Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބުގެ ނަތީޖާ

ރައްޔިތުންގެ ވާޖިބް އަދާކޮށްފި، ގުޅިފައިފާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބްކުރާނަން: އަލީ ޒާހިރު

ދިވެހި ރައްޔިތުން ތިބީ އިދިކޮޅު ހަތަރު ލީޑަރުންގެ ފަހަތުގައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 12 މެއި 2017 | ހުކުރު 03:09
އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު

އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހި ރައްޔިތުން ރައީސް އަބްދުﷲ ޔާމިންނަން ނޫނަކޭ ބުނުމުން ރައްޔިތުންގެ އުންމީދުތަށް ހާސިލްކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބް ކުރާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ނަތީޖާއިން ދިވެހި ރައްޔިތުން ތިބީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތަށް ތާއިދުކޮށް އިދިކޮޅު ހަތަރު ލީޑަރުންގެ ފަހަތުގައިކަން ހާމަކޮށްދީފި ކަމަށެވެ. ރައްޔިތުންގެ ބަސް ކައުންސިލްގެ އިންތިހާބްގެ ވޯޓުން ދައްކާލުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބްކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުން އަރުވާ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ

Advertisement - newsAdvertisement

.

"ތި ބޭފުޅުން އަޅުގަނޑުމެންނަން ތި ދެއްވި ތާއިދަށް، އަޅުގަނޑުމެންގެ ފަރާތުން މި ދަންނަވަނީ، އަޅުގަނޑުމެން ދެމުން އައި ޔާގީންކަން ހަމަ އެގޮތުގައި އިތުރަށް އެއަށްވުރެ ހަރުދަނާ ކަމާއި އެކު އަޅުގަނޑުމެން ކުރިއަށް ގެންދާނަމޭ، ތިބޭފުޅުންގެ ވާޖިބް ތިބޭފުޅުންގެ ޒިންމާ ތިބޭފުޅުން އަދާކުރައްވާއިފި، މިހާރު ބޯޅަ ވަނީ އަޅުގަނޑުމެންނާ ހަމައަށް ފޮނުވާލާފަ" އަލީ ޒާހިރު ވިދާޅުވިއެވެ.

ޕީޕީއެމް ތަމްސީލްކުރާ މަޖިލީސް މެމްބަރުން ކައުންސިލް އިންތިހާބްގެ ވޯޓްގެ ނަތީޖާއާއި މެދު ފުންކޮށް ވިސްނަވަންޖެހޭނެކަން ފާހަގަކޮށް ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ މަޖިލީސް މެމްބަރުން ކަންކުރައްވާ ގޮތް ރައްޔިތުން ދަނީ ވަރަށް ކާއިރިން ބަލަމުން ކަމަށެވެ. ރައްޔިތުންގެ ބާރުވެރިކަން ދައްކާލަން ލިބޭ ދުވަހަކީ ވޯޓް ކަރުދާސް އަތަށް އަރާ ދުވަސް ކަމަށާއި ކުރިއަށް އޮތް އިންތިހާބުތަށް އިންސާފްވެރިކަމާއި އެކު ބާއްވާފި ނަމަ ރައްޔިތުން ވޯޓް ދެނީ ވެސް މަޖިލީހުގެ މެމްބަރުން ކަންކުރާ ގޮތް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

"ކައުންސިލް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން މި ދެއްވީ މެސެޖެއް އިނގޭތޯ، މި މެސަޖަކީ ތިޔަ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ރައްޔިތުންގެ ވިންދާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ މެމްބަރުން ވިސްނާ ވަޑައިގަންނަވާށޭ، ތިމެންނާމެން މިތިބީ ވަރަށް ކާއިރިން ބަލާންށޭ، ތިޔަ ކަންކުރައްވާ ގޮތެއް ތިމަންނާމެނަންކަށް ކަމަކު ނުދެއޭ، އެ މެސެޖް އެދެއްވީ" އަލީ ޒާހިރު ވިދާޅުވިއެވެ.

ސަރުކާރުންގެ ފިންތުންތަށް ރައްޔިތުންނަން ކުރިމަތި ކުރުވިކަމުގައި ވިއަސް ރައްޔިތުން ކައުންސިލް އިންތިހާބުގައި ވޯޓް ދެއްވީ ހަމަހަމަ ކަމާއި އިންސާފްވެރިކަމާއި ގާއިމްކުރުމަށާއި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ކަމަށް އަލީ ޒާހިރު ފާހަގަކުރިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ފުލުހުންގެ ބަންދުން ދޫކޮށްލުމުގެ ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބާއްވަމުންދިޔަ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ މިހާރު ބާއްވަމުން އަންނަނީ އެމްޑީޕީ ހަރުގޭގައިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒް ފުރަތަމަ ފަހަރަށް އެމްޑީޕީގެ ހަރުގޭގައި ބޭއްވި މިފަދަ ޖަލްސާއެއްގައި ބައިވެރިކަން ފާހަގަކޮށްލެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު