅު ކަމުގައި ސަރުކާރުން އޭރު ހަަމަޖެއްސެވި ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓް އެ މަނިކުފާނަށް މިލްކުކޮށްދިނުމުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ނައިބް ރައީސްގެ ގެކޮޅުގެ ގޮތުގައި ޖިހާދު ދިރިއުޅުއްވަން ކުރީގެ ސަރުކާރުން ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓް ހަމަޖެއްސެވީ ނައިބު ރައީސް ދިރިއުޅުއްވުމަށް ކަނޑައަޅާފައި ހުންނަ ހިލާލީ ގޭގައި އޭރު ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވަމުން ގެންދެވުމުންނެވެ. މުލިއާގެ ނުވަތަ ތީމުގެ ރައީސަށް ޚާއްސަކޮށްފައިވާ އިރު ނައިބު ރައީސުން ދިރިއުޅުއްވަނީ ހިލާލީ ގޭގަ އެވެ. ޔާމީންގެ ތިން ވަނަ ނައިބު ރައީސް ޖިހާދު، ރެހެންދި ފްލެޓުގައި ދިރިއުޅުއްވަން ޖެހިވަޑައިގަތީ ހިލާލީ ގޭގައި ޔާމީން ދިރިއުޅުއްވުމުންނެވެ.

Advertisement - newsAdvertisement

މުއައްވިޒު ވިދާޅުވީ ޖިހާދަށް ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓް މިލްކުކޮށް ދިނުމުގެ މަސައްކަތް ހުއްޓުވައިދިނުމަށް އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ "ޕްރޮސެސް" ކުރިއަށް ގެންދިއުން ހުއްޓުވާފައިވާ ކަމަށެވެ. މުއައްވިޒު ވިދާޅުވީ އެ މައްސަލައަކީ މިހާރު އޭސީސިން ތަހްގީގްކުރަމުން އަންނަ މައްސަލައަކަށް ވާތީ، އެކަމުގެ ތަފްސީލް ހާމަކޮށްދެވެން ނެތް ކަމަށެވެ.

ސަރުކާރު ބަދަލުވެ ޖިހާދަށް ނައިބު ރައީސްކަން ގެއްލިފައިވާއިރު، ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖިހާދު އަދިވެސް ދިރުއުޅުއްވަމުން ގެންދަވަނީ ނައިބު ރައީސްގެ މަގާމުގައި އެ މަނިކުފާނު ދިރިއުޅުއްވަން ސަރުކާރުން ހަމަޖައްސަވައި ދެއްވި ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓްގައެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ފްލެޓަށް ޖިހާދު މިހާރު ވެސް ކުލީގެ ގޮތުގައި އެއްވެސް އެއްޗެއް ނުދައްކަވައެވެ.

ޖިހާދު ދިރުއުޅުއްވަން ދެއްވި ދެ ފްލެޓް އޭނާއަށް މިލްކުކޮށްދިނުމަށް އެދިފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހު ކަމަށް ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރެހެންދި އެޕާޓްމަންޓްސްގައި ޖިހާދު ދިރިއުޅުއްވަމުން ގެންދެވި ދެ އެޕާޓްމަންޓް، އެ މަނިކުފާނަށް މިލްކުކޮށްދިނުމަށް އެދި ރައީސް އޮފީހުން ވަނީ ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް އާ ސަރުކާރުން ވެރިކަމާއި ހަވާލުވިއރު، ހައުސިން މިނިސްޓްރީއަށް އެ "ޕްރޮސެސް" އެއްކޮށް ނިންމާލެވިފައިނުވާކަން ރާއްޖެ އެމްވީއަށް އިތުބާރު ހުރި މަސްދަރަކުން ވަނީ އެނގިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ
19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި
09 އެޕްރީލު 2017

ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި

09 އެޕްރީލު 2017
ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި
08 މާރިޗު 2017

ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ

08 މާރިޗު 2017
ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ
28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް