Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

13 މާރިޗު 2017 | ހޯމަ 00:58

ދިދަ ބަދަލު ކުރުމުގެ ވިސްނުމެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 މާރިޗު 2017 | ހޯމަ 00:58
ޖުމްހޫރީ ޕާޓީގެ ހަރަކާތެއްގެ ތެރެއިން: އެޕާޓީގެ ދިދަ ބަދަލު ކުރަން ވަނީ އަންގާފައި

ޖުމްހޫރީ ޕާޓީގެ ހަރަކާތެއްގެ ތެރެއިން: އެޕާޓީގެ ދިދަ ބަދަލު ކުރަން ވަނީ އަންގާފައި

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް އެޕާޓީން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އެޕާޓީގެ ދިދަ މިއަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަދަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގާފައިވާ ކަމަށާއި އެ އެންގުން އެންގީ ގާނޫނީ އެއްވެސް ބާރެއް އޮވެގެން ނޫން ކަމަށެވެ.

ސަމީރު ވިދާޅުވީ އެޕާޓީގެ ދިދަ ބަދަލު ކުރަން އެންގިއިރު މިހާރު ހުންނެވި ރައީސުލް ޖުމްހޫރިއްޔާވެސް އެމަޤާމަށް ހޮވިވަޑައިގެންނެވީ ސަރުކާރު ކޯލިޝަންގެ ތެރެއިން އެދިދަ ބޭނުން ކުރަމުން އައި ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާއެކުގައި ކަމަށާއި އޭގެ ކުރީގެ ހުރިހާ ސަރުކާރު ތަކުންވެސް އެދިދަ ޤަބޫލު ކޮށްފައިވާ ކަމަށެވެ. އަދި އެދިދައަކީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން ޕާޓީ ރަޖިސްޓްރީކުރިއިރު ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ދިދައެއް ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އެދިދަ ބަދަލު ކުރަން އެންގި ސަބަބެއް ހޯދަން އިލެކްޝަންސް ކޮމިޝަނާއެކު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށާއި ނަމަވެސް ދިދަ ބަދލުކުރަން ޖެހޭ ޤާނޫނީ އެއްވެސް ހުއްޖަތެއް ކޮމިޝަނަށް ދެއްކިފައި ނުވާ ކަމަށެވެ.

ސަމީރު ވިދާޅުވީ އެޕާޓީގެ ޤައުމީ ހިންގާ ކޮމެޓީގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެކޮމެޓީގެ މެންބަރުން ޚިޔާލު ދެއްވާފައި ވަނީ ދިދަ ބަދަލު ކުރަން ނުޖެހޭނެ ކަމަށް ކަމަށެވެ. ނަމަވެސް ގޮތެއް ނިންމާނީ އަދިވެސް އިތުރަށް އެކޮމެޓީގެ ބައްދަލުވުން ބޭއްވުމަށް ފަހުކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އެގޮތައް އެންގޭނެ ކަމަށް އެއްވެސް ޤާނޫނަކުން ބާރެއް ނުލިބޭ ކަމަށާއި އެހެންކަމުން އެއެންގުމާ އެއްގޮތައް ޢަމަލު ކުރުމުގެ ވިސްނުމެއް އެޕާޓީގެ ނެތްކަމަށެވެ.

މީގެ އިތުރުން އެދިދައަކީ މީގެ 9 ވަރަކަށް އަހަރު ކުރިން އެޕާޓީގެ ކޮންގރެސްއިން ފާސްކޮށްފައިވާ ދިދައެއް ކަމަށާއި ދެންވެސް އެފަދަ ބަދަލެއް ގެނެޔަސް ގެނެވޭނީ ކޮންގްރެސް ބައްދަލުވުމަކުން އެގޮތައް ނިންމައިގެން ކަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް