ސެނަހިޔާ ކައިރިން ހިނގި އެކްސިޑެންޓްއެއް ދެމީހަކަށް އަނިޔާވެއްޖެ
17 ޖެނުއަރީ 2019 | ބުރާސްފަތި 21:02އަނިޔާވީ 40 އަހަރުގެ އަންހެނަކަށްށާއި، 51 އަހަރުގެ ފިރިހެނަކަށް


މީގެ ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއް
ސެނަހިޔާ ކައިރިން ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދުވަސްވީ ދެމީހަކަށް އަނިޔާވެއްޖެއެވެ.
މިއެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެރޭ 21:27 ގައި ސެނަހިޔާ ކަރިން އެކްސިޑެންޓްއެއް ވެގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ ފިރިހެނަކަށްށާއި، 40 އަހަރުގެ އަންހެނަކަށް ކަމަށެވެ.
ފުލުހުން ބުނީ މިދެ މިދެމީހުންނަށް ސެނަހިޔާ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، މިހާރު އައިޖީއެމްއަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ ރިންގް ރޯޑްއިން ދުއްވާފައި ދިޔަ 2 ސައިކަލު ބުރުޒު މަގަށް އަޅަން އުޅުމުގެ ތެރޭގައެވެ. އަދި އަނިޔާވި 2 މީހުންނަކީވެސް އެއް ސައިކަލެއްގައި ތިބި ދެމީހުންނެވެ. އަނެއް ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.




