Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިނުން ރަޝިއާގެ ބޯޓެއް ފައްތާލުން

ޔޫކްރެއިންގެ ކަނޑުގެ ޑްރޯންތަކުން ރަޝިއާގެ ހަނގުރާމަމަތީ އުޅަނދެއް ފައްތާލައިފި

ޔޫކްރެއިނުން ދިން ހަމަލާގައި ބޭނުންކޮށްފައިވަނީ 6c ޑްރޯން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 3 ފެބުރުއަރީ 2024 | ހޮނިހިރު 04:15
ރަޝިއާގެ ހަނގުރާމަމަތީ އުޅަނދުތައް ކަޅުކަނޑުގައި ހަރަކާތްތެރިވަނީ

ރަޝިއާގެ ހަނގުރާމަމަތީ އުޅަނދުތައް ކަޅުކަނޑުގައި ހަރަކާތްތެރިވަނީ

މިދިޔަ މަހު ވެއްޓުނު ރަޝިއާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާ ބޯޓެއް ވައްޓާލީ ކީވްގެ ސިފައިން ފޮނުވާލި އެމެރިކާއިން އުފެއްދި ޕެޓްރިއޮޓް ދެ މިސައިލުން ކަމަށް ރަޝިއާގެ އިންވެސްޓިގޭޓަރުން ތުހުމަތު ކޮށްފައިވަނިކޮށް، ކަޅު ކަނޑުގައި އޮތް ރަޝިއާގެ ކުޑަ ހަނގުރާމަމަތީ އުޅަނދެއް ފައްތާލުމަށް ސީ ޑްރޯން ބޭނުންކުރި ކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ޔޫކްރެއިންގެ އަސްކަރީ ޖާސޫސީ އިދާރާ، "ޖީޔޫއާރް"އިން އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، ބުދަ ދުވަހުގެ ރޭ ރަޝިއާގެ މިސައިލް ހަތިޔާރުއެޅި ކޯވެޓް އިވަނޮވެޓްސްއަށް ކަނޑުގެ ސިފައިންގެ ޑްރޯންތަކުން ހަމަލާދޭ މަންޒަރު ފެންނަކަމަށެވެ.

ޖީޔޫއާރްގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފުޓޭޖަކީ ކަނޑުގެ އަސްކަރިއްޔާގެ ގިނަ ޑްރޯންތަކެއް އުޅަނދެއްގައި ޖައްސައި ގޮއްވާލާ މަންޒަރު ފެންނަ ފުޓޭޖެކެވެ. 55 މިލިއަން ޔޫރޯއާ 65 މިލިއަން ޔޫރޯއާ ދެމެދުގެ އަގުގެ މި ބޯޓު، ހުޅަނގު ކްރިމިއާގެ ލޭކް ޑޮނުޒްލާވްގައި ޕެޓްރޯލް ކުރަމުން ދަނިކޮށް، ޖީޔޫއާރްގެ ސްޕެޝަލް ޔުނިޓަކުން އެ ބޯޓަށް ހަމަލާދިނީ ކަމަށް ޖީއާރުން ބުންޏެވެ. 1961 ވަނަ އަހަރު ކަޅުކަނޑުގެ ސަރަހައްދާ ގުޅުވައިދޭ ޗެނަލެއް ނައްތާލި ހިސާބުން ފެށިގެން މި ފަޅަކީ މާ ބޮޑަށް ވެސް ފަޅުވެފައިވާ ފަޅެކެވެ.

ޕްރައިވެޓް ސެކިއުރިޓީ ފާމް، އަމްބްރީން ބުނީ ޔޫކްރެއިނުން ދިން ހަމަލާގައި 6c ޑްރޯން ބޭނުންކޮށްފައި ވާކަމަށާއި އެއިން ކޮންމެ ޑްރޯނެއްގައި އާންމުކޮށް 300 ކިލޯގެ ގޮވާތަކެތި ގެންގުޅޭ ކަމަށެވެ. ޖީއާރް ފުޓޭޖުން ފެންނަގޮތުގައި އެ ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ.

މި ހަމަލާއާ ބެހޭގޮތުން ރަޝިއާގެ އޮފިޝަލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކަޅުކަނޑުގައި ރަޝިއާގެ މަތިންދާ ބޯޓުތަކަށާއި އުޅަނދުތަކަށް ޔޫކްރެއިނުން ދިން ހަމަލާތަކުގެ ސަބަބުން މޮސްކޯގެ ކަނޑުގެ ސިފައިން ފަހަތަށް ޖެއްސުމަށް މަގުފަހިވެ، ކީވްގެ ދެކުނުގެ ބަނދަރުތައް މެދުވެރިކޮށް މުހިންމު ކާނާއާއި އެހެނިހެން މުދާ އެކްސްޕޯޓް ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ވަލެރީ ޒަލޫޒްންހައި ވަނީ އިންސާނުން ނެތް ހަތިޔާރުގެ ނިޒާމުތައް ތަރައްގީކުރުމަކީ "މި ހަނގުރާމައިގެ މައިގަނޑު ޑްރައިވަރެއް" ކަމަށް ސީއެންއެނުން ޝާއިއުކުރި ޚިޔާލީ ލިޔުމެއްގައި ސިފަކުރައްވާފައެވެ.

ޖެނެރަލް ވަނީ ހަނގުރާމައިގެ ހާލަތާ ބެހޭގޮތުން އޭނާ ދެކޭ ގޮތް ބަޔާންކޮށް، 2024 ވަނަ އަހަރު ޔޫކްރެއިނަށް އިސްކަންދީ، އަސްކަރިއްޔާއަށް އިތުރު ސިފައިން ގެނައުމުގެ ގޮންޖެހުމަށް ވެސް ހައްލު ހޯދައިދީފައެވެ.

ރަޝިއާގެ ދައުލަތުގެ ޖިނާއީ ތަހުގީގީ އިދާރާ ކަމަށްވާ ރަޝިއާގެ ތަހުގީގީ ކޮމިޓީން ބުރާސްފަތި ދުވަހު ބުނީ، މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިންގެ ބޯޑަރު ކައިރިން ވެއްޓުނު ރަޝިއާގެ އައިއެލް-76 އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓު ވައްޓާލީ ހުޅަނގުގެ ބައިވެރިން ކިއެވްއަށް ފޯރުކޮށްދިން އެމެރިކާއިން އުފައްދާފައިވާ ޕެޓްރިއޮޓް އެއަރ ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ.

ރަޝިއާގެ އޮފިޝަލުން ބުނިގޮތުގައި ބޯޓުގައި 74 މީހުން ތިބިއިރު އޭގެތެރޭގައި ޔޫކްރެއިންގެ ހަނގުރާމައިގެ 65 ގައިދީންނާއި ހަ ފަޅުވެރިންނާއި ރަޝިއާގެ ތިން ސިފައިން ހިމެނެއެވެ. އެ އެންމެން ވެސް މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ދެ މިސައިލް ޔޫކްރެއިންގެ އަސްކަރިއްޔާއިން ފޮނުވާލާފައިވަނީ ޔޫކްރެއިންގެ ޚަރްކީވް ސަރަހައްދުގެ ލިޕްޓްސީ އަވަށުގެ ކައިރިން ކަމަށް އެ އިދާރާއިން ބުނެއެވެ.

ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ ޕެޓްރިއޮޓް ސިސްޓަމުން ފޮނުވާލި އެމްއައިއެމް-104އޭ ދެ މިސައިލުގެ 116 ބައި ބެލްގޯރޯޑް ސަރަހައްދުގެ ވެއްޓުނު ސަރަހައްދު ކައިރިން ފެނިފައިވާކަމަށެވެ. އަދި އެވާހަކަތަކަށް ޖިސްމާނީ އެއްވެސް ހެތްކެއް ހުށަހަޅާފައެއް ނުވެއެވެ.

ޔުކްރެއިންރަޝިއާ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު