Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ޕާޓީތައް

ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭނީ އދ. ގެ ބައިވެރިވުމާއެކު: އިދިކޮޅު ޕާޓީތައް

18 އެޕްރީލު 2017 | އަންގާރަ 13:31

ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫން، އެހެންކަމުން ޕީޕީއެމުން މަންދޫބު ކަނޑައަޅާނީ ރައީސް މައުމޫން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 އެޕްރީލު 2017 | އަންގާރަ 13:31
އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރާއެކު އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައްދަލު ކުރައްވަނީ

އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރާއެކު އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައްދަލު ކުރައްވަނީ

ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރެވޭނީ އދ. ގެ ބައިވެރިވުމެއް އޮވެގެންކަމަށާއި އަދި އެ މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން މަންދޫބުން ކަނޑައަންޖެހޭނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދލްގައްޔޫމް ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން, ރާއްޖޭގައި ހުންނަވާ އދ. ރެސިޑެންޓް ކޯޑިނޭޓަރ ޝޮކޮ ނޮޑާ އާ އަންގާރަ ދުވަހު ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވީ ކުޅިވަރަކަށް ނުވަތަ މަޖަލަކަށް ހަދައިގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައ ބައިވެރިވުމަށް ޖުމްހޫރީ ޕާޓީން ބޭނުންނުވާ ކަމަށެވެ.

Advertisement - newsAdvertisement

ގާސިމް ވިދާޅުވީ އދ. ރެސިޑެންޓް ކޯޑިނޭޓަރާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ، އިގްތިޞާދީ އަދި އިޖުތިމާއީ ހާލަތާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ރާއްޖޭގެ ހަމަޖެހުމަށާއި އަމަންއަމާންކަން ގާއިމުކުރުމަށް ސިޔާސީ ޕާޓީތައް ވާހަކަ ދައްކައިގެން ހައްލު ކުރެވެން އޮތް ނަމަ އެކަން ކުރަން ތައްޔާރަށް ތިއްބެވި ކަމަށެވެ.

ނަމަވެސް ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ދާނީ ސަރުކާރުން ވެސް މިއީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކި، އދ. ގެ ބައިވެރިވުން އޮވެގެން ބާއްވާ މަޝްވަރާތަކެއް ކަމުގައި ވާނަމަ ކަމަށެވެ. މީގެ އިތުރުން ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫން ކަމަށާޢި ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ޕީޕީއެމުން މަންދޫބުން ކަނޑައަޅަންޖެހޭނީ ރައީސް މައުމޫން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އެނޫން ގޮތަކަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރާއެކު ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ގާސިމްގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒު އެވެ.

އެމްޑީޕީއަކީ އަބަދުވެސް މަޝްވަރާއަށް މަރުހަބާ ކިޔާ ޕާޓީއެއް ކަމަށާއި އަދި މަޝްވަރާތައް ސީރިއަސް އަދި ނަތީޖާ ނެރެވޭނެ ފަދަ މަޝްވަރާތަކަކަށް ވާންޖެހޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ. ނަމަވެސް އިބޫ ވިދާޅުވީ ކަންތައްތައް ކުރިއަށް ގޮސްފައިވާގޮތާއި އަދި މިހާރު ވެސް ކުރިއަށްދާ ގޮތުން، ގުޅިފައިވާ އިދިކޮޅު ސިޔާސީ ލީޑަރުންގެ އިތުރުން ދިވެހި ރައްޔިތުންގެ މެދުގައި ވެސް ސުވާލު ސަރުކާރުގެ އިހުލާސްތެރިކަމާ މެދު އުފެދޭ ކަމަށެވެ.

ފާރިސް ވިދާޅުވީ ކަންކަން އިސްލާހުކޮށް ރަނގަޅު ކުރުމަށް މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް ފާރިސް ވެސް ވިދާޅުވީ ސަރުކާރުން ސިޔާސީ ޕާޓީތަކަށް ޝަރުތަތަކެއް ކަނޑައަޅައި، މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކުން ބައިވެރިވާނެ މަންދުބޫން ކަނޑައަޅާނެ ގޮތާއި މަންދޫބުން ކަނޑައެޅުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ނޫންކަމަށާއި އެއީ ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ އދ. ރެސިޑެންޓް ކޯޑިނޭޓަރާއެކު ބޭއްވި ބައްދަލުވުމުގައި ހަމައެކަނި ދެކެވުނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމުގެ ވާހަކަތައް އެކަނި ނޫން ކަމަށާއި ރާއްޖޭގެ ސިޔާސީ ހަލަތާއި ސިޔާސީ ލީޑަރުންނަށް ސަރުކާރުން ކުރިމަތި ކުރުވާ ގޮންޖެހުންތަކުގެ މައުމޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ހުރި ބޭރުގެ ހައިކޮމިޝަންތަކާއި އެމްބަސީތަކުގެ އިތުރުން ރާއްޖޭން ބޭރުގައި ހުރި އެމްބަސީތަކަށް ޒިޔާރަތްކޮށް ރާއްޖޭގެ ސިޔާސީ ހާލަތު ހިއްސާކުރަމުންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް