Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓާޓާގެ އާ ފްލެޓްތައް ފެށުން

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

ނަދީ ހުރި ބިމުގައި އަޅަނީ ލަގްޒަރީ އެޕާޓްމަންޓް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2017 | އަންގާރަ 12:51
ނާދީ ބިމުގައި އަޅާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ބިންގާ، ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބެސެޑަރު އަކްލޭޝް މިޝްރާ އާއި ޓާޓާގެ ހެޑް އޮފް އިންޓަނޭޝަނަލް ބިޒްނަސް ސަންޖީވް އަޅުއްވައި ދެއްވަނީ

ނާދީ ބިމުގައި އަޅާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ބިންގާ، ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބެސެޑަރު އަކްލޭޝް މިޝްރާ އާއި ޓާޓާގެ ހެޑް އޮފް އިންޓަނޭޝަނަލް ބިޒްނަސް ސަންޖީވް އަޅުއްވައި ދެއްވަނީ

އިންޑިއާގެ ޓާޓާ ހައުސިންގ ކުންފުނިން މާލޭގައި، ކުރިން ނާދީ ހުރި ބިމާއި އޯޑިއޯން ހުރި ބިމުގައި އިމާރާތްކުރާ ދެ އެޕާޓްމަންޓް ބިލްޑިންގގެ ބިންގާ އަންގާރަ ދުވަހު އަޅައިފިއެވެ.

މި ދެ އިމާރަތުގެ ބިންގާ އެޅުމަށް ނާދީ އާއި އޯޑިއޯން ބިމުގައި ވަކިވަކިން ދެ ރަސްމިއްޔާތު ބޭއްވި އެވެ. މި ދެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދަވާ ވާހަކަފުޅު ދައްކަވަމުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ޝްރީ އަކިލޭޝް މިޝްރާ ވަނީ މިފަދަ މަޝްރޫޢުތަކަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއްކަން ފާހަގަ ކުރާއްވާފައެވެ.

Advertisement - newsAdvertisement

ހަމަ މިއާއެކު މިފަދަ މަޝްރޫޢުތަކަކީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދުތަކަކާއި ގުޅިފައިވާ މަޝްރޫޢުތަކެއްކަން ފާހަގަ ކުރައްވާ އަކިލޭޝް މިޝްރާ ވިދާޅުވީ މި މަސައްކަތް ދިވެހި ރައްޔިތުން ބޭނުންވާފަދަ ފެންވަރަކަށް ކޮށްނިންމުމަށް ސަމާލުކަން ދިނުމަށް ޓާޓާގެ އިސް ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އަންގާރަ ދުވަހުގެ ފުރަތަމަ ރަސްމިއްޔާތުގައި ބިންގާއެޅި ނާދީ ބިމުގައި އަޅާ އެޕާޓްމަންޓްތައް ބިނާކުރަނީ ލަގްޒަރީ ފެންވަރަށެވެ. 1200 އަކަފޫޓާއި 1400 އަކަފޫޓުގެ 3 ކޮޓަރީގެ 74 އެޕާޓްމަންޓް ނާދީ ބިމުގައި އަޅާއިރު، އެންމެ ޒަމާނީ ފެންވަރުގެ އެކި ޚިދުމަތްތަކާއި، އަދި ކޮންމެ އެޕާޓްމަންޓަކަށް ޚާއްސަ، ބޭސްމަންޓް ކާރު ޕާކިން ސްލޮޓްތަކެއްވެސް އެ އިމާރާތުގައި ޤައިމްކުރުމަށް ވަނީ ނިންމާފައެވެ.

ނާދީ ބިމުގައި އާޅާ އެޕާޓްމަންޓްތައް ކުރިއަށް އޮތް ދެތިން މަސްތެރޭގައި ވިއްކަން ފަށާއިރު، ޓާޓާއިން މަޢޫލޫމާތު ދިން ގޮތުގައި މި އެޕާޓްމަންޓްތަކުގެ އަގު ހުންނާނީ 5 މިލިއަން ރުފިޔާ އާއި 7 މިލިއަން ރުފިޔާ އާއި ދެމެދުގައެވެ.

އޯޑިއޯން ބިމުގައި 56 އެޕާޓްމަންޓް އެޅުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 850 އަކަފޫޓާއި 1250 އަކަފޫޓާ ދެމެދުގެ 1 ކޮޓަރި، 2 ކޮޓަރި، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

އޯޑިއޯން ބިމުގައި އަޅާ އިމާރާތުގައި ދެ ފުރޮޅުލީ ވެހިކަލް ޕާކް ކުރުމަށް ބައެއް ޚާއްސަ ކުރާއިރު ރީޓެއިލް ފިހާރަތަކަށްވެސް ދެ ފަންގިފިލާ ޚާއްސަ ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މި އިމާރާތުގައި ޒަމާނީ ދިރިއުޅުމަށް ފަހި ޚިދުމަތްތައްވެސް ޤާއިމް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސްޕާ އަކާއި، ސްވިމިންގ ޕޫލާއި މިފަދަ އެހެން ޚިދުމަތްތައް އެތަނުގައި ޤާއިމް ކުރުމަށް ވަނީ ނިންމާފައެވެ.

އޯޑިއޯން ބިމުގައި ހަދާ އެޕާޓްމަންޓް ކޮމްޕްލެކްސްގެ އެޕާޓްމަންޓްތައް 3 މިލިއަންނާއި 5 މިލިއަންނާއި ދެމެދުގެ އަގުތަކަކަށް ވިއްކަން ނިންމާފައިވާއިރު، މި އެޕާޓްމަންޓް ގަތުމުގެ ފުރުޞަތު މިއަދުން ފެށިގެން ގާކޮށި އަދި އަރަބިއްޔާ ބިމުގައި ހުރި ޓާޓާގެ ހައުސިންގް ކޮމްޕްލެކްސްތަކުގައި ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު