ޓުއަރިސްޓަކު ގެނބިގެން މަރުވެއްޖެ
17 ޖެނުއަރީ 2019 | ބުރާސްފަތި 04:31މަރުވީ ކޮރެއާ އަންހެނެއް

އަޒްލިފާ އަބްދުﷲ | 17 ޖެނުއަރީ 2019 | ބުރާސްފަތި 04:31

ޕެރަޑައިސް އައިލެންޑް ރިސޯޓް
ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ޓުއަރިސްޓަކު މޫދަށް އެރި އުޅެނިކޮން ގެނބިގެން މަރުވެއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ ގެނެސްފައި ވަނީ ބުދަ ދުވަހުގެ ހަވީރު 17:00 ހާއިރު ކަމަށެވެ. އެއީ ކޮރެއާގެ 66 އަހަރުގެ އަންހެނެކެވެ.
ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށެވެ.






