Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖައްވީ ދިރާސާ

ހަނދުގެ އަނދިރި ފަރާތުގައި އުޅަނދެއް ޖެއްސި ފުރަތަމަ ގައުމުކަށް ޗައިނާ!

ޕްރޯބް ޖެއްސީ ހަނދުގެ އައިޓްކެން ބޭސިންއަށް

އަމަން ހަލީމް
އަމަން ހަލީމް | 3 ޖެނުއަރީ 2019 | ބުރާސްފަތި 11:20
ޗަަންގީ 4 ހަނދަށް ފޮނުވަން ރޮކެޓް ލޯންޗުކުރަނީ

ޗަަންގީ 4 ހަނދަށް ފޮނުވަން ރޮކެޓް ލޯންޗުކުރަނީ

ޗައިނާގެ ރޮބޮޓިކް "ޕްރޯބް ޗަންގީ 4" ކާމިޔާބުކަމާ އެކު ހަނދަށް ޖެއްސުމާ ގުޅިގެން، ހަނދުގެ އަނދިރި ފަރާތުގައި އުޅަނދެއް ޖެއްސި ފުރަތަމަ ގައުމުކަށް ޗައިނާ ވެއްޖެއެވެ.

ޗައިނާގެ ޖައްވީ އިދާރާއިން ބުނެފައި ވަނީ، ޕްރޯބް ޖެއްސީ ހަނދުގެ އައިޓްކެން ބޭސިން (ހަނދުގައިވާ ބޮޑު އަޑިގަނޑެއް) އަށް ކަމަށެވެ. ޕްރޯބުން ފޮނުވި ފުރަތަމަ ފޮޓޯގައި ފެންނަނީ ހަނދުން ފެންނަ ބޮޑު އަޑިގަނޑެކެވެ.

ޗައިނާއިން ހަނދުގައި ހިންގުމަށް ހަމަޖެހިފައިވާ ދިރާސާތަކުގެ ތެރޭގައި ހަނދުގައި ގަސް ހެއްދޭނެތޯ ބެލުމާއި، ހަނދުގައި ފެން ހުރިތޯ ބެލުން ހިމެނެއެވެ. މި ޕްރޯބް ޖެއްސީ އާދިއްތަ ދުވަހުން ފެށިގެން ހަނދު ވަށައިގެން އޯބިޓް ކުރުމުގައި އޮތުމަށް ފަހުގައެވެ.

މިއީ ޖައްވީ ދަތުރުފަތުރުގެ ދާއިރާގައި ޒަމާނުއްސުރެން ކުރި އަރާފައިވާ އެމެރިކާ އާއި ރަޝިޔާއާ އެއް ހަމައަކަށް އައުމަށް ޗައިނާ އިން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެ ގައުމުން އެއްމެ ފަހުން ހަނދަށް ފޮނުވި އުޅަނދު "ޔޫޓޫ" ހަނދުގައި 972 ދުވަސް ހޭދަކުރިއެވެ.

ޗައިނާއިން ވަނީ ހަނދަށް ފޮނުވި ކަހަލަ ޕްރޯބެއް، 2020 ވަނަ އަހަރު މާސްއަށް ވެސް ފޮނުވަން ނިންމާފައެވެ. އަދި 2022 ގެ ކުރިން އަމިއްލަ ޖައްވީ ސްޓޭޝަނެއް އެޅުމުގެ މަސައްކަތް ޗައިނާ އިން ދަނީ ކުރަމުންނެވެ.

ޗައިނާ އިން ޖައްވީ ދަތުރުފަތުރުގެ ދާއިރާގައި ހޯދަމުންދާ ކުރިއެރުންތަކާ ގުޅިގެން އެމެރިކާ އިން ވަނީ ޖައްވުގައި އެމެރިކާގެ އަސްކަރިއްޔާގެ ބައެއް ބޭތިއްބިމުގެ މަސައްކަތް ކުރަން ފަށާފައެވެ. އަދި އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށް ވަނީ ޗައިނާއާ އެކު މަސައްކަތްކުރުމާއި މައުލޫމާތު ބަދަލުކުރުން މަނާކޮށްފައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2024

ޣައްޒާގެ ވަގުތީ ބަނދަރު އެޅުމުގެ މިޝަންއަށް އެމެރިކާގެ އަސްކަރިއްޔާގެ 4 އުޅަނދެއް ފުރައިފި

13 މާރިޗު 2024
ޣައްޒާގެ ވަގުތީ ބަނދަރު އެޅުމުގެ މިޝަންއަށް އެމެރިކާގެ އަސްކަރިއްޔާގެ 4 އުޅަނދެއް ފުރައިފި
23 ފެބުރުއަރީ 2024

ބައިގަރުނަށް ވުރެ ގިނަ ދުވަސް ފަހުން އެމެރިކާގެ އުޅަނދެއް އަނެއްކާވެސް ހަނދަށް ޖައްސައިފި

23 ފެބުރުއަރީ 2024
ބައިގަރުނަށް ވުރެ ގިނަ ދުވަސް ފަހުން އެމެރިކާގެ އުޅަނދެއް އަނެއްކާވެސް ހަނދަށް ޖައްސައިފި
07 ފެބުރުއަރީ 2024

ސައިންޓިފިކް ދިރާސާތަކަށް އިންޑިއާ ކަނޑުގައި އޮތް ޗައިނާގެ އުޅަނދަކީ އދ.ގެ ގަވައިދުތަކަށް ތަބާވާ އުޅަނދެއް: ޗައިނާ

07 ފެބުރުއަރީ 2024
ސައިންޓިފިކް ދިރާސާތަކަށް އިންޑިއާ ކަނޑުގައި އޮތް ޗައިނާގެ އުޅަނދަކީ އދ.ގެ ގަވައިދުތަކަށް ތަބާވާ އުޅަނދެއް: ޗައިނާ
03 ފެބުރުއަރީ 2024

ޔޫކްރެއިންގެ ކަނޑުގެ ޑްރޯންތަކުން ރަޝިއާގެ ހަނގުރާމަމަތީ އުޅަނދެއް ފައްތާލައިފި

03 ފެބުރުއަރީ 2024
ޔޫކްރެއިންގެ ކަނޑުގެ ޑްރޯންތަކުން ރަޝިއާގެ ހަނގުރާމަމަތީ އުޅަނދެއް ފައްތާލައިފި
03 ސެޕްޓެމްބަރު 2023

އިރާބެހޭ ކަންކަން ބަލައި ދިރާސާކުރާނެ ސެޓަލައިޓެއް އުފުލާ ޖައްވީ އުޅަނދެއް އިންޑިޔާއިން ލޯންޗްކޮށްފި

03 ސެޕްޓެމްބަރު 2023
އިރާބެހޭ ކަންކަން ބަލައި ދިރާސާކުރާނެ ސެޓަލައިޓެއް އުފުލާ ޖައްވީ އުޅަނދެއް އިންޑިޔާއިން ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު