Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ޕާޓީ

ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގަން އެއް މަސް، ނޫން ނަމަ ޒިންމާން ޖެހޭނީ ޕާޓީގެ އިސްވެރިޔާ

25 ޖެނުއަރީ 2019 | ހުކުރު 06:51

އާ ޕާޓީ އުފައްދަން ސޮއި ކުރެވޭނީ އެހެން ޕާޓީއެއްގައި ނެތް މީހަކަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 25 ޖެނުއަރީ 2019 | ހުކުރު 06:51
ޕީޕީއެމްެގެ ޖަލްސާއެއްގައި އެ ޕާޓީގެ ރައީސް ޔާމިން ވާހަކަ ދައްކަވަނީ

ޕީޕީއެމްެގެ ޖަލްސާއެއްގައި އެ ޕާޓީގެ ރައީސް ޔާމިން ވާހަކަ ދައްކަވަނީ

ސިޔާސީ ޕާޓީތަކުގައި މިހާރު އޮތް ދަރަނިތަކަށް ޕާޓީ ފަރާތުން ޝަހްސީ ގޮތުން ޒިންމާވާން ޖެހޭނެ ފަރާތްތައް ކަނޑައަޅައި ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ސިޔާސީ ޕާޓީތަކާ ބެހޭ ގަވައިދުން ލާޒިމްކޮށްފި އެވެ.

ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް އަމަލު ކުރަން ފެށި ސިޔާސީ ޕާޓީތަކުގެ ގަވައިދުގައި ބުނެފައިވަނީ އެ ގަވައިދަށް އަމަލުކުރަން ފަށާއިރު އެ ޕާޓީގެ ދަރަންޏެއްވާނަމަ ދަރަންޏަށް ޝަހްސީ ގޮތުން ޒިންމާވާނެ ފަރާތެއް ކަނޑައަޅައި އެއް މަސް ދުވަސް ތެރޭގައި ނޭނގިއްޖެ ނަމަ އެ ދަރަންޏަކަށް ޒިންމާވާން ޖެހޭނީ އެ ދަރަނި ނެގިއިރު ޕާޓީގެ އެންމެ އިސްވެރިއަކަށް ހުރި ފަރާތުން ކަމަށެވެ. މި ގަވައިދު ހަދާފައި މި ވަނީ ޕީޕީއެމް ބޮޑު ދަރަންޏެއް އޮއްވާ ލީޑަރޝިޕްގ ބޭފުޅުން އެއްކޮން އެހެން ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާއިރު ދަރަންޏަށް ޒިންމާވާނެ ފަރާތަކާމެދު ސުވާލު އުފައްދަމުން ދަނޑިވަޅެއްގައި އެވެ.

Advertisement - newsAdvertisement

ސިޔާސީ ޕާޓީތަކުގެ މި ގަވައިދުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަކުން ފަހުން ފައިސާ ދައްކާ ގޮތަކަށް ހޯދާ ހިދުމަތަކަށް ނުވަތަ މުދަލަކަށް ޝަހްސީ ގޮތުން ޒިންމާވާނެ މީހަކު ކަނޑައަޅައި އެ މުދަލެއް ވިއްކާ ނުވަތަ އެ ހިދުމަތެއް ދޭ ފަރާތަކަށް އަންގަންވާނެ ކަމަށެވެ. އެ މުއާމަލާތެއް ހިނގާތާ ފަސް ދުވަސް ތެރޭގައި، އެ މުއާމަލާތަކަށް ޝަހްސީ ގޮތުން ޒިންމާވާނެ ފަރާތެއް އިލެކްޝަންސް ކޮމިޝަނަށް އަންގަންވެސް މި ގަވައިދުން ލާޒިމްކޮށްފައިވެ އެވެ.

ހަމަ އެހެންމެ ސިޔާސީ ޕާޓީއެއް އުވާލުމުގެ ކުރިން އެ ޕާޓީއެއްގައި ދަރަންޏެއް އޮތް ނަމަ އެ ދަރަނިނެގިއިރު ޕާޓީގެ އެންމެ އިސްކޮން ހުންނެވި ފަރާތަކުން ދަރަންޏަށް ޒިންމާވާން އެންގިދާނެ ކަމަށް ގަވައިދަކުން ވަނީ ކަނޑައަޅާފައި އެވެ.

ޕާޓީއެއް އުވާލުމުން ޕާޓީގެ މުދަލާއި ދަރަންޏާމެދު އަމަލުކުރާނެ ގޮތް ބަޔާންކޮށް އެ ގަވައިދުގައި ބުނެފައިވަނީ ޕާޓީ އުވާލާއިރު އެއްވެސް ފަރާތަކަށް ދައްކަން ޖެހޭ ދަރަންޏެއް އޮވެއްޖެ ނަމަ ޕާޓީގެ އެކަން ނިންމަން ކަނޑައަޅާފައިވާ ޕާޓީގެ ގުނަ ވަނަކަށް ދެ ގޮތަކަށް ނިންމިދާނެ ކަމަށެވެ. އެއް ގޮތަކީ ދަރަންޏަށް ޝަހްސީ ގޮތުން ޒިންމާވާން އެއްބަސްވެފައިވާ ފަރާތުން އެ ފައިސާ ދައްކާ ހަލާސްކުރަން އެންގުމެވެ. އަދި ދެ ވަނަ ގޮތަކީ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގައި އެންމެ އިސްވެރިއަކަށް އެ ދަރަންޏަށް ޝަހްސީ ގޮތުން ޒިންމާވާން އެންގުމެވެ.

މީގެ އިތުރުންވެސް ސިޔާސީ ޕާޓީއެއް އުފައްދަން އަލަށް ހުށައަޅާ 3000 މީހުންގެ ސޮއި ވާންވާނީ އެހެން އެއްވެސް ޕާޓީއެއްގައި ނުހިމެނޭ މީހުންގެ ކަމަށް އެ ގަވައިދުގައިވެ އެވެ. ނަމަވެސް މިހާތަނަށް އަމަލު ކުރަމުން އައިސްފައިވަނީ މީހަކު ހުރި ޕާޓީއަކުން އެހެން ޕާޓީއަކަށް ސޮއި ކޮށްފި ނަމަ ކުރިން ހުރި ޕާޓީން ވަކިވާ ގޮތަށެވެ. އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހުރި މީހަކަށްވެސް އެހެން ޕާޓީއެއް އުފެއްދުމަށް ވެސް ސޮއި ކުރެވިދާނެ އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޕާޓީއަށް މީހުން ވެއްދުމުގައި ބިރު ދައްކައި،އޮޅުވާލައި ނުވަތަ އެހެން ގޮތަކުންވެސް މަޖުބޫރުކޮށްފައިވާ ކަމުގެ ޝަކުވާއެއް ލިބިއްޖެ ނަމަ އެކަން ތަހްގީގުކުރަން ފުލުހުނަށް ހުށައަޅައި، އެ ތަހްގީގު ރިޕޯޓް ލިބެންދެން އެ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް ނުދީ މަޑު ޖައްސާލެވިދާނެ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. އަދި އެހެންމެ ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދިންތާ ހަ މަސް ދުވަސް ތެރޭގައި 3000 މީހުންގެ ފޯމް ހަމަ ކުރެވިފައިނުވާ ނަމަ ނުވަތަ ޕާޓީ އުފެއްދުމަށް ހުށައެޅި ފޯމްތަކުގެ ތެރޭގައި އޮޅުވާލައިގެން ނުވަތަ ނުފޫޒު ފޯރުވައިގެން ނުވަތަ އެހެން މީހަކު އޭނާއަށް ނޭނގި އޭނާގެ ނަމުގައި ސޮއިކޮށްފައިވާ ފޯމް ހިމެނޭ ކަމަށް ފުލުހުން ކުރާ ތަހްގީގަކުން އެނގިގެން އިލެކްޝަނަށް އަންގައިފި ނަމަ އެ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާތިލް ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

ގަވައިދުގައި މި ގޮތަށް ކަނޑައަޅާފައި އޮތުމުން މިހާރު ސިޔާސީ ޕާޓީ އުފެއްދުމަށް ދީފައިވާ ހުއްދައެއް އޮތް ނަމަވެސް އޮޅުވާލައިގެން ބަޔަކު ސިޔާސީ ޕާޓީއަށް ވައްދާފައިވާކަން ތަހްގީގަށް އެނގިއްޖެ ނަމަ އެ ހުއްދައެއް ބާތިލް ކުރެވޭނެ އެވެ. އަދި އެއަށް ފަހު އެ ޕާޓީއެއް އުފައްދަން ހުއްދައަށް އެދުނު މީހަކަށް އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ނުދީ އިލެކްޝަންސް ކޮމިޝަނަށް ހިފެހެއްޓިދާނެ ކަމަށާއި އެހެން ނަމަވެސް އެ މުއްދަތު ތިން އަހަރަށް ވުރެ ދިގު ވެގެން ނުވާނެ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ މައްސޫލިއްޔަތުގެ ތެރޭގައި އެ ޕާޓީން ކުރާ މުހިންމު ކަންކަން ކަމާއި ޕާޓީގެ އަހަރީ ރިޕޯޓާއި އަހަރީ ރިޕޯޓް އާންމުންނަށް ފެންނާނެހެން ޕާޓީގެ ވެބްސައިޓްގައި ޝާއިރު ކުރަން މި ގަވައިދަށް ފަހު ލާޒިމް ކުރެ އެވެ. ޕާޓީން ހިންގާ ހަރަކާތުން ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ ތަފްސީލް އާންމު މެމްބަރަކު އެދިއްޖެ ނަމަވެސް ދޭން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައި އެވެ.

މީގެ އިތުރުން ޕާޓީއަށް އަލަށް ވަންނަ މެމްބަރުންނާއި ޕާޓީން ވަކިވާ މެމްބަރުންގެ ނަންތައް އެނގޭނެހެން ނަމާއި އެޑްރެސް ހިމަނައިގެން ކޮންމެ ހަ މަހަކުން އަޕްޑޭޓް ވެބްސައިޓް މެދުވެރިކޮށް ހާމަކުރަމުން ދާން ޖެހޭނެ ކަމަށް ގަވައިދުގައި ކަނޑައަޅާފައިވެ އެވެ. އަދި ޕާޓީގެ މެމްބަރުންނަށް އަންނަ ބަދަލުތަކުގެ މައުލޫމާތު ކޮންމެ އަހަރަކު ދެ ފަހަރު އިލެކްޝަންސް ކޮމިޝަނާ ހިއްސާ ކުރަން ވެސް ޖެހެ އެވެ.

ސިޔާސީ ޕާޓީގެ މި ގަވައިދަކީ 2013 ވަނަ އަހަރު ފާސްކުރި ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

03 ޖުލައި 2017

ރައީސް ނަޝީދުގެ ހާއްސަ ޝުކުރު ޕާޓީތަކުގެ ލީޑަރުންނާއި ޖާބިރަށް!

03 ޖުލައި 2017
ރައީސް ނަޝީދުގެ ހާއްސަ ޝުކުރު ޕާޓީތަކުގެ ލީޑަރުންނާއި ޖާބިރަށް!
19 ޖޫން 2017

އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު

19 ޖޫން 2017
އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު
03 ޖޫން 2017

އިދިކޮޅު ޕާޓީތަކުގެ ވަފުދުން ޔޫރަޕިއަން ކޮމިޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި

03 ޖޫން 2017
އިދިކޮޅު ޕާޓީތަކުގެ ވަފުދުން ޔޫރަޕިއަން ކޮމިޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި
31 މެއި 2017

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

31 މެއި 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
29 މެއި 2017

ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!

29 މެއި 2017
ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!
12 މެއި 2017

ރައްޔިތުންގެ ވާޖިބް އަދާކޮށްފި، ގުޅިފައިފާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބްކުރާނަން: އަލީ ޒާހިރު

12 މެއި 2017
ރައްޔިތުންގެ ވާޖިބް އަދާކޮށްފި، ގުޅިފައިފާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބްކުރާނަން: އަލީ ޒާހިރު
04 މެއި 2017

ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ

04 މެއި 2017
ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ
25 އެޕްރީލު 2017

ޔާމީންގެ މަރާގުޅިގެން ދެމީހަކު ހޯދަން ފޮޓޯ އާއްމުކޮށް، މައުލޫމާތު އެނގޭ ފަރާތެއްނަމަ ހިއްސާކުރުމަށް އެދިއްޖެ

25 އެޕްރީލު 2017
ޔާމީންގެ މަރާގުޅިގެން ދެމީހަކު ހޯދަން ފޮޓޯ އާއްމުކޮށް، މައުލޫމާތު އެނގޭ ފަރާތެއްނަމަ ހިއްސާކުރުމަށް އެދިއްޖެ
18 އެޕްރީލު 2017

ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

18 އެޕްރީލު 2017
ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
18 އެޕްރީލު 2017

ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭނީ އދ. ގެ ބައިވެރިވުމާއެކު: އިދިކޮޅު ޕާޓީތައް

18 އެޕްރީލު 2017
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭނީ އދ. ގެ ބައިވެރިވުމާއެކު: އިދިކޮޅު ޕާޓީތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް