Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަންދު ކޮލެޖު

މަންދު ކޮލެޖުން ހިންގާ ކެރިއާ ގައިޑެންސް ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފަށަނީ

މި ޕްރޮގްރާމް ހޮނިހިރު ދުވަހު 02:30 އިން 10:00 އަށް ދަރުބާރުގޭގައި އޮންނާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖެނުއަރީ 2019 | ބުރާސްފަތި 13:40
މަންދު ކޮލެޖްގެ ގްރެޖުއޭޝަންގެ ތެރެއިން

މަންދު ކޮލެޖްގެ ގްރެޖުއޭޝަންގެ ތެރެއިން

މަންދު ކޮލެޖުން އިސްނަގައިގެން ހިންގާ ކެރިއާ ގައިޑެންސް ޕްރޮގްރާމް 12 ޖެނުއަރީ 2019 ވާ ހޮނިހިރު ދުވަހު ފަށަން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު މަންދު ކޮލެޖުގައި ބޭއްވި ބައްދަލުވުމެއްގައި މަންދު ކޮލެޖްގެ ޗެއާމަން އިބްރާހީމް އިސްމާއިލް (އިބްރާ) ވިދާޅުވީ، އެ ޕްރޮގްރާމްގެ މަޤްސަދަކީ ކިޔަވައިގެން މުޖުތަމައަށް ނުކުންނަ ކުދިންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް އަންގައިދިނުން ކަމަށެވެ.

" އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއްޗަކީ ސުކޫލު ނިންމާ ދަރިވަރުންނަށް އެކަށިގެންވާ ވަރަށް މައުލޫމާތު ލިބިފައި ނުހުންނަނީއޭ ރާއްޖޭގަ ހުރި އެކި އިންޑަސްޓްރީތަކާ ރާއްޖޭގަ މަސައްކަތް ކުރަން ހުރި ދާއިރާތަކާ ކެރިއާއެއްގެ ގޮތުން ކުދިންނަށް ކުރިއަށް ދެވިދާނެ ރޮނގުތަކަކީ ކޮބާކަން ކުދިންނަށް އޮޅުންފިލުވަދެވިފަ ނުހުންނާތީ ކުދިންނަށްވެސް ސުކޫލު ނިމޭއިރު ވަޒަންކޮށްލަން ދަތިވޭ ދެން ތިމަންނަ ދާނީ ކޮން ދިމާއަކަށްތޯ" މި ޕްރޮގްރާމްގެ މަޤްސަދާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު މެންދުރު 02:30 އިން ރޭގަނޑު 10:00 އަށް ދަރުބާރުގޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރައްޖޭގެ ހުރިހާ ސުކޫލުތަކެއްގެ ކުދިންނާއި ބެލެނިވެރިންނަށް އޭގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް މަންދު ކޮލެޖުން ވަނީ ބުނެފައެވެ.

އެގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިން ތިބިނަމަ އެ ރަށެއްގެ ސުކޫލަކާ ގުޅިގެން ބައިވެރި ވުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށްވެސް މަންދު ކޮލެޖުން ވަނީ ބުނެފައެވެ.

މީގެއިތުރުން މި ޕްރޮގްރާމުގައި އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ވަޒީފާގެ ފުރުސަތުގެ މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށްވެސް މަންދު ކޮލެޖުން މައުލޫމާތުދެއެވެ.

މަންދު ކޮލެޖު 1989 ގައި ވުޖޫދުވިފަހުން އެ ކޮލެޖުން ދަނީ ގިނަ ޕްރޮގްރާމްތަކާއި، ފޯރަމްތައް ބާއްވަމުންނެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
23 ފެބުރުއަރީ 2017

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

23 ފެބުރުއަރީ 2017
ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު