Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނާސާގެ މާސް މިޝަން

ނާސާގެ ޖައްވީ އުޅަނދު މާސްގައި ޖެއްސި ވީޑިއޯ އާންމު ކޮށްފި

ހޯމަ ދުވަހު ނާސާއިން ވަނީ ޕާސަވިއަރެންސް ރޯވާ މާސްގެ ބިމުގައި ޖައްސާ ސާފު މަންޒަރާއި އަޑު އާންމުންނަށް ދައްކާލައިފައި

އަތޫފް އާތިފް
އަތޫފް އާތިފް | 23 ފެބުރުއަރީ 2021 | އަންގާރަ 01:56
ނާސާގެ މާސް މިޝަންގެ ތެރެއިން އެ އިދާރާގެ ޖައްވީ އުޅަނދު މާސްގައި ޖެއްސި ވަގުތު

ނާސާގެ މާސް މިޝަންގެ ތެރެއިން އެ އިދާރާގެ ޖައްވީ އުޅަނދު މާސްގައި ޖެއްސި ވަގުތު

ނާސާއިން އިންސާނަކާއި ނުލައި މާސްއަށް ފޮނުވި ޖައްވީ އުޅަނދު "ޕާސަވިއަރެންސް ރޯވާ" ކާމިޔާބު ކަމާއިއެކު މާސްގައި ޖައްސާ ވީޑިއޯ އާންމު ކޮށްފިއެވެ.

ޕާސަވިއަރެންސް ރޯވާގެ ނަން ދީފައިވާ ފުރޮޅުލީ އުޅަނދު ލޯންޗު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ނާސާއިން ވަނީ ކާމިޔާބު ކަމާއެކު އުޅަނދު މާސްގެ ޖައްވަށް ވަދެ، ބިމުގައި ޖައްސާ މަންޒަރު އެ އިދާރާގެ ވެބްސައިޓާއި ޔޫޓިއުބް ޗެނަލްގައި ދައްކާފައެވެ. އަދި އެ އުޅަނދުން ނަގާފައިވާ މާސްގެ ފޮޓޯތައް ވެސް ވަނީ އާންމުނަށް ބުރާސްފަތި ދުވަހު ދައްކާލައިފައެވެ.

ހޯމަ ދުވަހު ނާސާއިން ވަނީ ޕާސަވިއަރެންސް ރޯވާ މާސްގެ ބިމުގައި ޖައްސާ ސާފު މަންޒަރާއި އަޑު އާންމުންނަށް ދައްކާލައިފައެވެ. އަދި އެ އުޅަނދު މާސްގައި ހަރަކާތްތެރިވާ މަންޒަރުވެސް އެ އިދާރާއިން ވަނީ ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފައެވެ.

ނާސާގެ މާސް މިޝަންގައި ހަރަކާތްތެރިވާ އިސް އޮފިޝަލަކު ބުނީ މިއީ އެ އިދާރާއިން މާސްގެ ފަސްގަނޑު ދިރާސާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި މިހާ ބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.

ނާސާގެ ސައިންސް ޓީމުގެ ޑެޕިއުޓީ ޕްރޮޖެކްޓް ސައިންޓިސްޓް ކެން ވިލްފޯޑް ވިދާޅުވީ މިއީ ފާއިތުވެ ދިޔަ 10 އަހަރު ތެރޭ މާސްގައި ނާސާއިން ހިންގާ އެންމެ ކާމިޔާބު މިޝަން ކަމަށާއި، ނާސާގެ ޖައްވީ އުޅަނދު އެނބުރި ދުނިޔެ އަންނައިރު މާސްއިން ގައި، ވެލި އަދި ކުނޑި ފަދަ ތަކެތި އެއްކުރާނެ ކަމަށެވެ. އަދި މިހާރު ލިބިފައިވާ ފޮޓޯ ތަކުން މާސްގެ ބިމާއި ދުނިޔޭގެ ބިން އެއްގޮތް ކަމަށް ބެލެވޭ ކަމަށެވެ.

ނާސާގެ އިންޖިނިއަރިންގ ޓީމުގެ އޮފިޝަލު ވިދާޅުވީ މާސްއަށް ޖައްވީ އުޅަނދު ޖެއްސުން އެއީ ލިބުނު ކާމިޔާބީ އެއް ކަމަށާއި، ނަމަވެސް މުޅި މިޝަން ކާމިޔާބުވި ކަމަށް ގަބޫލު ކުރާނީ ޖައްވީ އުޅަނދު އެނބުރި ދުނިޔެ އައުމުން ކަމަށެވެ. އަދި ޖައްވީ އުޅަނދު މާސްގެ ބިމުގައި ޖެއްސިއިރު އުޅަނދައް އެއްވެސް ގެއްލުމެއްވި ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާސް މިޝަންގެ ޑިޕިއުޓީ ޕްރޮޖެކްޓް މެނޭޖަރު މެޓް ވެލާސް ވިދާޅުވީ މި ޕްރޮޖެކްޓް ނިމޭއިރު، ކުރިން ނޭނގޭ ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބިގެންދާނެ ކަމަށެވެ.

ލޭންޑިންގ ކެމެރާގެ ލީޑް ކެމެރާމަން ޑޭވިޑް ގްރެލް ވިދާޅުވީ މިއީ މުޅިން އައު ތަޖުރިބާއެއް ކަމަށާއި، މާސްގެ ބިމުގައި ނާސާގެ އުޅަނދު ޖެއްސި ވަގުތު މިޝަންގެ ބައިވެރިންގެ މޫނު މަތިން ފެނުނު ހިނިތުންވުން އެއީ ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ. އަދި މިއީ އެތަށް ބަޔެއްގެ މަސައްކަތް ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މި ހާތަނަށް އައިއިރު، 24 ގަޑިއިރު، ނާސާގެ ޓީމުން މާސްގެ ބިމުން ސާމްޕަލް އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނާސާއިން ބުނެއެވެ. އަދި މާސްގެ ބިމުގައި ފެން ހުރި ކަމުގެ ނިޝާން ފެންނަ ކަމަށް ނާސާއިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2020

ހަނދުން ސާމްޕަލް ގެނައިތާ 44 އަހަރު ފަހުން ޗައިނާގެ ޖައްވީ އުޅަނދު ސާމްޕަލް ނަގައިގެން ދުނިޔެއަށް!

04 ޑިސެމްބަރު 2020
ހަނދުން ސާމްޕަލް ގެނައިތާ 44 އަހަރު ފަހުން ޗައިނާގެ ޖައްވީ އުޅަނދު ސާމްޕަލް ނަގައިގެން ދުނިޔެއަށް!
18 ޑިސެމްބަރު 2019

ޑިފެންސް ބިލް ފާސްކޮށް އެމެރިކާގައި ޖައްވީ ސިފައިންގެ ލަޝްކަރު އުފައްދަނީ

18 ޑިސެމްބަރު 2019
ޑިފެންސް ބިލް ފާސްކޮށް އެމެރިކާގައި ޖައްވީ ސިފައިންގެ ލަޝްކަރު އުފައްދަނީ
22 ޖުލައި 2019

އިންޑިއާގެ ޖައްވީ އުޅަނދު، ޗަންދްރަޔަން 2 ޖައްވަށް ފޮނުވާލައިފި

22 ޖުލައި 2019
އިންޑިއާގެ ޖައްވީ އުޅަނދު، ޗަންދްރަޔަން 2 ޖައްވަށް ފޮނުވާލައިފި
03 ޖެނުއަރީ 2019

ހަނދުގެ އަނދިރި ފަރާތުގައި އުޅަނދެއް ޖެއްސި ފުރަތަމަ ގައުމުކަށް ޗައިނާ!

03 ޖެނުއަރީ 2019
ހަނދުގެ އަނދިރި ފަރާތުގައި އުޅަނދެއް ޖެއްސި ފުރަތަމަ ގައުމުކަށް ޗައިނާ!
16 ސެޕްޓެމްބަރު 2018

ނާސާގެ އާ ސެޓަލައިޓުން ދުނިޔޭގެ ގަނޑުފެނުގެ ހާލަތު ދެނެގަނެވޭ

16 ސެޕްޓެމްބަރު 2018
ނާސާގެ އާ ސެޓަލައިޓުން ދުނިޔޭގެ ގަނޑުފެނުގެ ހާލަތު ދެނެގަނެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު