Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯޓެއް ބަންޑުން ޖަހާލުން

އިންޑިޔާ ބޯޓެއް ބަންޑުން ޖަހާލާ 9 މީހުން މަރުވެއްޖެ

މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 26 ފެބުރުއަރީ 2017 | އާދީއްތަ 23:33
އިންޑިޔާގެ ބޯޓެއް ބަންޑުން ޖަހާލުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ

އިންޑިޔާގެ ބޯޓެއް ބަންޑުން ޖަހާލުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ

ފަތުރުވެރިން ތަކެއް ގޮވައިގެން މަހަށް ނިކުމެ އުޅުނު މަސްބޯޓެއް ބޭއޮފް ބެންގޯގެ ޓެމިލްނާޑޫ ކަނޑަށް ބަންޑުން ޖަހާލުމުގެ ސަބަބުން 9 މީހުން މަރުވެއްޖެއެވެ. ބޯޓުން ސަލާމަތްވިކަން މިހާތަނަށް ކަށަވަރު ވެފައިވަނީ 17 މީހުންނެވެ.

ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

Advertisement - newsAdvertisement

ޓުޓިކޮރިންގެ މަނައްޕަޑޫ ސަރަހައްދުގައި ހިނގި މިހާދިސާ މިހާރު ގެންދަނީ ތަހުގީގް ކުރަމުންނެވެ.

ޑިސްޓްރިކްޓް ކަލެކްޓަރ އެމް. ރަވީ ކުމާރ ވިދާޅުވީ މިއީ ތިރުޗެންދޫރގެ ތިން އާއިލާއަކުން ހިފާފައިވާ ބޯޓެއް ކަމަށާ ސަލާމަތް ކުރެވުނު މީހުން އެއަވަށުގެ އަމިއްލަ ހޮސްޕިޓަލްތަކާއި ސަރުކާރު ހޮސްޕިޓަލަތަކުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންދާކަމަށެވެ.

އުފުލުން ހުއްދަ މިންވަރަށްވުރެ އިތުރަށް މީހުން އުފުލުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ކުމާރު ވިދާޅުވީ އެއްޗެއް ހާމަ ކުރެއްވޭނީ ތަހުގީގަށް ފަހު ކަމަށެވެ.

ޓެމިލް ނާޑޫގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ބުނީ މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

މިއީ 2011 ވަނަ އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހު ޕުލިކެތް ކޯރުގައި ބޯޓެއް ބަންޑުން ޖަހާލައިގެން 22 މީހުން މަރުވި ހާދިސާއަށްފަހު ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތޮއްޑޫ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

15 ފެބުރުއަރީ 2017
ތޮއްޑޫ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ
13 ފެބުރުއަރީ 2017

ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

13 ފެބުރުއަރީ 2017
ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
07 ފެބުރުއަރީ 2017

ހުކުމް ތަންފީޒް ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

07 ފެބުރުއަރީ 2017
ހުކުމް ތަންފީޒް ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު