Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައުދީ ރަސްގެފާނު ރާއްޖެ ވަޑައ

ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ

11 މާރިޗު 2017 | ހޮނިހިރު 13:40

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 11 މާރިޗު 2017 | ހޮނިހިރު 13:40
ޖުމްހޫރީ މައިދާން ޒީނަތްތެރިކުރަނީ

ޖުމްހޫރީ މައިދާން ޒީނަތްތެރިކުރަނީ

ސައުދީ ރަސްގެފާނު ރާއްޖެވަޑައިގަންނަވާތީވެ ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަން ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފް ގެ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް ޚާއްސަ އިއްޒަތްތެރިއެއް ވަޑައިގަންނަވަތީ ކަމަށެވެ. އަދި ވަޑާއިގަންނަވާ އިއްޒަތްތެރިޔާއަށް ފުރިހަމަ މަރުހަބާއެއް ކިޔުމައްޓަކާ ޖުމްހޫރީ މައިދާން ސަރަހައްދު ޒީނަތްތެރި ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވާ ފަރާތަށް ފުރިހަމަ ރައްކާތެރިކަމާ މެހެމާންދާރީ އަދާކުރުމަށް އެމްއެންޑީއެފް އިން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގައެވެ.

އެހެން ނަމަވެސް މިކަމާ ގުޅޭ އެއްވެސް އިތުރުތަފްސީލެއް އާޒިމް ނުދެއްވައެވެ.

ޖުމްހޫރީ މައިދާން ޒީނަތްތެރިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި ހުރި ރުއްތަކުގެ ފަންތައް އެއްވަރުކޮށް، އެ ސަރަހައްދުގައި ގެ ގަނޑެއް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖެވަޑާއިގަންނަވަނީ ސައުދީ ރަސްގެފާނު ކަމެއް އެމްއެންޑީއެފް އިން ހާމަކޮށްފަ އެއްނުވެ އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާގޮތުގައި މިމަހުގެ 18 ގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ރާއްޖެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ސައުދީ ރަސްގެފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަށް ޖުމްހޫރީ މައިދާން ތައްޔާރު ކުރަމުންދާ އިރު ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއްވެސްވަނީ ރާއްޖެ އައިސްފަ އެވެ.

ރާއްޖެ އައިސްފާވާ މަނަވަރާއެކު ރާއްޖެ ރޯޔަލް ސައުދީ ނޭވަލް ފޯސް(އާރްއެސްއެންއެފް) ގެ 6191 ހެލިކަޕްޓަރެއް ވެސް ވަނީ ގެނެސްފަ އެވެ.

ސައުދީ ރަސްގެފާނު ރާއްޖެވަޑާއިގަންނަވާ އިރު އެ ރަސްގެފާނު ދަނީ އޭޝިޔާގެ ގައުމަތަކަށް ދަތުރުކުރައްވަމުންނެވެ. އެގޮތުން މެލޭޝިއާ އާއި އިންޑޮނޭޝިއާއަށް ވަޑައިގެންފައިވާ އިރު ޖަޕާނަށްވެސް ވަޑާއިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅުގައި އެމަނިކުފާނާ އެކު 1500 އޮފިޝަލުން ބައިވެރިވެ އެވެ.

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނާއިރު ރާއްޖޭގެ ފ. އަތޮޅު ސައުދީއަށް ވިއްކާލުމުގެ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ސައުދީން ފ. އަތޮޅަށް އަންނަ އިންވެސްޓްމެންޓަކީ 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ސައުދީ އެމްބަސީން ވަނީ އެގައުމުގެ ސަރުކާރުން ރާއްޖޭގައި އިންވެސްޓް ކުރަން ނޫޅޭކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
20 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

20 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް