Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓް ނުލިބުން

ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި

ލުތުފީއަށް ފްލެޓް ނުދޭން ނިންމީ ރައީސް ވަހީދުގެ ވެރިކަމުގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 9 އެޕްރީލު 2017 | އާދީއްތަ 10:27
އޭސީސީގެ ރައީސް ހަސަން ލަތީފު

އޭސީސީގެ ރައީސް ހަސަން ލަތީފު

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ނުހިމެނުމުން ފްލެޓް ހޯދަން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާ ކުރައްވާ މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުން ހައްލު ނުކުރެވުމުން އެ މައްސަލަ ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ. އެ މައްސަލައިގައި އާދިއްތަ ދުވަހުގެ ހެނދުނު 9:45 ގައި ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ ދެފަރާތުގެ ބަޔާންތައް ބަދަލުކޮށްފަ އެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ލުތުފީއަށް ފްލެޓް ލިބިވަޑައިނުގަތީ ލުތުފީގެ އަނބިކަނބަލުންގެ ނަމުގައި މާލެއިން ގޯއްޗެއް އޮތުމުންނެވެ. އެހެންވެ، ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށް ހައުސިން މިނިސްޓްރީން ނިންމާފައި ވަނިކޮށް އެކަމުގައި ކޮރަޕްޝަނުގެ ކަންތައްތަކެއް ހިމެނޭ ކަމަށް ބެލެވޭތީ އެ މައްސަލަ އޭސީސީއަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ކޮމިޝަނުން ވެސް ނިންމީ، ފްލެޓަށް ލުތުފީގެ ޝަރުތު ހަމަނުވާ ކަމަށެވެ.

އެހެން ނަމަވެސް، ބަންޑާރަނައިބުގެ އޮފީހުގެ ލަފާގެ މަތިން، ހައުސިން މިނިސްޓްރީއިން ނިންމީ އޭސީސީން ކަނޑައެޅި ލިސްޓަށް ނުބަލައި، އެ މިނިސްޓްރީން ކަނޑައަޅާ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓް ދިނުމަށެވެ. ލުތުފީއަށް ފްލެޓް ލިބިވަޑައިނުގަތީ ހައުސިން މިނިސްޓްރީން އެގޮތަށް ކަންތައްތައް ކޮށްފައިވާތީ އެވެ.

މިކަމާ ގުޅޭ ގޮތުން ލުތުފީ ވިދާޅުވެފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ވެށިފެހި ޕްރޮގުރާމްގެ ދަށުން ލިބިފައިވާ ފްލެޓެއް ޝަރުތު ހަމަނުވާ ކަަމަށް ބުނެ ފްލެޓް ނުލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން އެންގި ކަަމަށެވެ.

އެގޮތުން ފްލެޓް ނުލިބޭނެކަން އެންގީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ކަމަށާއި އަދި ފްލެޓް ނުލިބޭނެކަން އެންގިއިރު ފްލެޓް ލިބުނުކަމުގެ ލިޔުން ރައީސް ނަޝީދެގެ ސަރުކާރުން ދީފައިވާ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވި ގޮތުގައި އޭނާ އަށް ފްލެޓް ނުލިބޭނެ ކަަމަށް ހައުސިން މިނިސްޓްރީން އެންގީ އޭނާގެ އަންހެނުންގެ ނަމުގައި މާލޭގައި ގޯއްޗެއް އޮތުމުންނެވެ. ނަމަވެސް އޭނާ އަށް ފްލެޓް ލިބުނީ އޭރު ވެށިފެހި މާލެ ޕްރޮގުރާމްގެ ދަށުން ކަނޑައަޅާފައިވާ އުސޫލްތަކުގެ ދަށުން ލިބެންޖެހޭ މާކްސް ލިބި ޝަރުތު ފުރިހަމަ ވެގެންކަން ހައުސިން މިނިސްޓްރީ އަށް އެންގި ކަމަށާއި އަދި ކުރީގެ ސަރުކާރަކުން ނިންމާފައިވާ ނިންމުމެއް ފަހުން ހަދާ އުސޫލެއްގެ ދަށުން ބަދަލު ނުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީ އަށް ދެއްނެވި ކަމަށް ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ އޭނާގެ ނަމުގައި މާލޭގައި އެއްވެސް ބިމެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުން އޭނާ އަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފައިވާ ކަމަށާއި އަދި އެ ލިޔުން މިހާރު ވެސް އެބަ އޮތް ކަމަށް ލުތުފީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހައުސިން މިނިސްޓްރީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާ ކަމަށާއި އެ ފްލެޓް ލިބިފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ ފަހުން ސަރުކާރުން ދީފައިވާ ފެލެޓާ ބަދަލު ކުރާނެ ކމަށް ލުތުފީ ވިދާޅުވިއެވެ.

މީގެއިތުރުން ލުތުފީ ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކޮންމެހެން ފްލެޓް ބޭނުން ވެގެން ނޫން ކަމަށާއި ހަގީގަތް ހާމަކޮށްދިމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ކޯޓުން މައްސަލަ ނިމޭއިރު ފެލްޓެއް ހޯދުމަށް އެއްވެސް ކަމެއް އުޅުވާލައިގެން ކޮށްފައި ނުވާކަން ހާމަވެގެން ދާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ވެށިފަހިން ފްލެޓް ނުލިބުމުން ލުތުފީ ދައުވާކުރެއްވިއިރު، ރެހެންދި ފްލެޓުން ސަރުކާރަށް ލިބުނު 10 ފްލެޓުގެ ތެރެއިން ފްލެޓެއް ލުތުފީ ވަނީ ލިބިވަޑައިގެންފަ އެވެ. ލުތުފީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ރެހެންދި ފްލެޓް ދީފައިވެ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު