Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކަމިޝަން

ޖެއްސުން ކުރަނީކީ ނޫން، ސައްހަ ފޯމް ހުށަނާޅަނީ: އީސީގެ އަކްރަމް 

23 ޖެނުއަރީ 2019 | ބުދަ 08:38

އެތައް މެމްބަރުންނެއްގެ ހައްގު ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 23 ޖެނުއަރީ 2019 | ބުދަ 08:38
ޕީއެންސީ އުފެއްދުމަށް ފޯމު އީސީ އަށް ހުށައަޅަނީ

ޕީއެންސީ އުފެއްދުމަށް ފޯމު އީސީ އަށް ހުށައަޅަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރުން ލަސް ވަނީ ސައްހަ ފޯމު ހުށަނާޅާތީ ކަމަށް އިލެކްޝަންސް ކަމިޝަނުން ބުނެފިއެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި ޕާޓީ ރަޖިސްޓްރީކުރަން ހުށައަޅާ ފޯމުގައި ސައްހަކަން ކަށަވަރު ކުރުމަކީ ޕާޓީ އުފައްދަން ހުރަސްއެޅުން ނޫން ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމް ގެއްލިދާނެކަމުގެ ބިރަށްޓަކައި އުފައްދާ ޕީއެންސީއާ ބެހޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޕީއެންސީގެ ހުއްދަ ލަސްކޮށް ޕީއެންސީގެ މެމްބަރުން ތާށިކޮށްފައިވާ" ކަމަށެވެ. އަދި ޕީއެންސީ އުފެއްދުމަށް އީސީއިން އެޕާޓީއަށް ޖެއްސުން ކުރާ ކަމަށް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ޕީއެންސީ އިން ޕާޓީ ހަދަން ހުށައެޅީ 4000 ފޯމު ކަމަށާއި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދު ހަމަ ނުވާތީ އިތުރު ފޯމު ހުށައެޅުމަށް އެކަމުގައި އިސްކޮށް އުޅުއްވާ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމާ ބައްދަލުކުރައްވައި އެދިފައިވާނެ ކަމަށެވެ. އަދި އިތުރު 1100 ފޯމު ޕީއެންސީގެ ފަރާތުން އަލުން ހުށައަޅާފައިވާ ކަމަށް ވިދާޅުވިއެވެ. އާ ފޯމުތަކެއް ހުށަހެޅުމުން އެކަން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކަމިޝަނުން ގަބޫލުކުރާ ގޮތުގައި ސައްހަކަން ކަށަވަރު ކުރުމަކީ ހުރަސް އެޅުމެއް ނޫން. ޕީއެންސީއަށް ވެސް އެ ފުރުސަތު އޮންނާނެ. ވީ އެންމެ އަވަހަކަށް ޕީއެންސީ އިން އަލަށް ހުށައެޅި ފޯމު ސައްހަ ނަމަ އެޕާޓީ އުފެއްދުމަށް ހުއްދަ ދޭނަން،" އަކްރަމް ވިދާޅުވިއެވެ.

ޕީއެންސީ އިން ހުށައެޅި 1100 ފޯމު ސައްހަ ނޫން ނަމަ އަލުން އެ ފުރުސަތު އީސީ އިން އަނެއްކާ ވެސް އެ ޕާޓީއަށް ދޭނެއެވެ. އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީ އުފެއްދުމުގެ ފުރުސަތު ކޮންމެ ބަޔަކަށް ވެސް އޮންނާނެ ކަމަށެވެ. އީސީ އިން އަބަދު ވެސް މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ޕީއެންސީއަށް ހުށައެޅި ފޯމްތައް ވެރިފައި ކުރުމުގެ މަސައްކަތް އެ ކަމިޝަނުން ފަށާފައިވާ ކަމަށެވެ. ކުރިން ހުށަހެޅި ފޯމްތަކުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އޭގެ ތެރޭގައި ފިންގަޕްރިންޓް ދިމާނުވުމާއި ތާރީހްތައް ދިމާނުވުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އެއްވެސް މީހެއްގެ ނުރުހުމުގައި ސޮއިކުރުވާފައި ނުވާނެ ކަމަށް އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާގެ މެމްބަރު އަބްދުއްﷲ އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް