Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މައުމޫން

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2017 | ހުކުރު 21:46
އެމްޑީޕީން ދަރަވަންދޫއަށް ކުރި ދަތުރުގެ ތެރެއިން

އެމްޑީޕީން ދަރަވަންދޫއަށް ކުރި ދަތުރުގެ ތެރެއިން

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް އަންނަ ހުކުރު ދުވަހުގެ ރޭ ބ. އަތޮޅު ދަރަވަންދޫގައި ބޭއްވުމަށް ނިންމާފިއެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެމުން އެމްޑީޕީގެ ޗެއާޕާޝަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޯޓު މެދުވެރިކޮށް ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައި ވާތީ އިންތިހާބުގެ ތާރީހް ހޯދުމަށް އިދިކޮޅު އިއްތިހާދުން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބ. އަތޮޅަށް ހާއްސަ ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުގައި މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ބ. އަތޮޅުގެ ރައްޔިތުންނަން ހާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނިޔާޒު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ 9:00 ބ. އަތޮޅު ދަރަވަންދޫގައި ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމާއި ދެކޮޅަށް މިނިވަން އިންސާފްވެރި އިންތިހާބަކަށް ގޮވާލުން މި ޖަލްސާގައި އޮންނާނެ ކަމަށާއި މި ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިންނާއި އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ. އަދި ހުކުރު ދުވަހު ހަވީރު ބ. އަތޮޅުގެ ރައްޔިތުންގެ ބައިވެރިވުމާއި އެކު މިނިވަން މުވައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ދަރަވަންދޫގެ މަގުތަކުގައި އިޙްތިޖާޖް ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ދަރަވަންދޫގައި ބާއްވާ ޖަލްސާ އާއި އިޙްތިޖާޖުގައި އިސްލާހަށް މަސައްކަތްކުރާ ވީހާ ވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް އިދިކޮޅު އިއްތިހާދުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބ. އަތޮޅުގެ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރާ ފަރާތަކަށް ހާއްސަކޮށް ހޮނިހިރު ދުވަހު ހާއްސަ ވޯކްޝަޕެއް ބޭއްވުމަށް ވަނި ނިންމާފައެވެ. މި ވޯކްޝަޕްގައި ބ. އަތޮޅުގައި ތިއްބެވި އިއްތިހާދަށް ތާއިދުކުރައްވާ ރައްޔިތުން ބައިވެރިވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުނުވޭ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށައެޅި މައްސަލައާ ގުޅިގެން އިންތިޚާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. މިކަމާ ގުޅިގެން އިންތިޚާބުގެ ތާރީހް ހޯދުމަށް އިދކޮޅު އިއްތިހާދުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހަރަކާތްތައް ބާއްވަމުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު