Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހުރީ ޕާޓީ

ގޮނޑި ގެއްލުނުކަމަށް ކަނޑައެޅި ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ޓިކެޓް ކަށަވަރު!

27 ޖެނުއަރީ 2019 | އާދީއްތަ 12:29

ޖެޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް 97 ފަރާތަކުން ކުރިމަތިލި

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 27 ޖެނުއަރީ 2019 | އާދީއްތަ 12:29
ނިމުނު 2018 ވަނަ އަހަރު ބޭއްވި ޖޭޕީގެ ކޮންގްރެސްގެ ތެރެއިން

ނިމުނު 2018 ވަނަ އަހަރު ބޭއްވި ޖޭޕީގެ ކޮންގްރެސްގެ ތެރެއިން

ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރެއިން ޖުމްހުރީ ޕާޓީއަށް ސޮއިކުރެއްވި މެމްބަރުންނަށް ޕާޓީގެ ޓިކެޓް ދިނުމަށް ނިންމާފައިވާކަމަށް އެ ޕާޓީން ބުނެފި އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ސްޕްރީމް ކޯޓުންނާއި، އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރެއިން ޖޭޕީއަށް ނިސްބަތްވާ އަދި އެ ޕާޓީގެ ޓިކެޓްގައި ރައްޔތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ މެނބަރުންނަށް ޕާޓީގެ ޓިކެޓް ދިނުމަށް ނިންމާފައިވާކަމަށެވެ.

Advertisement - newsAdvertisement

ގޮނޑި ގެއްލުނުކަމަށް ސްޕްރީމް ކޯޓުންނާއި އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ޖޭޕީގެ މެމްބަރުންނަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ހަނިމާދޫ ދާއިރާގެ މެންބަރު ހުސެން ޝަހުދީ، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކު، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އެވެ.

އަންނަ އެޕްރީލް މަހުގެ 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓްގައި ވާދަކުރެއްވުމުގެ ޝައުގެވެރިކަން 97 ފަރާތަކުން ފާޅުކޮށްފައިވާކަން ފާހަގަކުރައްވާ އަލީ ސޯލިހު ވިދާޅުވީ މިހާރު އެ ފަރަތްތަކާ އިންޓަވިއުކޮށް އެކަމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

އިދާރީ މަސައްކަތް ނިންމުމަށްފަހު އެކުލަވާލާ ރިޕޯޓް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއަކަށް ހުށައަޅަންޖެހޭ ކަމަށާއި ކޮމެޓީގެ މަޝްވަރާއަށް ފަހު އެޕާޓީގެ ޓިކެޓް ހަވާލުކުރާނެ ކެންޑިޑޭޓުން ކަނޑަ އަޅާނީ ޕްރައިމަރީއަކުންތޯ ނުވަތަ އެނޫން ގޮތަކަށްތޯ ކަނޑައެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ސޯލިހު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގައި އިންތީޚަބުގެ ކަންކަން ވަރަށް ރަނގަޅަށް ކަނަޑައެޅިފައިވާކަމަށާއި ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ޕާޓީގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެ ޕާޓީން ޓިކެޓް ދޭނީ އެ ކޮމެޓީގެ މަޝްވަރާއާ އެކު ޖެނުއަރީ މަހުގެ 25 ގެ ކުރިން އެކަމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން ކަމަށް އެ ޕާޓީން ކުރިން ބުނެފައިވެއެވެ.

ޖޭޕީން މަޖިލީހުގެ ޝައުގުވެރިކަން ހުރި ދާއިރާއަށް ވާދަ ކުރުމަށް އެ ޕާޓީގެ މެމްބަރުންނަށް ހުޅުވާލާފައިވަނީ މަޖިލީހުގެ 86 ގޮނޑިއަށް ވާދަ ކުރުމަށް އެމްޑީޕީގެ މެމްބަރުން އެ ޕާޓީއަށް ފޯމު ހުށަހަޅާފައި ވަނިކޮންނެވެ.

މީގެ އިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް މައުމޫނުގެ ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޓިކެޓްގައި ވާދަކުރުމަށް މިހާތަނަށް 108 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސާ އާމިނަތު ނާދިރާ ވިދާޅުވެފައިވެއެވެ. އޭގެ ތެރެއިން 89 ފަރާތަކާ އިންޓަވިއުކޮށް ނިމިފައިވާ ކަމަށާއި ބާކީ ތިބި ފަރާތްތަކާ ވެސް އިންޓަވިއު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ އެމްއާރުއެމްގެ ޓިކެޓްގައި ވާދަކުރަނީ 3 އަންހެން ކަނބަލުން ކަމަށާއި މިއީ ނިސްބަތުން މަދު އަދަދެއް ކަމަށެވެ.

އެމްއާރުއެމްގެ ޓިކެޓްގައި މަޖިލީހުގެ 17 ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު ލިބިފައިވާއިރު 4 ލީޑަރުންގެ މަޝްވަރައާ އެކު ވާދަކުރާނީ ކޮން ދާއިރާތަކަކަށް ކަން އެނގިގެންދާނެ ކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
13 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

13 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި
11 މާރިޗު 2017

ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ

11 މާރިޗު 2017
ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް