Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން-ރަޝިއާ ހަމަނުޖެހުން

ޒެލެންސްކީ ކަނު އަނދިރީގައި: "އަނދިރި ރޭތައްވެސް ނިމިދަނީ ފަތިހަކަށް"

ކިތަންމެ ވަރަކަށް ހަމަލާ ދިނަސް، ބައްޔެއް ނުކުރެވޭނެކަމަށް ވިދާޅުވި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2022 | ހޮނިހިރު 07:57
ޒެލެންސްކީ ވަނީ، ފާއިތުވި 2 ދުވަހުގެ ތެރޭގައި ޔޫކްރެއިނުން 23 ޑްރޯންއެއް ވައްޓާލާފައި ވާނެކަމަށް ވިދާޅުވެފައި

ޒެލެންސްކީ ވަނީ، ފާއިތުވި 2 ދުވަހުގެ ތެރޭގައި ޔޫކްރެއިނުން 23 ޑްރޯންއެއް ވައްޓާލާފައި ވާނެކަމަށް ވިދާޅުވެފައި

މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވުމަށްފަހު ސިޔާސީ ދާއިރާއަށް ވަންނަވައި، ޔޫކްރެއިންގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް ވްލޮޑޮމީރް ޒެލެންސްކީގެ މަންޒަރުތައް ސްކްރީންތަކުން ފަނޑުވެދާގޮތެއް ނުވެއެވެ. މައުލޫމާތާއި ހޫނު ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯއްދަވަނީ އެކަންޏެއް ނޫނެވެ. އެކަން ކުރައްވާ ގޮތްވެސް ތަފާތީއެވެ. މިފަހަރުވެސް އެކަހަލަ ކަމެކެވެ.

އޮކްޓޯބަރު 27 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. މީޑިއާގައި ދައުރުވާންފެށީ، ކަނު އަނދިރިގަނޑުގެ ތެރޭގައި ޒެލެންސްކީ ހުންނެވި މަންޒަރެވެ. ޒެލެންސްކީ ހުންނެވީ ވައްޓާލާފައިވާ ޑްރޯނެއްގެ ކައިރީގައެވެ. ދެއްވީ ވަރުގަދަ މެސެޖެކެވެ. ވިދާޅުވީ، ހަކަތަ އުފައްދައި، ފޯރުކޮށްދޭ ޕްލާންޓްތަކަށް ރަޝިއާއިން ފުޅާ ދާއިރާއެއްގައި ހަމަލާތައް ދެމުން ދިޔަނަމަވެސް، ޔޫކްރެއިން ރޫހު މަރުނުވާނެކަމަށެވެ.

ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގައި ހަނގުރާމަ ފެށިފަހުން ސިލްސިލާގޮތެއްގައި ގައުމާ މުޚާތަބުކުރައްވައި، ޒެލެންސްކީ ވާހަކަފުޅުދައްކަވައެވެ. މީގެ ކުރިން އެތެރޭގެ މާލަންތަކުގައި އިންނަވައިގެން ދެއްވަމުން ގެންދެވި މެސެޖު، ބޭރުގެ ވެއްޓަކަށް ބަދަލުކުރައްވައި، ކަނު އަނދިރީގައި ހުންނަވައިގެން ދެއްވުމާއެކު، ޒެލެންސްކީ އެ ވިދާޅުވި އެއްޗެއްގެ އަޑު ވަކިން ގަދަވި ފަދައެވެ.

ގައުމީ ލޯބި އޮތް ކޮންމެ މީހަކަށް ފުން އަސަރުތަކެއް ކުރުވަނިވި އެ ތަގުރީރުގައި ޒެލެންސްކީ ވަނީ، ފާއިތުވީ 2 ދުވަހުގެ ތެރޭގައި ޔޫކްރެއިނުން 23 ޑްރޯނެއް ވައްޓާލާފައި ވާނެކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން ދަނީ، ޔޫކްރެއިންގައި ކަރަންޓް އުފައްދާ ނެޓްވޯކްތަކަށް އަމާޒުކޮށް، ގިނަ އަދަދެއްގެ މިސައިލްތަކުގެ އިތުރުން ވައިގެ މަގުން ހަމަލާ ދޭ އެނޫންވެސް އާލާތްތައް ބޭނުންކޮށްގެން ހަމަލާދެމުންނެވެ. ފާއިތުވީ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެފަދަ ހަމަލާތައް އިތުރުކޮށްފައިވާއިރު، ޔޫކްރެއިންގެ އެކި ހިސާބުތަކަށް ވަނީ ކަރަންޓް މެދުކެނޑުމުގެ ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ.

ޔޫކްރައިން ސަރުކާރުގެ އިސް އޮފިޝަލަކު، އޮކްޓޯބަރު 27 ވަނަ ދުވަހު ވިދާޅުވީ، މިހާރު ރާވާފައިވާ ވަގުތުތަކަށްވުރެވެސް އިތުރު ވަގުތުތަކަކަށް، ކިއޭވްއާއި އަދިވެސް އިތުރު 4 ސަރަހައްދަކުން ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވާގޮތުގައި ރަޝިއާއިން މިހާތަނަށް ވައިގެ މަގުން 8000ށްވުރެ ގިނަ ހަމަލާއާއި 4500 މިސައިލް ހަމަލާ ވަނީ ދީފައެވެ.

ރަޝިއާގެ އަސްކަރިއްޔާ، "ޚާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ" ނަމުގައި ޔޫކްރައިންއަށް އެރި ފަހުން މިހާރު 8 މަސްދުވަސް ފާއިތުވެފައިވާއިރު، ކައިރި މުސްތަގުބަލެއްގައި ހަމަލާ ބަދަލުކުރުންތައް ހުއްޓިދާނެކަމުގެ ކުޑަނަމަވެސް އިޝާރާތެއް އަދި ނުލިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލުބުނާން ތެލަށްޖެހި ކަނު އަނދިރީގައި

ލުބުނާން ތެލަށްޖެހި ކަނު އަނދިރީގައި

10 އޮކްޓޯބަރު 2021
އެމެރިކާގެ މަސައްކަތްތެރިންނަށް ޚާއްސަކޮށް ބައިޑަން ހާމަކުރެއްވި ވެކްސިންގެ އައު ސިޔާސަތާއެކު ރިޕަބްލިކަނުން ރަތަށް

އެމެރިކާގެ މަސައްކަތްތެރިންނަށް ޚާއްސަކޮށް ބައިޑަން ހާމަކުރެއްވި ވެކްސިންގެ އައު ސިޔާސަތާއެކު ރިޕަބްލިކަނުން ރަތަށް

11 ސެޕްޓެމްބަރު 2021
ކޮރޯނާވައިރަސްއާ ގުޅިގެން ވުހާންގެ އަނދިރިފަރާތް ހާމަކުރި ސިޓިޒަން ޖަރނަލިސްޓަށް ހަތަރު އަހަރުގެ ޖަލު ހުކުމް

ކޮރޯނާވައިރަސްއާ ގުޅިގެން ވުހާންގެ އަނދިރިފަރާތް ހާމަކުރި ސިޓިޒަން ޖަރނަލިސްޓަށް ހަތަރު އަހަރުގެ ޖަލު ހުކުމް

29 ޑިސެމްބަރު 2020
ޑަބްލިއުއެޗްއޯގެ އިލްތިމާސް: ކަނުބަނދެގެން ހުރެ އަލިފާންގަނޑެއް ނުނިއްވޭނެ، ޓެސްޓް، ޓެސްޓް، ޓެސްޓް!

ޑަބްލިއުއެޗްއޯގެ އިލްތިމާސް: ކަނުބަނދެގެން ހުރެ އަލިފާންގަނޑެއް ނުނިއްވޭނެ، ޓެސްޓް، ޓެސްޓް، ޓެސްޓް!

16 މާރިޗު 2020
ޔޫކްރެއިން އަކީ ކޮރަޕްޓް ގައުމެއްކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ދޮގުކުރައްވައިފި

ޔޫކްރެއިން އަކީ ކޮރަޕްޓް ގައުމެއްކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ދޮގުކުރައްވައިފި

15 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު