Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީއައިއޭ ރިޕޯޓް

ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

މިއީ ސަރުކާރާއި އޮޕިޑްގެ ލޯނުގެ ދަށުން ހިންގާ މަޝްރޫއުތަކެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 އެޕްރީލު 2017 | އަންގާރަ 20:04
އެންވަޔަރަމަންޓް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރައްވަނީ

އެންވަޔަރަމަންޓް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރައްވަނީ

ބާރަ ރަށެއްގެ އެންވަޔަރަމަންޓަލް އިމްޕެކްޓ އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެންވަޔަރަމަންޓް އެންޑް އެނަރޖީ މިނިސްޓްރީން ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އީއައިއޭ ރިޕޯޓް ހެދުމަށް ބޭނުންވަނީ ހދ އަތޮޅުގެ ފަސް ރަށެއްގެއެވެ. އެއީ ނެއްލައިދޫ އާއި ކުމުންދޫ އާއި މަކުނުދޫ އާއި ވައިކަރަދޫ އަދި ނޮޅިވަރަމް އެވެ.

އެމިނިސްޓްރީން އަންގާރަ ދުވަހު ކޮށްފައިވާ ދެ އިއުލާނެއްގައި އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާއިރު، އެ ޕްރޮޖެކްޓްތައް ހިންގާ ރަށްތަކަކީ ނ. ހޮޅުދޫ އާއި ނ. މާފަރު އާއި ރ. މާކުރަތު އަދި ރ. އިނގުރައިދޫ އެވެ. މީގެ އިތުރުން ބ. ކެންދޫ އާއި ކ. ގާފަރު އަދި ލ. ގަން ވެސް ހިމެނެއެވެ.

މިއީ ސަރުކާރާއި އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ "ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލޮނުފެން މީރުފެން އުފައްދާ އާރްއޯ ޕްލާންޓާއި ފެން ޓޭންކް ބަހައްޓައި އިޖްތިމާއީ އިސްކުރުބަރީގެ އެހީގައި ފެން ފޯރުކޮށްދޭ ނިޒާމެއް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ފުރަތަމަ މަރުހަލާއެވެ.

އެ އިއުލާންތަކުގައިވާގޮތުން ހދ އަތޮޅުގެ ފަސް ރަށުގެ އީއައިއޭ ރިޕޯޓް ހަދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެންވަޔަރަމަންޓް އެންޑް އެނަރޖީ މިނިސްޓްރީއަށް ހުށަހެޅުން އެދޭ ކަމަށެވެ. އަދި ބީލަށް ހުޅުވުން އޮންނާނީ ޝައުގުވެރިވާ ފަރާތްތަކުގެ ހާޒިރުގައި މެއި މަހުގެ 11 ވަނަ ދުވަހު 13:00ގައި އެންވަޔަރަމަންޓް އެންޑް އެނަރޖީ މިނިސްޓްރީގައި ކަމަށް ވެސް އެއިއުލާންގައި ވެއެވެ.

އަންގާރަ ދުވަހު ކޮށްފައިވާ ދެ އިއުލާނުގެ ތެރެއިން ކެންދޫއާއި ގާފަރު އަދި ގަން ގެ އީއައިއޭ ރިޕޯޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަށް ހުޅުވުން އޮންނާނީ މެއި މަހުގެ 14 ވަނަ ދުވަހުގެ 11:00ގައި ކަމަށް ވެސް އެންވަޔަރަމަންޓް އެންޑް އެނަރޖީ މިނިސްޓްރީ ބުނެއެވެ. އަދި ހޮޅުދޫ އާއި މާފަރު އާއި މާކުރަތު އަދި އިނގުރައިދޫގެ އީއައިއޭ ރިޕޯޓް ހެދުމަށް ޝައުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަށް ހުޅުވުން އޮންނާނީ ވެސް ހަމަ އެދުވަހުގެ 13:00ގައި ކަމަށް އެމިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު