Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސީހުގެ އިތުބާރުގެ މައްސަލަ

ރައީސް ނަޝީދުގެ ހާއްސަ ޝުކުރު ޕާޓީތަކުގެ ލީޑަރުންނާއި ޖާބިރަށް!

3 ޖުލައި 2017 | ހޯމަ 08:37

ރައީސް ނަޝީދު ވަނީ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ޝުކުރު ދަންނަވާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ޖުލައި 2017 | ހޯމަ 08:37
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅުއްވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅުއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމާއެކު ހުރިހާ މެމްބަރުންނަށާއި ހާއްސަކޮށް ޕާޓީތަކުގެ ލީޑަރުންގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ޝުކުރު އަދާކުރައްވައިފި އެވެ.

ހޯމަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހުރިހާ މަޖިލިސް މެމްބަރުންނާއި ހާއްސަކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް އަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އަބްދުﷲ ޖާބިރަށް ވަރަށް ބޮޑަށް ޝުކުރު ދައްނަވާ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް މެމްބަރުން ހޯއްދެވުމުގައި ޖާބިރުގެ ދައުރު ވަރަށް ބޮޑު ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި އެވެ.

ދާދި ފަހުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ އެޑްވައިޒަރުގެ މަގާމަށް ޖާބިރު ހަމަޖައްސަވާފަ އެވެ. އަދި ނިމިދޔަ ރޯދަ މަހުގެ ފަހުކޮޅު ޖާބިރު އިޓަލީން އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނިކޮށް، ދިވެހި ސަރުކާރުން ވަނީ ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރައްވާފަ އެވެ. ދަތުރުމަތީގައި އުޅުއްވަނިކޮށް ޕާސްޕޯޓް ކެންސަލް ކުރުމާ ގުޅިގެން ލަންޑަންގެ ގެޓްވިކް އެއާޕޯޓްގައި ބަންދުކުރި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޖާބިރު، މިނިވަންވެގެން ލަންޑަނަށް އެތެރެވެވަޑައިގެންފައިވަނީ 15 ގަޑިއިރު ފަހުންނެވެ.

ރައީސް ނަޝީދު އެގޮތަށް ޓްވީޓް ކުރެއްވިއިރު، ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށްފަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މަސީހު މަޖިލީހުގެ ގަވާއިދާ ހިފާލަށް މަޖިލިސް ކުރިއަށް ގެންދަވާ ކަމަށާއި އަދި ގައުމުގެ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދާއިރު އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓަވާ، ސަރުކާރު ބޭނުންވާހާގޮތަށް މަޖިލީހުން ކަންކަން ކުރަމުންދާތީ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

މަސީހުގެ އިތުބާރު ނެތްކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހެޅި 45 މެމްބަރުންގެ ސޮޔާއެކުގަ އެވެ. އެ ލިސްޓަގައި ޕީޕީއެމަށް ނިސްބަތް 11 މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް