Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާއިން ޣައްޒާގައި ހަދާ ވަގުތީ ބަނދަރު

ޣައްޒާގެ ވަގުތީ ބަނދަރު އެޅުމުގެ މިޝަންއަށް އެމެރިކާގެ އަސްކަރިއްޔާގެ 4 އުޅަނދެއް ފުރައިފި

މި ވަގުތީ ބަނދަރުގެ ސަބަބުން ދުވާލަކު ދެ މިލިއަނަށް ވުރެ ގިނަ މީލްސް ޣައްޒާއަށް ޑެލިވަރ ކުރެވޭނެ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 13 މާރިޗު 2024 | ބުދަ 06:34
އެމެރިކާގެ އަސްކަރިއްޔާގެ އުޅަނދުތަކެއް

އެމެރިކާގެ އަސްކަރިއްޔާގެ އުޅަނދުތަކެއް

ޣައްޒާއަށް އިންސާނީ އެހީވެއްދުމަށް އެމެރިކާއިން ގާއިމްކުރާ ވަގުތީ ބަނދަރުގެ މަސައްކަތަށް އެމެރިކާގެ އަސްކަރިއްޔާގެ 4 އުޅަނދެއް ފުރައިފިއެވެ.

ޕެންޓަގަންގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާގެ ހަތަރު އުޅަނދެއް ވާޖީނިއާ ސްޓޭޓްގެ އަސްކަރީ މަރުކަޒަކުން އަންގާރަ ދުވަހު ފުރާފައިވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޣައްޒާގެ އައްސޭރިފަށުގައި ވަގުތީ ބަނދަރެއް ހެދުމަށް ބޭނުންވާ ސިފައިންނާއި އާލާތްތަކާއެކު ކަމަށެވެ.

ރައިޑަރ އިތުރަށް ވިދާޅުވީ ޔޫއެސްއޭވީގެ އެސްޕީ4 ލޭމްސް އޭ ލޫކްސް، ޔޫއެސްއޭވީ މޮންޓެރީ، ޔޫއެސްއޭވީ މަޓަމޮރޯސް އަދި ޔޫއެސްއޭވީ ވިލްސަން ވާރފް، 7 ވަނަ ޓްރާންސްޕޯޓް ބްރިގޭޑް (އެކްސްޕެޑިޝަނަރީ)ގެ ޔޫއެސްއޭވީ ވިލްސަން ވާރފް ވަނީ މިޝަނަށް އެހީތެރިވުމަށް ބޭނުންވާ ސާމާނު ހިފައިގެން އަންގާރަ ދުވަހު ފުރާފައި ކަމަށެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަކަށް 60 ދުވަހުގެ ތެރޭގައި ވަގުތީ ބަނދަރު ނިންމާ މުޅިން އޮޕަރޭޓް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އޭގެ ސަބަބުން ދުވާލަކު ދެ މިލިއަނަށް ވުރެ ގިނަ މީލްސް ޑެލިވަރ ކުރެވޭނެ ކަމަށެވެ.

ޣައްޒާގެ އައްސޭރިފަށުގައި ވަގުތީ ފްލޯޓިން ޑޮކެއް އެޅުމުގެ ތައްޔާރީތައް އަންގާރަ ދުވަހު ފަށާފައިވާ ކަމަށް ބައެއް މީޑިއާތަކުންވެސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އިސްރާއީލު ސިފައިންގެ ބާރުގެ ދަށުގައި އޮންނަ އަލް ބައިދާރު ސަރަހައްދު ކައިރީގައި ހެވީ މެޝިނަރީތައް ހަރަކާތްތެރިވަމުންދާ ކަން ވެސް އެފަދަ ރިޕޯޓްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ ހަފުތާގައި ދެއްވި ސްޓޭޓް އޮފް ދަ ޔޫނިއަން ތަގުރީރުގައި މިކަން އިއުލާނު ކުރެއްވީ އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުތައް މަނާކޮށް، އެހީ ގެނައުން މަޑުޖެހިފައި ވަނިކޮށެވެ.

ޣައްޒާފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު