Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު

އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު

ރައީސް ނަޝީދު މިހެން ވިދާޅުވީ ގްލޯބަލް ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓުގައި

| 19 ޖޫން 2017 | ހޯމަ 17:57
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު

އިއާދަކުރަނިވި ހަކަތައާއި އަލަށް ތަޢާރަފްވަމުން އަންނަ ޓެކްނޮލޮޖީގެ ސިޔާސަތުތައް ސިޔާސީ ޕާޓީޓަކުގެ މެނިފެސްޓޯގައި ހިމަނައި އެމަގަށް ސިޔާސީ ލީޑަރުންނާއި ޕާޓީޓަކާއި އިޤްތިޞާދު ބައްޓަން ކުރުމުން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ލިބިދެވޭނެ ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ ގްލޯބަލް ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓުގައި ހޯމަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށާއި އިޤްތިޞާދީ ޙަރަކާތްތަކަށް ބޮޑެތި ބަދަލު ގެންނަން ޖެހިފައިވާ ކަމަށާއި އާ ޓެކެނޮލޮޖީ ބަލައިގަނެ އެފަދަ ވަޞީލަތްތަކުގެ މައްޗަށް އިޤްތިޞާދު ބިނާކުރަން ޖެހިފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިއާދަކުރަނިވި ހަކަތައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ޤައުމުތަކުގެ ވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއެކު މުސްތަޤްބަލް ބިނާ ކުރެވޭނެ ގޮތްތަށް ހޯދުން ކަމުގައެވެ. އަދި މޫސުމަށް އަންނަ ބަދަލުތައް ޙައްލުކުރުމަށް އެދޭ ހިނދު، 'އެކްސްޓްރީމިސްޓް' ސިޔާސީ އަދި އިޤްތިޞާދީ ވިސްނުމުގެ ތެރެއިން އެކަން ނުވާނެ ކަމަށާއި، ސިޔާސީ ވިސްނުމާއި، އިޤްތިޞާދީ އަދި ތިމާވެށީގެ ސިޔާސަތުތައް އިސްލާޙް ކުރަން ޖެހިފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިޤްތިޞާދީ ދުވެލި އިތުރުކުރުމަށް "ލޯ ކާބަން" ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމުގައެވެ. ލޯ ކާބަން ސިޔާސަތުތަކުގެ ސަބަބުން ވަޒީފާގެ ފުރުޞަތު އިތުރުވާނެ ކަމަށާއި މިއީ ސިޔާސީ ގޮތުން ބަލާއިރުވެސް ފައިދާވާނެ ވިސްނުމެއް ކަމުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ޤާއުމަކަށް ހެދުމަށް އެމްޑީޕީ ސަރުކާރުގައި ނިންމެވުމުން އެއީ ނުވާނެ ކަމެއް ކަމުގައި އެތައް ބަޔަކު ދެކުނު ކަމަށާއި 8 އަހަރު ފަހުން މިއަދު މި ހާމަވަނީ އިއާދަކުރަނިވި ހަކަތައިން އަގު ހެޔޮކޮށް ކަރަންޓު ފޯރުކޮށްދެވޭނެކަން ކަމަށެވެ. ސޯލާ، ބެޓަރީ، ހައިބްރިޑް ސިސްޓަމްތަކުން މިއަދު ހެޔޮ އަގުގައި ދިވެހިރާއްޖެއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އިއާދަ ކުރަނިވި ހަކަތައިގެ ސަބަބުން ހެޔޮއަގުގައި ކަރަންޓު ފޯރުކޮށްދެވުމާއި ވަޒީފާގެ ފުރުޞަތު އިތުރުވުމަކީ ސިޔާސީ ލީޑަރުންގެ މަޤްބޫލުކަން އިތުރުވެގެންދާނެކަމެއް ކަމެކެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމުގައި އިޤްތިޞާދުގެ ވާހަކަ ހިމެނެންޖެހޭނެ ކަމަށާއި، މިއީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި މިމައްސަލަ ހައްލުކުރުމަށް އެދެންވީ ހަމައެކަނި ސިޔާސީ ލީޑަރުން ގާތުގައި ނޫންކަމަށާއި، އާންމު ރައްޔިތުން މި ވާހަކަތަކުގައި ޝާމިލްވެ، ސިޔާސީ ޕާޓީތައް ވެރިކަމަށް އިންތިޚާބުވުމުގެ ކުރިން އެ ޕާޓީތަކުގެ މެނިފެސްޓޯގައި އިއާދަކުރަނިވި ހަކަތައާއި، އާ ޓެކްނޮލޮޖީގެ ސިޔާސަތުތައް ހިމެނެން ޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ގްލޯބަލް ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން އާ ޓެކްނޮލޮޖީއާއި، ކަރަންޓު ކާރުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ވިސްނުން ސިޔާސީ ފަރާތްތަކުން ބަލައިގަތުމަށާއި ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ހިމެނުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. އަދި ސިޔާސަތުތައް ބައްޓަން ކުރުމުގައި ވަޒީފާގެ ފުރުޞަތު އިތުރުވެ، އާންމު ޙާލަތު ތަނަވަސްވެ، މޫސުމީ ބަދަލުތައް ޙައްލުކުރުމަށް އިސްކަންދިނުމުން ފާގަތިކަން ލިބޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު