Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިހާބު

ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ

މި ސަރުކާރުން އަންނަނީ ކޮރަޕްޝަނުގެ އަމަލުތައް ހިންގަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 4 މެއި 2017 | ބުރާސްފަތި 00:05
ރައީސް މއުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި، ދަރިކަލުން ފާރިސް މައުމޫނު، މުޒާހަރާއެއްގައި

ރައީސް މއުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި، ދަރިކަލުން ފާރިސް މައުމޫނު، މުޒާހަރާއެއްގައި

ގައުމު އިސްލާހު ކުރުމަށް މިއަދު ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރުމަށް ލޯކަލް ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާފައިވާ ކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ

ގއ. ވިލިނގިލީގައި ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ޔުމްނާ މައުމޫން ވިދާޅުވީ، މިއަދު ގައުމުގެ ހާލަތަށް ބަލާ އިރު މިހާރު ފަށާފައިވާ ސިޔާސީ މަސައްކަތްތައް ކާމިޔާބުވެއްޖެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ގައުމަށް ހަމަޖެހުން ލިބޭނީ، ސިޔާސީ ފިކުރު އެއްފަރާއިކޮށް ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށާއި ސިޔާސީ ހަތަރު ލީޑަރުން އެކުވެ މަސައްކަތް ފެށީ ގައުމަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމުގައި މިއަދު ފެނިގެންދަނީ ގާނޫނު އަސާސީ އާއި ހިލާފަށް ގާނޫނުތަކަށް ބަދަލު ގެންނަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި އަމަލުތައް ހިންގަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންމެ ފުރަތަމަ މަސައްކަތް ކުރީ، އެމަނިކުފާނު ނިސްބަތްވާ، ޕީޕީއެމްގެ ތެރެއިން ސަރުކާރުން ހިންގާ ކަންކަން އިސްލާހު ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް، އެމަސައްކަތް ކުރަން ފެށުމުން ރައީސް މައުމޫނަށް ކުރިމަތިވި ދަތިތައް ގައުމުގެ ހުރިހާ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ޔުމްނާ ވިދާޅުވި އެވެ. އެގޮތުން ރައީސް މައުމޫން ޕާޓީގެ ތެރެއިން އިސްލާހީ މަސައްކަތް ފެށުމުން އަމިއްލަ ޕާޓީ އެމަނިކުފާނު އަތުން އަތުލެއްވި ކަމަށް ޔުމްނާ ވިދާޅުވި އެވެ.

"ރައީސް މައުމޫން 30 އަހަރު ބިނާކުރެއްވި ގައުމު ފަހަތަށް ދާތަން ބަލަން ހުންނާކަށް އެމަނިކުފާނަށް ކުޅަދާނައެއް ނޫން. އެމަކިނުފާނުގެ އިސްނެންގެވުމާއި، ރައީސް ނަޝީދު އަދި ގާސިމް އިބްރާހިމްގެ މިންނެތް މަސައްކަތުން ގެންނަ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިން މިނިވަންކަމާއި ހޯދައިދޭ ހައްގުތައް ނިގުޅާއި ގަނެވޭ ތަން ބައްލަވަން ހުންނަވާކަން ފަސޭހަފުޅެއް ނުވާނެ." ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވަނީ އިސްލާމީ މަސައްކަތް ގުޅިފައިވާ ޕާޓީގެ ތެރެއިން ފަށަން ޖެހުނީ، ޕީޕީއެމްގެ އެތެރެއިން ކަންކަން އިސްލާހު ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ކަން ފާހަގަކުރައްވާފަ އެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު