Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބުގެ ސިއްހީ ހާލަތު

ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!

ފުލުހުން ބުނަނީ އަދީބާ މެދު ގޮތް ނިންމާނީ ކަރެކްޝަނުން ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 29 މެއި 2017 | ހޯމަ 15:01
އަދީބު ދޫނިދޫއިން މާލެ ގެންނަނީ، އާއިލާއާއި ވަކީލުން ބުނާ ގޮތުގައި ސިއްޚީ ހާލަތު ވަރަށް ގޯސް

އަދީބު ދޫނިދޫއިން މާލެ ގެންނަނީ، އާއިލާއާއި ވަކީލުން ބުނާ ގޮތުގައި ސިއްޚީ ހާލަތު ވަރަށް ގޯސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސީރިއަސް ސިއްޚީ މައްސަލަތަކެއް ކުރިމަތިވެ ބޭސްފަރުވާއަށް ފޮނުވައިދިނުމަށް އާއިލާއިން އެދިފައިވާއިރު، އެކަމަށް ހުއްދަ ދޭނީ ކޮން ފަރާތަކުން ކަމާމެދު ސުވާލު އުފެއްދިއްޖެ އެވެ.

އަދީބުގެ ޢާއިލާއިން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެމަނިކުފާނު ޖަލުގައި ހައްޔަރު ކުރެވުނު ފަހުން ވޭތުވެދިޔަ މުއްދަތުގައި ބޮޑެތި ސިއްޙީ މައްސަލަތަކަކާ ކުރިމަތިލައްވަން އަދީބަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އާއިލާއިން ބުނެފައިވާ ގޮތުގައި އަދީބަށް ދިމާވެފައިވާ ސިއްޙީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާކަމަށް މާލެއިން ހެދި ޓެސްޓް ތަކުން ކަށަވަރުވެފައިވާ ކަމަށެވެ.

ބޭސްފަރުވާ ކުރުމަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް އެދި އާއިލާއިން ވަނީ ފުލުހުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ސިޓީ ފޮނުވާފަ އެވެ. އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، އެ ހުކުމްތައް ތަންފީޒް ކުރައްވަމުން ގެންދެވީ މާފުށީ ޖަލުގަ އެވެ. ނަމަވެސް، މިއަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު ފުލުހުން ބެލުމުގެ ދަށަށް އަދީބު ބަދަލުކޮށް، ދޫނިދޫގައި ވަނީ ބަންދުކޮށްފަ އެވެ.

އަދީބުގެ އާއިލާއިން ފުލުހުންނަށް ފޮނުވި ސިޓީގެ ޖަވާބުގައި ފުލުހުން ބުނެފައިވަނީ "އަހުމަދު އަދީބު އަބްދުލްޣަފޫރަކީ ޖިނާއީ ކުށުގެ މައްސަލައެއްގައި ޝަރުއީ ކޯޓަކުން ކުރައްވާފައިވާ ހުކުމަކާއި ގުޅިގެން ބަންދުކުރައްވާފައި ހުންނަ ބޭފުޅަކަށްވާތީ، އެބޭފުޅާއަށް ބޭސްފަރުވާ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދެއްވުމަށް އެދި ދަންނަވަންޖެހޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ކަމަށް ފެންނަ ވާހަކަ ދަންނަވަން" ކަމަށެވެ.

މިމަހުގެ 18 ވަނަ ދުވަހު އަދީބުގެ އަނބިކަނބަލުންނަށް ފުލުހުން ފޮނުވި ޖަވާބުގައި އެފަދައިން ބުނެފައިވީ ނަމަވެސް، ފުލުހުންގެ ވާހަކަތަކާއި ކަރެކްޝަނުގެ ވާހަކަތައް ދިމައެއް ނުވެ އެވެ. ރާއްޖެއެމްވީ އިން ކަރެކްޝަނުގެ މީޑިއާ އޮފިޝަލްއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އަދީބު މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެހެންކަމުން އަދީބާ ގުޅޭ ކަންކަން ނިންމުމުގެ އިހުތިސާސް އެ ސާވިސް އަށް ލިބިގެން ނުވާ ކަމަށެވެ. އަދި ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމާ މެދު މި ހާލަތުގައި ގޮތް ކަނޑައަޅާނީ ފުލުހުން ކަމަށް ކަރެކްޝަނުގެ މީޑިއާ އޮފިޝަލްވިދާޅުވި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ފުރަތަމަ ކަމަކަށް އަދީބު ބަންދުކޮށްފައި ބަހައްޓަންޖެހޭނީ ހުކުމް ތަންފީޒް ކުރާ ޖަލެއްގައި ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް ދޫނިދޫގައި އަދީބު ބަންދުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

ސިރާޖު ވިދާޅުވީ އަދީބުގެ ސިއްޚީ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި ކަރެކްޝަނުން ޒިންމާ ނަގަން ބޭނުން ނުވިޔަސް މިއީ ވަރަށް ސީރިއަސް ކަމެއް ކަން ދަންނަން ޖެހޭ ކަމަށެވެ. އެގޮތުން ގްލޮކޮމާ ޖެހި އަދީބުގެ ލޮލުގެ ފެނުމަށް މިހާރު އަސަރު ކުރަމުންދާ ކަމަށެވެ. އަދި އަދީބުގެ ހަށިގަނޑުގައި ތިން ސިސްޓެއް ނަގާފައިވާކަން މެޑިކަލް ރިޕޯޓްތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ އެހެން ގައިދީންނަށް ވެސް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދޭ ފަދައިން އަދީބުގެ ހާލަތާ މެދު ސީރިއަސްވެ އަދީބަށް ވެސް އެ ފުރުސަތު ދިނުމަށް އެެދިވަޑައިގަންނަވާ ކަމަށެވެ.

ރަމަޟާން މަހާ ދިމާކޮށް ބައެއް ގައިދީންނަށް ލުއިދޭ އުސޫލުގެ ދަށުން އަދީބަށް ވެސް ލުއި ދެއްވުމަށް އެދި ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަރީފަށާއި ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު ޝިހާންއަށް ސިރާޖު ވަނީ ސިޓީއެއް ވެސް ފޮނުއްވާފަ އެވެ. އެ ސިޓީގައި ވެސް އެދިވަޑައިގެންފައިވަނީ އަދީބުގެ ސިއްޚީ ހާލަތު ހުރި ގޮތުން ލުޔެއް ދެއްވުމަށެވެ.

ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އަދީބު ހައްޔަރުކުރިއިރު، ތަހުގީގު ހިންގި މަރުހަލާގައިވެސް ސިއްޚީ މައްސަލަތަކެއް ކުރިމަތިވި އެވެ. އެހެންނަމަވެސް، ވަރަށް ގިނަ ދުވަސް ވަންދެން މާލެ ނުގެނެސް ދޫނިދޫއަށް ޑޮކްޓަރުންނާއި މެޝިނަރީޒް ގެންގޮސްގެން ފަރުވާ ދީފައިވެ އެވެ. ނަމަވެސް، މިފަހުން އަދީބު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންނަމުންދެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު