Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮރޯނާވައިރަސްއާ ގުޅިގެން ޗައިނާގައި ރިޕޯޓްކުރުން

ކޮރޯނާވައިރަސްއާ ގުޅިގެން ވުހާންގެ އަނދިރިފަރާތް ހާމަކުރި ސިޓިޒަން ޖަރނަލިސްޓަށް ހަތަރު އަހަރުގެ ޖަލު ހުކުމް

29 ޑިސެމްބަރު 2020 | އަންގާރަ 03:28

ވުހާންގެ ތެރޭގައި ކަންކަން ހިނގަމުންދިޔަ ގޮތް އެންމެ ފުރަތަމަ ދުނިޔެއަށް ހާމަކުރުމަށް މަސައްކަތްކުރި މީހުންގެ ތެރޭގައި ޖާންގ ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޑިސެމްބަރު 2020 | އަންގާރަ 03:28
ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި ޖާންގ ޒާން

ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި ޖާންގ ޒާން

ޗައިނާގެ ވުހާން އިން 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ފެނުނު ކޮރޯނާވައިރަސް މިވަނީ މުޅި ދުނިޔެ ބަދަލުކޮށްލާފައެވެ. 2020 ވަނަ އަހަރު ދުނިޔެ ދެކިފައިމިވަނީ މިގަރުނުގައިވެސް ދުނިޔެ ދެކޭނެކަމަށް ކުޑަކޮށްވެސް އިންސާނަކު ހީކުރި ދުވަސްތަކެއްނޫނެވެ. މުޅިން އައު ވައިރަސް އެއް އިންސާނީ ނަސްލު ފަތަހަކުރަމުންދާއިރު އެންމެ ފުރަތަމަ ވައިރަސް ފެނިގެންދިޔަ ވުހާންގެ ތެރޭގައި ކަންކަން ހިނގަމުންދިޔަ ގޮތް ދުނިޔެއަށް އަންގައިދިނުމަށް މަސައްކަތްކުރި ބަޔަކު ވުހާން ގައި ތިއްބެވެ.

މިއީ ހީކުރާ ވަރަށްވުރެ ނުރައްކާތެރި ކަމެއްކަމަށާއި ވުހާންގައި ގޮތްނޭނގޭ ބައްޔެއްގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަމުންދިޔަ ކަމަށާއި އަދި އެތައް ބަޔަކު މަރުވަމުންދިޔަކަން ދުނިޔެއަށް އަންގައިދިނުމަށް ބަޔަކު ދިޔައީ މަސައްކަތްކުރަމުންނެވެ. ޒަމާނުއްސުރެވެސް ޗައިނާގައި އޮންނަ ނިޒާމުގެ ތެރެއިން ސުވާލުކުރުމެއް ދެބަސްވުމެއްނެތި ވެރިންނަށް ކިޔަމަންވުމުގެ ޘަގާފަތުގެ ސަބަބުން ވުހާންގެ ތެރޭގައި ހިނގާ ހުރިހާކަމެއް ދުނިޔެއަށް ސާފެއްނޫނެވެ. ޗައިނާގެ ސަރުކާރުން ދުނިޔެއަށް ދައްކަމުންދިޔައީ އަސްލު ވުހާން ނޫންކަން އަންގައިދިނުމަށް ވުހާންގެ ތެރެއިން މީހުން ދިޔައީ މަސައްކަތްކުރަމުންނެވެ.

11 މިލިއަން މީހުންގެ ދިރިއުޅުން ވައިރަހެއްގެ ސަބަބުން ބަދަލުވެގެންދިޔަ އަވަސް ނުރައްކާތެރި ގޮތް ދުނިޔެއަށް ސާފުކޮށްދިނުމުގައި ވުހާންގައި ތެރެއިން މަސައްކަތްކުރަމުންދިޔައެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ނޫސްވެރިންނާއި އާންމުންގެ ތެރެއިން އެކަމަށް ޝައުގުވެރިކަން ހުރި މީހުން ހިމެނެއެވެ.

އޭގެތެރެއިން އެކަކީ އުމުރުން 37 އަހަރުގެ ޖާންގ ޒާން އެވެ. ލޯޔަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ޖާންގ ވުހާން އަށް އައީ ފެބްރުއަރީ މަހުއެވެ. ޖާންގ ޒާން އަކީ ގޮތްނޭނގޭ ގޮތަކަށް ބަލިވެގެން ފުރިގެން ދިޔަ ވުހާންގެ ހޮސްޕިޓަލްތަކުންނާއި އެތައް ސަތޭކަ ބަޔަކުން ފުރިބާރުވެފައި އޮންނަ ވުހާންގެ މަގުތައް ހަމަހިމޭންކަމަށް ބަދަލުވެގެންދާ ގޮތް ދުނިޔެއަށް ހާމަކޮށްދިނުމަށް އެންމެ ފުރަތަމަ މަސައްކަތްކުރި އެކަކެވެ. ޗައިނާގެ އޮފިޝަލުން ދުނިޔެއަށް ދައްކަމުންދިޔަ ތަސްވީރުގައި ފޮރުވިފައިވާ ފަރާތް ހާމަކޮށްދިނުމަށް އެތަންތަނުން ޖާންގ ދިޔައީ މަންޒަރުތަކާއި އަޑުތައް ގެނެސްދެމުންނެވެ.

ޖާންގ ޔޫޓިޔުބަށް އަޕްލޯޑްކުރަމުންދިޔަ ވީޑިއޯ ކްލިޕްތަކުގައި ވުހާންގެ ރައްޔިތުންގެ އަޑާއި މަރުވާ މީހުން ވަޅުލުމުގެ ކަންކަމުގައި ހަރަކާތްތެރިވާ މީހުންގެ އަޑުތަކާއި ޓްރެއިން ސްޓޭޝަންތަކާއި ހޮސްޕިޓަލްތަކުން އަޑުތައް ދިޔައީ ގެނެސްދެމުންނެވެ. މީގެއިތުރުން ވުހާންގައި ހުންނަ އިންސްޓިޓިއުޓް އޮފް ވިރޮލޮޖީގެ ބަސްވެސް ޖާންގ ދިޔައީ ގެނެސްދެމުންނެވެ.

ޖާންގ އެކޭ އެއްގޮތަށް މިގޮތަށް އެހެން ސިޓިޒަން ޖަރނަލިސްޓުންކަމަށްވާ ފެންގ ބިން، ޗެން ޗޫޝީ އަދި ލީ ޒަހުއާވެސް ދިޔައީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް މިމީހުންނަށް ވީ ގޮތެއް ނޭނގެއެވެ. ފެންގ ގެ އެއްވެސް ޚަބަރެއް ނުވާއިރު ލީ ވަނީ އޭޕްރީލްމަހު ޔޫޓިޔުބް އަށް ވީޑިއޯއެއް އަޕްލޯޑްކޮށްފައެވެ. އެވީޑިއޯގައި އޭނާ ބުނެފައިވަނީ ގަދަކަމުން ކަރަންޓީނުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ޗެން ބަންދުކުރުމަށްފަހު ދޫކޮށްލާފައިވާއިރު އާންމުންގެ ތެރޭގައި ވާހަކަދެއްކުމުގެ ހުއްދަ އޭނާއަށް ނޯންނަކަމަށް އޭނާގެ ރައްޓެހިން ބުނެއެވެ.

ޖާންގ ހައްޔަރުކޮށްފައިވަނީ މެއި މަހުގެ މެދުތެރޭގައެވެ. ރޮއިޓަރސް އިން ބުނާގޮތުގައި އެމީހުންނަށް ފެނިފައިވާ ކޯޓުގެ ލިޔުމެއްގައިވަނީ ޖޫން މަހުގެ މެދުތެރޭ ޖާންގ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްކޮށްފައިވާ ކަމަށެވެ. ޖާންގ ގެ ލޯޔަރު ކޯޓުގައި ބުނެފައިވަނީ ފުލުހުން ވަނީ ގަދަކަމުން އޭނާގެ އަތް ބަނދެ ޓިޔުބެއް ބޭނުންކޮށްގެން ކާންދީފައެވެ.

ޑިސެމްބަރ މަހާ ހަމައަށް އައިއިރު ޖާންގ އަށް ވަނީ ލޭ ދަށްވުމާއި، ކަރުގައި ރިއްސުމާއި ބޮލުގެ ރިއްސުމާއި ބަނޑަށް ތަދުވުންފަދަ ސިއްހީ މައްސަލަތަކާއި ކުރިމަތިވެފައެވެ. އެހެންކަމުން އޭނާގެ ޝަރީޢަތް ފެށެންދެން ދޫކޮށްލުމަށާއި ޝަރީޢަތުގެ މަޖިލިސް ލައިވްކޮށް ދެއްކުމަށް ޖާންގ ގެ ލޯޔަރު ކޯޓުގައި އެދުނެވެ. ނަމަވެސް ކޯޓުން ވަނީ އެކަން ބަލައިނުގަނެފައެވެ.

ހޯމަ ދުވަހު ޗައިނާގެ ކޯޓަކުން މިވަނީ ޖާންގ އަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއީ ޗައިނާގައި އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދިޔަ ދުވަސްވަރު މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ ބައިބައިވުން އުފައްދާ، މީހުންނަށް ނުރަނގަޅު މައުލޫމާތު ފޯރުކޮށްދިން ކަމަށް ބުނެއެވެ. ޕްރޮސެކިއުޓަރ ބުނާގޮތުގައި ޖާންގ ވަނީ ޓެކްސްޓް މެސެޖާއި ވީޑިއޯ މެދުވެރިކޮށް ނުރަނގަޅު މައުލޫމާތުތައް ފޯރުކޮށްދީ ބޭރުގެ މީޑިއާތަކަށް އެމައުލޫމާތުދީފައެވެ.

ކޯޓުން އިއްވި ހުކުމާއި ގުޅިގެން ވާހަކަދައްކަމުން ޖާންގ ގެ މަންމަ ޝާއޯ ވެންޒިއާ ބުނީ އޭނާގެ ދަރިފުޅު ކުރިހާވެސް ކަމަކީ ހަގީގަތް ހާމަކުރުންކަމަށެވެ.

"އަހަރެންނަކަށް ނުވިސްނޭ، އޭނާ ކުރިހާވެސް ކަމަކީ ތެދު ބަހުން މަދު ބަހެއް ބުނެލުން. އޭގެ ނަތީޖާއަކީ ހަތަރު އަހަރުގެ ޖަލު ހުކުމެއް." ޝާއޯ ބުންޏެވެ.

ޖާންގ ގެ ލޯޔަރ ރޮއިޓަރސް އާ ވާހަކަދައްކަމުން ބުނީ އެމައްސަލަ އިސްތިއުނާފްކުރާނެކަމަށެވެ.

"ޖާންގ ގަބޫލުކުރަނީ އޭނާގެ މައްޗަށް ދައުވާކޮށް ހުކުމްކޮށްފައިވަނީ އޭނާއަށް ލިބިފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކުރުމުން." ވަކީލު ބުންޏެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި ޗައިނާއިން ޖާންގ ގެ ޝަރީޢަތް ކްރިސްމަސް އާ ދިމާކޮށް ކުރިއަށް ގެންދިޔައީ ހުޅަނގުގެ ގައުމުތަކުން ކުރިމަތިވާނެ ފާޑުކިޔުންތަކުން ރެކެންވެގެންނެވެ. އަދި ބަންދު ދުވަސްތަކެއް ވުމުން ހުޅަނގުގެ ގައުމުތަކުން އެކަމަށްދޭނެ ސަމާލުކަންވެސް ކުޑަވާނެތީއެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ޗައިނާއިން އެޅި ފިޔަވަޅުތަކާއި ވައިރަސް ފެތުރުން ކޮންޓްރޯލްވަންދެން ވުހާންގެ ހާލަތު އޮތްގޮތް ހާމަކުރުމަށް މަސައްކަތްކުރި އެތައް ބަޔަކަށް ޗައިނާ ސަރުކާރުން ވަނީ އިންޒާރުދީ އެމީހުންގެ އަޑުތައް ކަނޑުވާލާފައެވެ. އޭގެ ބަދަލުގައި ޗައިނާގެ ސްޓޭޓް މީޑިޔާއިން މަސައްކަތްކޮށްފައިވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ޗައިނާ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކަށް ތައުރީފްކޮށް ސަރުކާރަށް ސަނާކިޔުމަށެވެ.

ހަތް މަސް ދުވަސްވަންދެން ޖަލުގައި ބަންދުކޮށްގެން ގެންގުޅުމަށްފަހު ޖާންގ ގެ ޝަރީޢަތް ކުރިއަށް ދިޔައިރު ކޯޓުގެ ބޭރުގައި ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. ޖާންގ އަށް ސަޕޯޓްކުރާ މަދު ބަޔަކު ކޯޓުކައިރިޔަށް އެއްވިއެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެމީހުން އެސަރަހައްދުން ދުރަށް ޖައްސާފައެވެ.

އެގައުމު ނޫން އެހެން ގައުމުތަކުގެ ނޫސްވެރިންނަށް ކޯޓަށް ވަނުން ވަނީ މަނާކޮށްފައެވެ. އޮފިޝަލުން ބުނެފައިވަނީ އެއީ ޕެންޑަމިކްގެ ސަބަބުންކަމަށެވެ.

ކޮންމެއަކަސް ކޮރޯނާވައިރަސް ފެނުނު ފަހުން އަހަރެއްވާއިރު މުޅި ދުނިޔެއިން 81 މިލިއަން މީހުންނަށް މިވައިރަސް މިހާތަނަށް ޖެހިފައިވާއިރު މިލިއަނަކަށްވުރެ ގިނަ މީހުންގެ ފުރާނަވަނީ މިބަލީގައި ގޮސްފައެވެ. އެއްބަޔަކު ގަބޫލުކުރާގޮތުގައި މިވައިރަސް އާ ބެހޭ ސައްހަ ތެދު މައުލޫމާތު ޗައިނާއިން އެންމެ ކުރީކޮޅު ދުނިޔެއަށް ފޯރުކޮށްދީފައެއްނުވެއެވެ. އެމައުލޫމާތު ފޯރުކޮށްދިންނަމަ ވައިރަހަށް ތައްޔާރުވުމަށް ދުނިޔެއަށް ވަގުތު ލިބޭނެއެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް