Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

އީސީގެ މެމްބަރު ހަބީބު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަނީ!

23 ޖެނުއަރީ 2019 | ބުދަ 12:46

އީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަނީ ކޮންގްރެސް ޕާޓީ އީސީގެ ދަފްތަރުގައި ރެޖިސްޓްރީކޮށް ދިނުމުގައި ތަފާތުތަކެއް ގެންގުޅޭ ކަމަށް ބުނެ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 23 ޖެނުއަރީ 2019 | ބުދަ 12:46
ކޮންގްރެސް ޕާޓީން ރެޖިސްޓްރީ ކުރުމުގައި އީސީން ތަފާތު ތަކެއް ގެންގުޅޭ ކަމަށް އެ ޕާޓީން ވަނީ ބުނެފައި

ކޮންގްރެސް ޕާޓީން ރެޖިސްޓްރީ ކުރުމުގައި އީސީން ތަފާތު ތަކެއް ގެންގުޅޭ ކަމަށް އެ ޕާޓީން ވަނީ ބުނެފައި

އިލެކްޝަންސް ކޮމިޝަން(އީސީ) ގެ މެމްބަރު އިސްމާއިލް ހަބީބް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިކުރާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އުފެއްދެވުމުގައި އިސްކޮށް ހުންނަވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ވިދާޅުވީ ހަބީބު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައި ވަނީ، ކޮންގްރެސް ޕާޓީ އީސީގެ ދަފްތަރުގައި ރެޖިސްޓްރީނުކޮށް ލަސްކުރަމުންދަނީ އެ ޕާޓީއާ ދޭތެރޭ "ޒާތީ" ވެގެން ކަމަށް ވިދާޅުވެފައިވާތީ ކަމަށެވެ.

Advertisement - newsAdvertisement

އަބްދުއްރަހީމް ވިދާޅުވީ ހަބީބްގެ އިތުރުން އީސީގެ އަނެއް ހަތަރު މެމްބަރުން ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރާނެ ކަމަށެވެ. ހަބީބް ފިޔަވައި އީސީގައި ހިމެނިވަޑައިގަންނަވާ އަނެއް ހަތަރު މެމްބަރުންނަކީ އަހުމަދު އަކްރަމާއި، އަލީ ނަޝާތު، އަމްޖަދު މުސްތަފާ އަދި ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފްއެވެ.

އަބްދުއްރަހީމްގެ މި ތުހުމަތު ހަބީބު ވަނީ ދޮގުކުރައްވާފައެވެ.

އަބްދުއްރަހީމްގެ ތުހުމަތު ހަބީބް ދޮގުކުރެއްވުމާ ގުޅިގެން އޭނާ އަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ހަބީބް އަށް އެ ވާހަކަތަށް ދޮގު ނުކުރެއްވޭނެ ކަމަށާއި، ހަބީބް އެހެން ވިދާޅުވި ކަމުގެ ހެކި އޭނާ އަތުގައި އެބަހުރި ކަމަށެވެ.

"ހަބީބް މާދަމާ ނޫން އަނެއް ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމުން އެހެން ނުދެންނެވޭނެ. ހަބީބް މިވެނި މީހަކާއި، މިވެނި ގަނޑިއެއްގައި ވާހަކަދެއްކީ، އެ ފެންވަރަށް ހެކި ހުރެގެން މިހެން މި ދަންނަވަނީ،" އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ކޮންގްރެސް ޕާޓީ އެ ކޮމިޝަނުގެ ދަފްތަރުގައި ރެޖިސްޓްރީ ނުކޮށް އީސީން ލަސްކުރަމުންދަނީ ރައީސް ޔާމީންގެ ފަރާތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވާދަކުރައްވަން ބޭނުންފުޅުވާ މެމްބަރުންނަށް، އެ ފުރުސަތު ގެއްލުވާލަން ކަމަށް އަބްދުއްރަހީމް ވަނީ ތުހުމަތުކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް